Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެލާގެ ފަތުރުވެރިކަން ތަރައްޤީކުރުން

ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުމުގެ ބީލަމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

މި ފަހުމުނާމާގައި ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ ރައީސް އާދަމް ޤުފްރާން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2021 | ހޯމަ 07:14
ހއ. ކެލާ ބީޗް ހޯމް، ކެލާގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ސަރަޙައްދު

ހއ. ކެލާ ބީޗް ހޯމް، ކެލާގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ސަރަޙައްދު

ތިލަދުންމަތީ އުތުރުބުރީ ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިންތައްދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޢާންމުކޮށް ޢިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައި ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެކައުންސިލުން އާއްމުކޮށް ޢިއުލާނުކުރުމަށް ނިންމާފައިވަނީ ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް 5000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް 10،000 އަކަފޫޓުގެ 2 ބިމެވެ.

Advertisement - newsAdvertisement

މި ފަހުމުނާމާގައި ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ ރައީސް އާދަމް ޤުފްރާން އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ޚައްސާނެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ރަސްމިއްޔާތުގައި ކެލާދާއިރާގެ މެމްބަރު ޢިބްރާހިމް ޝަރީފް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްގެ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެވެ. ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

މިހާރު ޓޫރިޒަމް މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ތަފާތު މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ ކައުންސިލްތަކަކީ ކެލާގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް، ގދ. ވާދޫ ކައުންސިލާއި ހއ. ހޯރަފުށީ ކައުންސިލެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމާބެހޭ މަޝްވަރާތައް މި މިނިސްޓްރީން ކައުންސިލްތަކާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު