Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސްވެރިއެއްގެ ހިތުގެ އުދާސްތައް ރައީސްއަށް "ވެރިކަމަށް ގެނައީމަ ނިގުޅައިގަތީ ހައްގު"

މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް 48 ގަޑީއިރު ތެރޭގައި ފައިސާދޭނެކަމުގެ ވައުދާއެކު. ނަމަވެސް މަސްވެރިން ފައިސާ ނުލިބި މުޒާހަރާކުރާތާ 48 ގަޑީއިރުވި އިރުވެސް ސަރުކާރުން އެކަމާއި އަޅާވެސް ނުލާ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 14:20
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ

މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަ މަސައްކަތެއް ކުރީ ދިވެހި މަސްވެރިންނެވެ. މަސްވެރިންގެ ލޮލުގައި އެޅުވި އަނދުނާއި ނުވިހާ ކުއްޖެއްގެ ފޫޅުވެސް ހޯދަ ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް ދައްކަވަމުން ގެންދިޔަ ވާހަކަތާއެކު އެއަށް ހެއްލި ދިވެހި މަސްވެރިން މިވަރުގެ ސަރުކާރެއް ނެތްކަމަށް ދެކުނެވެ.

ނަމަވެސް ވެރިކަމަށް އައިސް 7 މަސް ވެގެން ދިޔަ އިރު މި ސަރުކާރާއި ދެކޮޅަށް ހައްގު ހޯދަން މަސްވެރިން 3 މުޒާހަރާކޮށްފިއެވެ. ހަމަ ގައިމު ބަޔަކު ފެއިލް ނުވާނަމަ މި ސަރުކާރާއި ދެކޮޅަށް މަސްވެރިން މުޒާހަރާ ނުކުރާނެއެވެ. މިހާރު އޮތް ދޮގުވެރިކަމުގެ އަވައިގައި ޖައްސަން ނުވާ ވައުދެއް ނެތެވެ. 48 ގަޑީއިރު ތެރޭގައި މަހަށް ފައިސާ ލިބޭނެ ވާހަކައައި، ޑޮލަރު ލިބޭނެ ވާހަކައާއި އައިސްއާއި ތެލާއި ދެންވެސް ޖެހުނުއެއްޗެއް ދޭނެ ވާހަކައެވެ. އެކަމަށް މަސްވެރިން ހެއްލި އެންމެ ފަހުން ވެރިކަމަށް މި ބޭފުޅުން ގެނެސްފިއެވެ.

ކަމަކުދާކަށް ނެތެވެ. 7 މަސް ވެގެން ދިޔައިރުވެސް މަސްވެރިންނަށް ހަމައަށް އެންމެ ފަހަރަކުވެސް ފައިސާ ނުދެއެވެ. އެންމެ ފަހުން ވެސް ފައިސާ ދިނީ މުޒާހަރާކޮށްގެންނެވެ. އެފަހުން އަނެއްކާވެސް ފައިސާ ދޭން މި ސަރުކާރަށް މަޖުބޫރުމިވަނީ މުޒާހަރާކޮށްގެންނެވެ.

އެދުވަހު މި ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން މިއަދު އެކަމާއި ހިތާމަކުރެއެވެ. އެދުވަހު ރައީސް މުއިއްޒުއަށް ސަނާކިޔާ ވެރިކަމަށް ގެންނަން ބުރަ މަސައްކަތް ކުރި މީހުން މިއަދު ކަރުނައަޅާ ރޮނީއެވެ. ހެދުނު ގޯހެއްގެ ބޮޑުކަމުންނެވެ. ވެރިކަމަށް އައިސް މަހުގެ އަގު ދަށްކުރީއެވެ. 48 ގަޑިއިރުވެ މަސްތައް ފާއިތުވެގެންދިޔައިރުވެސް މި ސަރުކާރަކަށް ފައިސާ ނުދެވުނެވެ.

ބޮޑުތަނުން ފެއިލްވެއްޖެކަމަށް ބުނެ މަސްވެރިން ކުރާ މުޒާހަރާގައި ސޯޝަލް މީޑިއާއަށް މިފަހަރު އުދާސްތައް ބަންޑުންކޮށްލީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ވަރަށް ވެސް ބުރަ މަސައްކަތްކުރި މަސްވެރިއެކެވެ. މަސްވެރިޔާގެ ދުލުން ބުނީ މި ސަރުކާރުން މަސްވެރިން ގެންގުޅެނީ ޖަނަވާރުން ގެންގުޅޭ އުސޫލުން ކަމަށެވެ. ހައްގެއް ނެތްކަމަށް ބަލައި ސަރުކާރުން ހިތުހުރި ގޮތަކަށް ކަންކުރާއިރު އެންމެ ފަހުން އިސްތިއުފާއަށްވެސް ގޮވީއެވެ. ރައީސް މުއިއްޒުއާއި ވަޒީރު ޝިޔާމުގެއެވެ.

މަސްވެރިން ކުރާ މުޒާހަރާއަށް 48 ގަޑި އިރުވެއްޖެއެވެ. އަދިވެސް ފައިސާއެއް ނުލިބެއެވެ. ނަމަވެސް އެ މުޒާހަރާ ރޫޅާލަން ފުލުހުން ފޮނުވައިފިއެވެ. ވަޒީރު ވިދާޅުވަނީ ފިލްމެއް ބައްލަވަން އިންނަވާހެން މުޒާހަރާ ބައްލަވަން އިންނެވި ކަމަށެވެ. އަދިވެސް މަސްވެރިންނާއި ބައްދަލުކޮށް މިސަރުކާރަށް ވާހަކަދައްކަން ނުކުރެއެވެ.

މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދެއްކުމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ. ބައެއްގެ އަތުން އެއްޗެއް ގަނެފިނަމަ، އެ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެކެވެ. މި ހާލަތުގައި އެއީ ސަރުކާރުގެ ވާޖިބެކެވެ. މަސްވެރިން އަތުން ގަންނަ މަސް ރާއްޖެއިން ބޭރަށް ވިއްކާލެވޭނަމަ މަސްވެރިންނަށް ދައްކަން ހުރި ފައިސާ ނުދެއްކި ހުރެގެން ނުވާނެއެވެ. މަސްވެރިން އަތުން ގަންނަ މަހުން މަހުގެ ބާވަތްތައް އުފައްދާ މަސްދަޅުތަކާއި ތަފާތު އުފެއްދުންތައް ފިހާރަތަކުގެ ހަރުގަނޑުގައި ހުރެ އެ ވިކޭނަމަ މަސްވެރިންނަށް ފައިސާ ދެވެންޖެހެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްކަމަށް ހީވާނަމަ އެއީ ގޯހެކެވެ. ބައެއްގެ ހައްގަށް އަރައިގަނެ ސިޔާސީ ސްޓަންޓު ޖެއްސުމަކީ ހުތުރު ލަދުވެތިކަމެކެވެ. އަދި އެއީ އެއެއްޗެއް ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަންޖެހޭ ކަމެއްނޫނެވެ. މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެކެވެ. އޭގައި ދެއްކޭނެ ބަހަނާއެއް ނެތެވެ.

މަސްވެރިންގެ މުޒާހަރާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމިފްކޯމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު