Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޯހިޔާވަހިކަން ބޭނުންވެފައިތިބި މީހުން ގިނަކަމުން، އުދާސްތައް ގިނަވާނެ!

މާލެ ސަރަހައްދުން 25،000އަށްވުރެ ގިނަ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވެގެން އެދިފައިވޭ

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 13:27
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓް - މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓަކީ ހުޅުމާލެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓް - މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓަކީ ހުޅުމާލެ

ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ އިއްޔެއަކު މިއަދު ދިމާވެގެންއުޅޭ މައްސަލައެއް ނޫނެވެ. މި މައްސަލައަށް ހައްލެއް ހޯދާދެއްވާނެ ކަމަށް މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި، ވާދަކުރެއްވި ކޮންމެ ރިޔާސީ ކެންޑިޑޭޓެއްވަނީ ވިދާޅުވެފައެވެ. އެއީ އެއިން ކޮންމެ ކެންޑިޑޭޓެއްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އިންތިހާބުވާ ވެރިޔާގެ ފަސް އަހަރުގެ ދައުރު ނިމޭއިރުވެސް ވައުދު ފުއްދޭތަނެއް ނުފެނެއެވެ.

ކޮންމެ ސަރުކާރެއް އަޔަސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ އެސަރުކާރެއްގެ ހައުސިންގ މިނިސްޓްރީންނެވެ. އާގާނޫނުއަސާސީއަށްފަހު، ވެރިޔަކު ފަސް އަހަރަށްވުރެ ނުވަތަ އެއް ދައުރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނަވާފައި ނެތަސް، ދެ ވެރިއެއްގެ ވެރިކަމުގައި ޖެހިޖެހިގެން އައި ދެ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި ވަޒީރަކު ރާއްޖޭގައި އުޅުއްވައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގެ ދެ އަހަރު ހައުސިންގ މިނިސްޓަރުކަން ކުރެއްވި ވަޒީރަކު، ސުޕްރީމް ކޯޓުގެ އަމުރުތަކެއްގެ ހިޔަލުގައި ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރުވެސް ހަމަ އެބޭފުޅަކު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއެވެ.

ޖުމްލަ، 7 އަހަރު ހައުންސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް އެގެންދަވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވިގެން، ސޯޝަލް މީޑިއާގައި އުދާސްތައް ބޭރުކުރައްވަމުންނެވެ. މަގާމުގައި ހުންނެވި 7 އަހަރު ނުކުރެއްވުނު ކަމެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެ އަހަރުގެ ތެރޭގައި އަދި އަމުދުން މުޅި ދުނިޔެއަށް ނުރައްކަލަކަށް ވެފައިވާ ކޮވިޑް-19 ޕެންޑަމިކްގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހުނު ވެރިކަމުގައި މުއިއްޒު 7 އަހަރު ނުކުރައްވާ ގިނަ މަޝްރޫތައް އެގެންދަވަނީ ހިންގަވަމުންނެވެ. ހާއްސަކޮށް ފަށާފައިވާ ހައުސިން ޕްރޮޖެކްޓްތައް ނިންމުމާއި، އިތުރު ހައުސިންގ ޕްރޮޖެކްޓްތައް އިއުލާން ކުރައްވަމުން، ޕްރޮޖެކްޓްތައް ކުރައްސަވަމުން، ސޮއި ކުރައްވަމުން އަދި އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުންދާއިރު، ދެންފެންނީ އެތަސްވީރުތަކުގައި ކުލަޖެހޭ މަންޒެރެވެ.

ވީމާ، މުއިއްޒުގެ 7 އަހަރުގެ ދައުރުގައި ހައުސިންގ މައްސަލައަށް ހައްލެއް ނުގެނުވުނުއިރު، މުއިއްޒަކީ ރައްޔިތުންނަށް އިހުލާސްތެރި ބޭފުޅެއްކަން ދެއްކުމުގެ ގޮތުން ސޯޝަލް މީޑިއާގައި އުދާސްތައް ބޭރުކުރެއްވިޔަސް އެއަޑު ރައްޔިތުންނަކަށް ނީވެއެވެ. މުއިއްޒުގެ އުދާސްތައް ބަލަން ރައްޔިތުންނަށް ވަގުތެއް ނެތެވެ. ސަބަބަކީ، މުއިއްޒު މިނިސްޓަރުކަމުގެ މަގާމުގައި 7 އަހަރު ހޭދަކުރެއްވިއިރު، ރައްޔިތުންގެ އުދާސްތަކުގައި ކޮޅުފައިންޖަހާފައިވާތީއެވެ. ވަގުވަގަށް، ޕާޓީގެ ކުދިންކޮޅަށާއި މެޑަމް ފާތުންގެ ލިސްޓަށް ހައުސިންގ ޔުނިޓްތައް ބަހާ ހުސްކޮލީމު ނޫންތޯއެވެ. ނިކަމެތި ރައްޔިތުން ހައުސިންގ ޔުނިޓަށް އެދި، ލި ފޯމްތައް ހުރީ އެއްވެސް ތަރުތީބެއްނެތި ގުދަނެއްގައި އުކާލާފަ ނޫންތޯއެވެ. ދިވެހި ރައްޔިތުންގެ ނަސީބު މިކަމުގައި ރަނގަޅީ ވެސް ތޯއްޗެކެވެ. ހައުސިންގ ޔުނިޓްތަކުގެ ތަޅުދަނޑިތައް އެވެރިންނާ ހަވާލުކުރުމުގެ ކުރިން ސަރުކާރު ބަދަލުވެގެންދިޔައީއެވެ.

މުއިއްޒުއެވެ. މާލޭގައި 10 ބުރިއަށް ގެއެއް އިމާރާތްކޮށް ނިންމުމަށް ބޭނުންވަނީ 18 މަސްދުވަސް ނުވަތަ ގިނަ ވެގެން ދެ އަހަރެވެ. ދެ ސަރުކާރެއްގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވައި 7 އަހަރު މަގާމުގައި ހުންނެވިއިރު، މުއިއްޒުގެ އިހުލާސްތެރިކަން ހުރިނަމަ، މިހާރު ރައްޔިތުންގެ އެ ބޭރުކުރާ އުދާސްތައް މާބޮޑަށްވެސް މަދުވީސް ނޫންތޯއެވެ. އަދި އަމުދުން، މަނިކުފާނުގެ ވަޒީރުކަމުގެ 7 އަހަރު ހިންގާފައިވާ މަޝްރޫއެއްނަމަ އަލުން އެ މަޝްރޫއަކަށް އަތް ބާނަން ނުޖެހޭ، އަލުން އެ މަސައްކަތް ކުރަންނުޖެހޭ މަޝްރޫއެއް ނެތެއް ނޫންތޯއެވެ. އެއީ ނެރު ބައްތިއަކަށްވިޔަސް، ދުވާ ޓްރެކަށްވިޔަސް، މާލޭގެ މަގުތައް ހެދުންކަމަށްވިޔަސް، އަދި އެއޮތް ވަރުގަދައަށް ހަދާފައިވާ ބްރިޖް ނަމަވެސް، މަނިކުފާނުގެ ވަޒީރުކަމުގެ ހިންގާފައިވާ މަޝްރޫއެއްވެއްޖެނަމަ، އަލުން އެމަސައްކަތް ކުރަންޖެހެއެވެ. އެހެންވެ، ކޮށް ނިންމާފައިވާ މަސައްކަތެއް އަލުން ކުރަންޖެހޭނަމަ ބައެއް މީހުން މިސާލެއްގެ ގޮތުން "މުއިއްޒުވުމޭ" ކިޔާއުޅޭނޫންތޯއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ހާމަވަނީ ހައުސިންގ ޔުނިޓަށް ނުވަތަ ފްލެޓަށް އެދި ފޯމްލާ މީހުންގެ އަދަދުންނެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާންކޮށް، ހައުސިންގ ޔުނިޓަށް އެދި ފޯމްލުމަށް ފުރުސަތު ހުޅުވާލުމާއެކު، ފޯމް ހުށަހަޅަން ޖެހޭ އިދާރާއެއްގެ ކުރިމަތީ ކިޔޫ ދަމާލައެވެ. ކިޔޫއިން ޖާގަ ހޯދުމަށް ރޭގަނޑުގެ އަރާމު ދިނިން މަހުރޫމްވެ، ކިޔޫއިން ކުރި ހޯދޭތޯ ގިނަ ރައްޔިތުން ބަލައެވެ. ފޯމްލުމުގެ ސުންގަޑި ހަމަވާއިރު، 20،000 ން 25،000 ން މީހުން ފޯމު ހުށަހަޅައެވެ. އެކަމަކު އެ ޕްރޮޖެކްޓަކީ 1،000 ހައުސިންގ ޔުނިޓްތޯ، 2،000 ހައުންސިންގ ޔުނިޓްތޯ ނުވަތަ 7،000 ހައުސިންގ ޔުނިޓްތޯ ރައްޔިތުންބަލާކަށް ނުޖެހެއެވެ. ކޮންމެ ރައްޔިތަކުވެސް ބޭނުންވެގެން މިއުޅެނީ ބޯހިޔާވަހިކަމެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ، މިހާރު ރާއްޖޭގައި ހިނގާ ޖިނާއީ މައްސަލަތަކުގެ އަސްލެވެ. ބޯހިޔާވަހިކަމާހެދި، އާއިލާތައް ރޫޅެނީއެވެ. އާއިލާގެ ތެރޭގައި މައްސަލަތައް އިތުރުވަނީއެވެ. ގޭގައި ހަމަޖެހިލައިގެން މަޑުކޮށްލެވޭނެ މާހައުލެއްނެތީއެވެ. އެންމެ ކުޑަމިނުން ނިދާލާނެ ކޮޓަރީއެއް، ނުވަތަ ރަނގަޅު ތަނެއް ވެސް ގޭގައި ނެތީއެވެ. ދެން މަޖުބޫރުވަނީ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭށެވެ. އެހެން އުޅުމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަސްތުވާތަކެތިން ވިޔަފާރި ކުރާ މީހުންނާވެސް ދިމާވާނެތާއެވެ. އަދި ގޭންގްތަކާއި ޒުވާން ގްރޫޕްތަކާއި ދިމާވެ، މީހާ އެހެންމީހަކަށް ބަދަލުކޮށްލަން މާގިނަ ވަގުތެއް ނުނަގާނެއެވެ.

މިބުނާ މައްސަލަތަކާއި މުޅި މުޖުތަމައުގެ ހަމަޖެހުމަށް ރާއްޖޭގައި ހާއްސަކޮށް، މާލެ ސަރަހައްދަށް އެންމެބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމެވެ. އިންސާނަކަށް ވީތީ، އަދި ދިރުއުޅުމުގެ ހައްގަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ވަރަށް އަސާސީ ހައްގެކެވެ. ހަމައެހެންމެ، ދިރުއުޅުމަށް އެންމެ އަސާސީ ނުވަތަ އެންމެ ޒަރޫރީ އެކައްޗަކީވެސް ބޯހިޔާވަހިކަމެވެ. އެހެންކަމުން 25،000 މީހުން މާލެ ސަރަހައްދުން ބޯހިޔާވަހި ކަމަށް އެދިފައިވާއިރު، އެންމެ 7،000 މީހުންނަށް ބޯހިޔާވަހިކަން ލިބުމަކީ އުދާސްތައް އުތުރިއަރާނެކަމެކެވެ. އެ އުދާސްތަކަށް ހުއްޓުމެއް އަންނާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ރަނުންރަނަށް ނިންމައި، ހައުސިންގ ޔުނިޓްތައް އެ ހައްގުވާ ފަރާތްތަކަށް ލިބިގެންނެވެ. ރައީސް ޞާލިހުގެ ސަރުކާގެ ބާކީ އޮތް ދެ އަހަރާ ނުވަވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ގެންނަވާނެކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. މިހާރު އޮތީ ކުރަހާފައެވެ. ދެން އޮތީ ކުލަޖެއްސުން ނޫންތޯއެވެ.

ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަކީ، މިއޮތް ބޮޑު ޕެންޑަމިކްގެ ތެރޭގައި، ރާއްޖެ ހަމަމަގުން ކައްސާލިޔަނުދީ، ހަމަޔަކަށް އެޅުވި ސަރުކާރަށް ނުވާނެކަމެއް ނޫނެވެ. ކޮވިޑް-19ގެ ޕެންޑަމިކުން ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކުރަމުންދިޔައިރު، އިގްތިޞާދަށް އެންމެބޮޑަށް އަސަރުކުރާނެ އެންމެ ނާޒުކު ގައުމުތަކުގެ ލިސްޓްގެ އެންމެކުރީގައި ރާއްޖެ ހިމެނެއެވެ. ލިބެމުންދިޔަ އާމްދަނީ ސުމަކަށްވެއްޓިގެން ދިޔައިރުވެސް، ދައުލަތް ހިންގުމުގާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނުރަނގަޅު އަސަރުތަކުންނާއި އާއިލާތަކަށް ދިމާވި މާލީ ގެއްލުންތައް ފޫބައްދަމުން އެހީތެރިކަން ފޯރުކޮށްދެމުންދިޔުމަކީ ކޮންމެ ކޮންމެ ސިޔާސީ މީހަކަށް ނުވަތަ ލީޑަރުންނަށް ވާނެކަމެއް ނޫނެވެ. ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މިހާރުވެސް މުޅި ދުނިޔެ އޮތްއިރު، ދައުލަތް މެނޭޖްކުރުމަކީ، ރައީސް ޞާލިހު ފަދަ ދުރުވިސްނޭ އިހުލާސްތެރި، ދުނިޔޭގެ މަދު ގައުމެއްގެ ލީޑަރުންނަށް މެނުވީ ނުވިކަމެކެވެ. އެހެންކަމުން ވެރިކަމުގެ ބާކީ އޮތް ދެ އަހަރާއި ބައިގެތެރޭގައި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަކީ ރައީސް ޞާލިހު ފަދަ ހަރުދަނާ ލީޑަރުންނަށް ރޮކެޓް ސައެންސެއް ނޫނެއް ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަން ހޯދައިދިނުމަށް އައި ސަރުކާރުން ރައްޔިތުން މަގުމަތިކުރަނީ

ބޯހިޔާވަހިކަން ހޯދައިދިނުމަށް އައި ސަރުކާރުން ރައްޔިތުން މަގުމަތިކުރަނީ

16 ނޮވެމްބަރު 2024
މަސްވެރިއެއްގެ ހިތުގެ އުދާސްތައް ރައީސްއަށް "ވެރިކަމަށް ގެނައީމަ ނިގުޅައިގަތީ ހައްގު"

މަސްވެރިއެއްގެ ހިތުގެ އުދާސްތައް ރައީސްއަށް "ވެރިކަމަށް ގެނައީމަ ނިގުޅައިގަތީ ހައްގު"

23 ޖޫން 2024
"ބުޅާގޯނިން ބޭރުވެ" އެތެރެ ކޮއިލުގެ އުދާސްތައް ފުރަތަމަ ވޯޓަށް

"ބުޅާގޯނިން ބޭރުވެ" އެތެރެ ކޮއިލުގެ އުދާސްތައް ފުރަތަމަ ވޯޓަށް

30 މެއި 2024
މުއިއްޒު ދޮންމަންމައަށް ހަދާލި ގޮތުން ސަޕޯޓަރަކު ބަންޑުންކޮށްލި އުދާސްތައް

މުއިއްޒު ދޮންމަންމައަށް ހަދާލި ގޮތުން ސަޕޯޓަރަކު ބަންޑުންކޮށްލި އުދާސްތައް

26 ސެޕްޓެމްބަރު 2023
ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

03 އޯގަސްޓު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު