Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑޮޖްބޯލް

ރާއްޖެއަށް ޤައުމީ ފެންވަރެއްގައި ޑޮޖްބޯލް ތައާރަފް ކުރަނީ

މެލޭޝިއާގެ ޑޮޖްބޯލް ފެޑެރޭޝަނާއި ގުޅިގެން ހިންގާ ތަމްރީންތައް މިމަހުގެ 29 އަދި 30 ގައި އޮންނާނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 07:15
ކެނަޑާގައި މިމަހު ބޭއްވި ޑޮޖްބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މެލޭޝިއާގެ ޤައުމީ ޑޮޖްބޯލް އަންހެން އަދި ފިރިހެން ޓިމް

ކެނަޑާގައި މިމަހު ބޭއްވި ޑޮޖްބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މެލޭޝިއާގެ ޤައުމީ ޑޮޖްބޯލް އަންހެން އަދި ފިރިހެން ޓިމް

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފުރަތަމަ ފަހަރަށް ޑޮޖްބޯލް ތަޢާރަފް ކުރުމަށް ތަމްރީންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުން ބުނެފި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، ޤައުމީ ފެންވަރުގައި ޑޮޖްބޯލް ތައާރަފް ކުރުމަށް އެކޯޕަރޭޝަނާއި، މެލޭޝިއާގެ ޑޮޖްބޯލް ފެޑެރޭޝަނާއި ގުޅިގެން ބާއްވާ ތަމްރީންތައް މިމަހުގެ 29 އަދި 30 ގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލްގައި ބޭއްވުމަށް ނިންމާފައިވާ މި ތަމްރީންތަކުގެ މަޤްޞަދަކީ ކުންފުނިތަކުގެ މެދުގައި ވާދަވެރި ޓީމްތަކެއް އުފައްދައިގެން، އެޓީމްތައް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލް ކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެ އެވެ.

ޑޮޖްބޯލް އަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މުނިފޫހިފިލުވުމަށާއި މަޖަލަށް ކުޅެ އުޅޭ ކުޅިވަރެކެވެ. އެހެންނަމަވެސް "ފައިގެ ތަޅާ"ގެ ނަމުގައި ރާއްޖޭގައި ކުޅޭ މިކުޅިވަރު، ޤައުމީ ފެންވަރެއްގައި މީގެ ކުރިން ކުޅެފައިވާކަން އެނގިފައެއްނުވެއެވެ.

މިކުޅިވަރަށް ހާއްސަ ބައިނަލްއަޤްވާމީ ދެ ޖަމިއްޔާ އެއް މިހާރުވެސް އޮވެއެވެ. އެގޮތުން ވޯލްޑް ޑޮޖްބޯލް ފެޑެރޭޝަން (ޑަބްލިއުޑީބީއެފް) އިން މިކުޅިވަރު ކުޅުމަށް ފޯމް އިން ހަދާފައިވާ ބޯޅައެއް ބޭނުން ކުރާއިރު، ވޯލްޑް ޑޮޖްބޯލް އެސޯސިއޭޝަން (ޑަބްލިއުޑީއޭ) އިން މިކުޅިވަރު ކުޅުމަށް ބޭނުން ކުރަނީ ފޮތިން ހަދާފައިވާ ބޯޅައެކެވެ.

ދުނިޔޭގައި ފުރަތަމަ ޑޮޖްބޯލް ޗެމްޕިއަންޝިޕެއް ބާއްވާފައިވަނީ، ވޯލްޑް ޑޮޖްބޯލް ފެޑެރޭޝަނާއި މެލޭޝިއާގެ ޑޮޖްބޯލް އެސޯސިއޭޝަނާއި ގުޅިގެން 2012 ވަނަ އަހަރު މެލޭޝިއާގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އެމުބާރާތް ބާއްވަމުންދާއިރު، އެންމެ ފަހުން މިމުބާރާތް ބާއްވާފައިވަނީ މިމަހުގެ 18 އިން 21 އަށް ކެނަޑާގެ ޓޮރޮންޓޯގައެވެ.

މީގެ އިތުރުން ވޯލްޑް ޑޮޖްބޯލް އެސޯސިއޭޝަނުން ކޮންމެ ދެއަހަރަކުން އެއް އަހަރު ޑޮޖްބޯލް ވޯލްޑް ކަޕް ބާއްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟

06 އެޕްރީލު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު