Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވާރލްޑްކަޕް 2018

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

2 ޖުލައި 2018 | ހޯމަ 14:43

ނުފޫޒުގަދަ ނޫސްތަކުގެ ފާޑުކިޔުންތައް އަމާޒުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ޖުލައި 2018 | ހޯމަ 14:43
މާސާގެ ފުރަތަމަ ސަހްފާ:

މާސާގެ ފުރަތަމަ ސަހްފާ:

ރަޝިޔާގައި ކުރިއަށްދާ ވާރލްޑްކަޕްގެ ދެވަނަ ބުރުން 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ކެޓުމާއި ގުޅިގެން ސްޕެއިންގެ މީޑިއާތަކުގެ ފާޑުކިޔުންތައް އެޤައުމުގެ ޓީމަށް އަމާޒުވެއްޖެއެވެ.

އާދިއްތަ ދުވަހު ދެވަނަ ބުރުގައި ސްޕެއިން ކުޅުނީ ރަޝިޔާއާއި ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ގޯލެއް ޖަހައި ސްކޯރ އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ރަޝިޔާ މެޗު ގެންދިޔައީ 4 - 3 އިންނެވެ.

އެއާއިއެކު ރަޝިޔާގެ މީޑިއާތަކުން ވަނީ އެންމެ ފަހު ވަގުތު ކޯޗު ހުލެން ލޮޕެޓެގީ މަޤާމުން ވަކިކުރުމާއި، އަލަށް ގެނައި ކޯޗު ފެނާންޑޯ ހިއޭރޯ ސެލެކްޝަންގައި ހެދި ގޯސްތަކާއި، އުމުރުން ދުވަސްވީ ކުޅުންތެރިން އެރުވުންފަދަ މައްސަލަތައް މީޑިއާތަކުން ފާހަގަކުރިއެވެ.

ސްޕެއިންގެ ނުފޫޒުގަދަ ކުޅިވަރު ނޫސްތަކާއި މަޖައްލާތަކުން ޤައުމީ ޓީމަށް 'ރަތް މަހަކަށް ނުގޮވާ ވަރަށް' އެއްޗެހި ގޮވިއެވެ. އެގޮތުން މާރސާއިން ބުނީ ކުރީގެ ކޯޗު ފްލޮރެންޓީނޯ ޕެރޭޒްއާއި ހިސާބުން ފެށިގެން މައްސަލަތައް ފެށިގެން އައި ކަމަށެވެ. އަދި ވާރލްޑް ކަޕަށް އެއް ދުވަހަށް ވެފައިވަނިކޮށް ލޮޕެޓެގީ މަޤާމުން ވަކިކުރުމުން ޓީމަށް އަސަރު ނުކުރާނެކަމަށް ހީކުރުމަކީ ޓީމުން ހެދި ވަރަށް ބޮޑު ގޯހެއްކަމަށް މާރސާއިން ސިފަކުރިއެވެ. އަދި ގްރޫޕް ސްޓޭޖްގައިވެސް އެންމެ މެޗަކުން ސްޕެއިން މޮޅުވިއިރު، ވާރލްޑް ކަޕްގައި ކުޅުނު 4 މެޗުގައިވެސް މުހިއްމު ދަނޑިވަޅުތަކުގައި ކުޅުންތެރިން ބޮޑެތި ގޯސްތަކެއް ހެދިކަން އެނޫހުން ފާހަގަކުރިއެވެ.

ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ފުރަތަމަ މެޗުގައި ޕޯޗުގަލްއާއި ދެކޮޅަށް ސްޕެއިން ނިކުތް މެޗު ނިމުނީ 3 - 3 އިން އެއްވަރުވެގެންނެވެ. ދެވަނަ މެޗު 1 - 0 އިން އީރާން ބަލިކޮށް ސްޕެއިން އިން ކާމިޔާބުކުރިނަމަވެސް ފަހު މެޗުގައި މޮރޮކޯ ވަނީ 2 - 2 އިން ސްޕެއިންއާއި އެއްވަރުކޮށްފައެވެ.

އެލް މުންޑޯގެ އެޑިޓޯރިއަލްއެއްގައި ބުނީ ވާރލްޑް ކަޕްގައިވެސް އަލިފާނާއި ކުޅެފިނަމަ އެންމެ ފަހު ވަގުތު އަނދާނެކަމަށެވެ. އަދި ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅަށް ފެށި ސްޕެއިންގެ ޓީމް، އެންމެ ފަހު މެޗުގައި ރަޝިއާ އަތުން ބަލިވުމާއި ހަމަޔަށް ގޯހުގެ މައްޗަށް ގޯސް ހަދަމުން ދިޔަކަމަށް އެނޫހުގައިވެއެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ޓީމް ރުކުވާލާފައިވާ ގޮތުން ދަނޑުގެ ވިނަގަނޑު މައްޗަށް ކުޅުންތެރިންނަށް ރަނގަޅަށް ފެތުރިގަނެވެން ނެތްކަމަށް އެނޫހުން ފާހަގަކުރިއެވެ.

ލަ ރޭޒަންގެ އެޑިޓޯރިއަލްގައި ބުނީ ލެޕަޓެގީ ނެތުމުން ޓީމު ރޫޅިފައިވާކަން ވަރަށް ރަނގަޅަށް ހާމަވިކަމަށެވެ.

އެލްޕައިސް އިން ބުނީ ސްޕެއިންގެ ޓީމްގެ އެތައް އަހަރެއް ފަހަތަށް ޖެހިފައިވާކަމަށެވެ. 2014 ވަނަ އަހަރު ވާރލްޑް ކަޕްގައި ސްޕެއިން ބަލިވީ ހޮލެންޑާއި ޗިލޭ އަތުންނެވެ. އަދި 2016ގެ ޔޫރޯގައި އެޓީމު ބަލިވީ އިޓަލީ އަތުންނެވެ. އެހެންނަމަވެސް މިހާރު އީރާން، މޮރޮކޯ އަދި ރަޝިޔާ ފަދަ ޓީމުތަކުގެ އަތުންވެސް ސްޕެއިން ބަލިވަމުންދާކަން އެނޫހުން ފާހަގަކުރިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

ވާރލްޑް ކަޕް ކޮލިފައިން: ބެލްޖިއަމް ކޮލިފައިވެއްޖެ

04 ސެޕްޓެމްބަރު 2017
ވާރލްޑް ކަޕް ކޮލިފައިން: ބެލްޖިއަމް ކޮލިފައިވެއްޖެ
26 އޯގަސްޓު 2017

ޑޭވިޑް ވިޔާ އަލުން އެނބުރި ސްޕެއިންގެ ގައުމީ ޓީމަށް

26 އޯގަސްޓު 2017
ޑޭވިޑް ވިޔާ އަލުން އެނބުރި ސްޕެއިންގެ ގައުމީ ޓީމަށް
20 ޖުލައި 2017

ފީނާ ވާރލްޑް ޗެމްޕިއަންޝިޕަށް ގައުމީ ސްވިމިން ޓީމް ބުޑަޕެސްޓަށް ފުރައިފި

20 ޖުލައި 2017
ފީނާ ވާރލްޑް ޗެމްޕިއަންޝިޕަށް ގައުމީ ސްވިމިން ޓީމް ބުޑަޕެސްޓަށް ފުރައިފި
15 ޖުލައި 2017

ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި

15 ޖުލައި 2017
ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި
26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
13 ޖޫން 2017

ވާރލްޑްކަޕް: އުޒްބަކިސްތާން ބަލިކޮށް އަންނަ އަހަރުގެ މުބާރާތަށް އިރާން ކޮލިފައިވެއްޖެ

13 ޖޫން 2017
ވާރލްޑްކަޕް: އުޒްބަކިސްތާން ބަލިކޮށް އަންނަ އަހަރުގެ މުބާރާތަށް އިރާން ކޮލިފައިވެއްޖެ
12 ޖޫން 2017

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

12 ޖޫން 2017
ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ
28 މެއި 2017

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް