Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓު ފޮށި ބެހެއްޓުން

ބޭރު ޤައުމުތަކުން ވޯޓު ފޮށި ބެހެއްޓޭނެކަމުގެ ޔަޤީންކަން ލިބިފައިވަނީ ލަންކާއިން އެކަނި

16 ފެބުރުއަރީ 2021 | އަންގާރަ 13:08

އިންޑިއާގައި ވޯޓުލުން ކުރިއަށް ގެންދެވޭނެކަން ކަށަވަރުވެފައި ނުވޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ފެބުރުއަރީ 2021 | އަންގާރަ 13:08
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެކަން މިހާތަނަށް ޔަޤީންވެފައިވަނީ ސްރިލަންކާގައި އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތިޚާބުތަކަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބަކީ ގޮންޖެހުންތައް ބޮޑު އުނދަގޫ އިބްތިޚާބެއްކަމުގައިވިޔަސް އިންތިޚާބު ބާއްވަން އޮތް ތާރީޚަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައާޅާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ކޮވިޑްގެ ސަބަބުން ވޯޓުލުމަށް އެދިގެން ހުށަހަޅާ ހުރިހާ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބަހައްޓަން ޖެހޭއިރު، ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮށްޓާއި ޕޯލިންގް ސްޓޭޝަންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއާއެކު މިހާރު ވޯޓުލުމަށް 735 މަރުކަޒު ހަމަޖައްސައި 8 ހާހާއި ގާތްކުރާ އަދަދަކަށް އޮފިޝަލުން ހޯދުމަކީ ދަތިކަކަމަކަށް ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ކޮވިޑްގެ ސަބަބުން ގިނަ ރިސޯޓްތަކެއް ބަންދުކޮށް އޮޕަރޭޝަނަށް ބަދަލު ގެނައުމުން ރިސޯޓްތަކުން ވޯޓުލާ ފަމީހުން މިފަަހަރު އަލުން ރީ ރަޖިސްޓަރީ ވާންޖެހޭގޮތަށް ބަދަލު ގެނެސްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން މިފަހަރު ރާއްޖެއިން ބޭރުގައިވެސް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކުރީ ފަހަރުތަކަކޭވެސް އެއްގޮތަށް އިންޑިއާ، ސްރިލަންކާ، މެލޭޝިިއާ އަދި އިނގިރޭސިވިލާތުގައި ވޯޓު ފޮށި ބެހެއްޓުމަށް މަސައްކަތް ކުރިކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް، ކޮވިޑްގެ މިހާރުގެ ޙާލަތު ހުރިގޮތުން މެލޭޝިއާއާއި އިނގިރޭސިވިލާތުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން އެޤައުމުތަކުގެ ސަރުކާރުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަންގާފައިވުމުން މި ދެ ޤައުމުގައި މިފަހަރު ވޯޓު ނުލެވޭނެކަމަށް ވިދާޅުވިއެވެ.

މި ފޮށިތަކަށް ރީ ރަޖިސްޓަރީ ވެެފައިވާ މީހުން އަލުން ޑީފޯލްޓް ފޮށްޓަށް ރަޖިސްޓްރީވެފައިވާނެކަމަށް ޝަރީފް ވިދާޅުވުއެވެ. މިހާތަނަށް ކުރި މަސައްކަތުން އިންޑިއާގައި ވޯޓުލުން ކުރިއަށް ގެންދެވޭނެކަން ކަށަވަރުވެފައި ނުވާއިރު، ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެކަން ޔަޤީންވެފައިވަނީ ސްރިލަންކާގައި އެކަނިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިކަމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މިކަންކަން ހައްލުކުރުމަށް ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް