Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ބުޅާގޯނިން ބޭރުވެ" އެތެރެ ކޮއިލުގެ އުދާސްތައް ފުރަތަމަ ވޯޓަށް

ޕީއެންސީގެ މެންބަރުންގެ އަދަދަކަށް އަބްދުއްރަހީމަކަށް ވޯޓެއް ނުދެއްވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 މެއި 2024 | ބުރާސްފަތި 13:51
20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުން

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުން

ރައީސް ޑރ މުއިއްޒު ރިޔާސީ ޓިކެޓް ހޯއްދެވި ގޮތާއި ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ކުރެއްވި އުކުޅުގެ ވާހަކަ ތަކުރާރުކޮށް ދައްކާކަށް ނެތީމެވެ. އެކަންވެ އެނިމުނީއެވެ. ވަޑައިގެންނެވުނު ގޮތަކަށް ވެރިކަމަށް އާދެވުމާއެކު ލިބުނު ބާރުގައި ޓިކެޓަށްޓަކައި ވަޑައިގެންނެވި ޕީއެންސީގެ މުގޫ އެމަނިކުފާނު އަތުލެއްވިއެވެ. ފިސާރި ބޮޑަށެވެ. އޭގެ ބޭނުން އެންމެ ބޮޑަށް ހިއްޕެވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށެވެ.

މަޖިލީސް އިންތިޚާބަށް ޓިކެޓް ދިނުން ޕީއެންސީން ގެންގުޅުނީ "ކާފަގެ މަސްބެހުމަށެވެ". ފުރަތަމަވެސް ފޮނުވާލީ ކުރިމަތިލާފައި ތިބި މީހުންގޭ ތެރެއިން މުއިއްޒު ބޭނުން ނުވާ ބަޔަކަށް ފެއިލްވި ކަމުގެ ސިޓީއެކެވެ. އެސިޓީ އަތަށް ގޮވިލެއް ބޮޑުކަމުން، އަލުން "އުނބައް ޖައްސަވައި" އެމީހުންވެސް ހިމަނައިގެން ނަމެއްގައި ޕްރައިމަރީއެއް ބޭއްވިއެވެ. ދެން ފެނުނީ ޑިމޮކްރަސީގެ އުސޫލު ދޫކޮށް ޓިކެޓް ލިބުނު ބައެއް ފަރާތްތައް ބާކީ ކުރެއްވިތަނެވެ. ބޭނުން ނުވި މީހުންގެ ތެރެއިން ޓިކެޓް ލިބުނު ފަރާތްތަކަށް އެއްބާރުލުން ދޫކޮށްލެއްވީއެވެ. ޕާޓީގެ އާއްމު މެންބަރުން ނޫނެކޭބުނި ބައެއް މީހުން އަމިއްލަގޮތުން އިންތިޚާބަށް ލައްވައި ސީދާ މުއިއްޒު އެމީހުންނަށް ތާއީދު ކުރައްވައިގެން އޭގެ ތެރެއިން ބައެއްމީހުން އިންތިޚާބު ކާމިޔާބުވެސް ކާމިޔާބު ކުރީއެވެ.

ބޮޑުތަފާތަކުން މަޖިލިސް މެޖޯރިޓީ ނެގުމާއެކު ދެން ފެނުނީވެސް ސީދާ މުއިއްޒު ބޭނުންފުޅުވި ގޮތަކަށް ކަންކުރައްވަން ފެށްޓެވިތަނެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕީޖީ ގުރޫޕު ހުނިޖަހާލާފައި ނެންގެވީ އެއިން މީހެއްގެ ގާތު ހޭވެސް އައްސަވާ ނުލައްވައި އެއްދުވަހެއްގައި މުލިއާގެއަށް އެއްކޮށްލައްވާފައި ކުއްލިއަކަށެވެ. ޕީއެންސީގެ ޕީޖީ ގުރޫޕްގެ އެކިއެކި މަގާމްތަކަށް ފައިނަގައިގެން ތިބި މެންބަރުންނަށް ޖެހުނީ އެއްޗެއް ނުބުނެ ތުން ފިއްތައިގެން މަޑުމަޑުން ހިމޭނުން ތިބޭށެވެ.

އެދުވަހު ނިންމި އެންމެން ސިއްސައިގެންދިޔަ ހަބަރަކީ މަޖިލީހުގެ ރައީސްކަން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމަށް ދެއްވަން ރައީސް މުއިއްޒު ނިންމެވި ނިންމެވުމެވެ. މިހާތަނަށް މަޖިލީހުގައި އެންމެ "ހަޑިހުތުރުކޮށް އަވަގުރާނަވެސް" ގޮވި އެއް މެންބަރަށެވެ. އަމުދުން އާއްމު އެކިއެކި ފޯރަމްތަކުގައާއި މުޒާހަރާތަކުގައިވެސް ރައްޔިތުން ބަލައި ނުގަންނަ ފަދަ ބަސްމަގެއް ގެންގުޅުނު އަބްދުއްރަހީމަށެވެ. މަޖިލީހުގެ ރައީސަކަށް އިލްމީ ގޮތުން ގާބިލް ނޫންކަމަށް ބުނެ ބަޔަކު ކިތައްމެ ފާޑެއްކިޔަސް ރައީސް މުއިއްޒުގެ ނިންމެވުމަކީ ސީދާ އަބްދުއްރަހީމެވެ.

މިކަމާވެސް ޕީއެންސީގެ މެންބަރުންނަށް ޚާއްޞަކޮށް މަޖިލީހަށް އިންތިޚާބުވި މެންބަރުންނަށް އެއްޗެއް ވިދާޅުވާކަށް ނުކެރުނެވެ. ދެކޮޅަށް އިސްވެސް އުފުލާލަން ނުކެރި ހަނު ތިއްބެވިއެވެ.

ޖެހިގެން އައިދުވަހު އޮތީ މަޖިލިސް ހުވާކުރުމާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ނެގި ފުރަތަމަ ވޯޓެވެ. އިއްތިފާގުން އެވޯޓަކީ ސިއްރު ވޯޓެކެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ވެރިކަން ލިބުނީތީ މުއިއްޒުއަށް ބައި އަތު ހިފި އެހެން ޕާޓީތަކުގެ މެންބަރުން އެމީހުންގެ ނުރުހުން ފާޅުކޮށްލީ އެހާހިސާބުންނެވެ. ސަރުކާރާއި ރައީސް މުއިއްޒުގެ ނިންމެވުމަށް ނުރުހޭކަން ދެއްކެވީ އެވޯޓުގައެވެ. ރައީސް ވިދާޅުވިއަސް އަބްދުއްރަހީމަކަށް ވޯޓެއް ނުދޭނަމޭ "ނޯ" ޖެއްސެވީއެވެ.

ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި އަބްދުއްރަހީމް ރައީސް ކަމަށް ގެންނަން ވޯޓު ދެއްވީ 71 މެންބަރުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ. ބާތިލުވީ ހަތް މެންބަރުންގެ ވޯޓެވެ.

މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ. އޭގެ އިތުރުން ސަރުކާރާ އެއްކޮށް މަސައްކަތް ކުރާ ތިން ޕާޓީގެ ހަތަރު މެންބަރުންނާއެކު ސަރުކާރު މެންބަރުންގެ އަދަދު 79 އަކަށް އަރަ އެވެ. އޭގެ ތެރޭގައި ވޯޓުގައި ބައިވެރިވެ ނުލައްވާ ސިޔާމް ވެސް ހިމެނޭތީ، ވޯޓުގައި ބައިވެރިވީ ސަރުކާރުގެ 78 މެންބަރުންނެވެ. އެހެންކަމުން، އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން ނެގި ވޯޓުގައި، އެމަނިކުފާނަށް ލިބިފައިވާ ސަރުކާރުގެ ޖުމްލަ މެންބަރުންނަށްވުރެ ހަތް މެންބަރުން މަދު އަދަދެއްގެ ވޯޓެވެ.

ކޮންމެއަކަސް މިއީ އާދައިގެ ކަމެއް ނޫނެވެ. ބުޅާގޯނިން ބޭރުވީއެވެ. އެތެރެކޮއިލުގެ ބޮޑު ތެޅުމެއްގެ އަސަރު މަޖިލީހުގެ ފުރަތަމަ ވޯޓުންވެސް ފެނުނީއެވެ. ރައީސް މުއިއްޒާއި ސަރުކާރާމެދު ހިތްހަމަނުޖެހޭ ބައެއްގެ އުދާސްތައް ސިއްރު ސިއްރުން ބޭރުކޮށްލެއްވީއެވެ. އެތެރޭގެ ބޮޑު ރެނދެއް ފަޅާއަރުވާލީއެވެ. ބަލަންތިބެމާ ހިނގާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫގެ ޕޯލްޓްރީ ފާރމްތައް: ދިރޭ ޖަނަވާރު އެތެރެކުރެވޭނެ ގޮތެއްނެތިފައި

އައްޑޫގެ ޕޯލްޓްރީ ފާރމްތައް: ދިރޭ ޖަނަވާރު އެތެރެކުރެވޭނެ ގޮތެއްނެތިފައި

12 ޑިސެމްބަރު 2021
ޖިންސީ ގޯނާ އާންމުވެ، ސްކޫލްތަކުގެ އިންފާރުން އެތެރެއަށް!

ޖިންސީ ގޯނާ އާންމުވެ، ސްކޫލްތަކުގެ އިންފާރުން އެތެރެއަށް!

06 ނޮވެމްބަރު 2021
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން އިތުރުވަނީ ކީއްވެ؟

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން އިތުރުވަނީ ކީއްވެ؟

24 އޯގަސްޓު 2021
ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުމުގައި ސިއްސައިގެންދާފަދަ އަދަދުތަކެއް

ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުމުގައި ސިއްސައިގެންދާފަދަ އަދަދުތަކެއް

18 މެއި 2021
ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް

ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް

18 މެއި 2021

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު