Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އައްޑޫ ސިޓީގެ ހާލަތު

އިތުރު ފަސް މީހުން ޕޮޒިޓިވްވެ އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 58ށް

ކޮންޓެކްޓްވި މީހުންގެ އަދަދު 341ށް ވަނީ އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ފެބުރުއަރީ 2021 | ހޮނިހިރު 17:05
އައްޑޫ ސިޓީ އިކުއޮޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީ އިކުއޮޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީން އިތުރު ފަސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 58ށް އަރައިފިއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށެވެ. އަދި ކޮންޓެކްޓްވި މީހުންގެ އަދަދު 341ށް މިހާރު އަރާފައިވާކަމަށެވެ. އަދި ކަރަންޓީނުގައި ހުރި އިމާރާތްތަކުގެ އަދަދު 182ށް އަރާފައިވާކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.

Advertisement - newsAdvertisement

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑްގެ ކަންތަކުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ހެޑް ޑރ އަލީ ލަތީފު ވިދާޅުވީ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ މީހުންގެ ތެރޭގައި 100ށް ވުރެ ގިނަ މީހުންނަކީ ހައިރިސްކް މީހުންކަމަށެވެ.

ޕޮޒިޓިވްވި ކޭސްތައް ފެނިފައިވަނީ ހިތަދޫ އިން 20 މީހުން، މަރަދޫ ފޭދޫ އިން 4 މީހުން އަދި ފޭދޫން 9 މީހުންނާއި ހުޅުމީދޫން 25 މީހުންނެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާ ގުޅިގެން ހުޅުދޫމީދޫއިން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު