Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިއަކު ގެއްލިގެން ހޯދުން

ސްނޯރކްލިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2021 | އާދީއްތަ 08:19
އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު - ފަތުރުވެރިޔާ ގެއްލުނީ ރިސޯޓުން އެކަނި ސްނޯރކްލިންގ އަށް ނުކުމެ އުޅެނިކޮށް

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު - ފަތުރުވެރިޔާ ގެއްލުނީ ރިސޯޓުން އެކަނި ސްނޯރކްލިންގ އަށް ނުކުމެ އުޅެނިކޮށް

ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން އެކަނި ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ހޮނިހިރު ދުވަހު ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް އާދިއްތަ ދުވަހު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި އެ ރިސޯޓާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު ވެސް އެމްއެންޑީއެފް ޑޯނިއަރ ފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެމަގުން ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވެއެވެ. އަދި ކަނޑުމަގުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަން އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޯސްޓްގާޑުން މަޢުލޫމާތު ދޭ ގޮތުގައި އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކެވެ.

މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ބެލުމަށް އެމްއެންޑީއެފުން އެދިފައިވާއިރު، މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު