Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަހުވަދޫގައި ބަލި މީހަކު ގެންދަން މަންތާ އިން ދެ

ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

މަންތާގެ އެއާކްރާފްޓަށް ސްތްރެޗަރ ނޭރުވޭ، އެއީ ގާނޫނުގައި ވެސް މަނާ ކަމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2022 | ބުދަ 14:00
ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ

ކުޑަހުވަދޫ އެއަރޕޯޓު ކައިރީގައި އާންމުން މުޒާހަރާކުރަނީ

އޮގަސްޓް މަހުގެ 1 ވަނަ ދުވަހު މަންތާ އެއާއިން ބަލި މީހަކު އުފުލަން ދެކޮޅުހެދިކަމަށް ބުނާ މައްސަލަ އެއް ފެންމަތިވީ އެރޭގެ ގާތްގަނޑަކަށް 9 ޖަހަން އުޅެނިކޮށެވެ. މީސްމީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމާއި އެކު މަންތާ އެއާ އަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔަ އިރު އެ މައްސަލަ ހޫނުވެ ކުޑަހުވަދޫގެ ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދުގައި މުޒާހަރާކުރަން ފަށާފައެވެ. އަދި މިހާތަނަށް އައި އިރު ވެސް އެ މުޒާހަރާތައް ކުރިއަށް ދާއިރު، މަންތާ އިން ވަނީ ބަލި މީހަކު އުފުލުމަށް ދެކޮޅު ހެދިކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި ރަސްމީކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް ބަލި މީހަކު ގެންގޮސްދިނުމަށް އެ އެއާލައިންގައި އެދިފައި ނުވާކަމަށް އެ އެއާލައިނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކުޑަހުވަދޫގެ އެއާޕޯޓު ސަރަހައްދުގައި މުޒާހަރާ ކުރާ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މަންތާ އެއާއަކީ ކުޑަހުވަދޫ އަށް ދަތުރުކުރާ ހަމައެކަނި އެއާލައިންކަމަށް ވާއިރު އެ އެއާލައިނުން ބަލިމީހާ އުފުލަން ދެކޮޅު ހެދުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އެ ރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެއާޕޯޓަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށް އަޑު އުފުލާފައެވެ. އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިންނާއި ދެކެވުނު ވާހަކަތަކަށް ފަހު ސުލްހަވެރިކަމާއި އެކު މުޒާހަރާ ރޫޅާ ނުލެވުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ. އެކަމާއި އުފެދުނު ހިތްހަމަނުޖެހުންތަކާއި އެކު އެ ސަރަހައްދަށް އެއްވެފައި ތިބި އާއްމުންނާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ މަންތާ އެއާގެ ވެރިންނާއި ބައްދަލުކުރުމެވެ. ކުޑަހުވަދޫގައި އެއާޕޯޓް ހިންގަނީ މަންޓާ އެއާ ހިއްސާވާ ކުންފުންޏަކަށް ވުމުން އެކަމަށް ވެސް އާއްމުން ދަނީ ފާޑުކިޔަމުންނެވެ. މުޒާހަރާކުރަމުންދާ އާއްމުން ވަނީ ރައްޔިތުންނަށް ޚިދުމަތް ނުދެވޭ ނަމަ މަންތާގެ ދަތުރުތައް ކުޑަހުވަދޫ އަށް ކުރުން ހުއްޓާލަން ވެސް ގޮވާލާފައެވެ. މަންތާގެ އެއާލައިނުން މީހުން ނުއުފުލާ މައްސަލައިގައި މީގެ ކުރިން ވެސް އެ އެއާލައިނާއި އެކު ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ކުޑަހުވަދޫގެ ރައްޔިތުންގެ ނުރުހުން މި މައްސަލައިގައި މަންތާ އަށް އިންތިހާ އަށް ކުރިމަތިވެފައިވާއިރު މަންތާ އިން ވަނީ މަންތާގެ އެއާކްރާފްޓު ތަކުގައި ސްޓްރެޗަރގައި އުފުލޭ ބަލި މީހުން ނުގެންދެވޭ ކަމަށް ފާހަގަކޮށްފައެވެ. މަންތާގެ ސީއީއޯ އަދި ކުޑަ ހުވަދޫ އެއާޕޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ހުސެއިން ހަލީލު ވަނީ ސްޓްރެޗަގައި މަންތާގެ އެއާކްރާފްޓުތަކުގައި ބަލި މީހުން އުފުލުމަކީ ވައިގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ވެސް ޚިލާފުކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މޯލްޑިވިއަން އާއި އެކު އާސަންދައިން ބަލި މީހުން އުފުލުމަށް އެއްބަސްވެފައި ވާއިރު މަންތާ އިން އެ މަސައްކަތް ނުކުރަނީ އެއީ މަންތާ އިން އެ މަސައްކަތް ކުރުމަކީ ދައުލަތާއި މޯލްޑިވިއަން އަށް ވެސް ގެއްލުންވާނެ ކަމަކަށް ވުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަލީލް ވަނީ ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރެވެނީ ހަމައެކަނި މަންތާ އަށް ކަމަށް ބުނާތީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މޯލްޑިވިއަން އިން ކުޑަހުވަދޫ އަށް ދަތުރުކުރުން ހުއްޓާލީ ހަމައެކަނި ދިވެހިން ގޮވައިގެން ދަތުރުކުރަން އެ އެއާލައިނުން ބޭނުން ނުވުމުން ކަމަށެވެ. އަދި އެއްވެސް އިރެއްގައި މޯލްޑިވިއަން އިން ކުޑަހުވަދޫ އަށް ދަތުރުކުރުން މަނާކޮށްފައި ނުވާނެ ކަމަށާއި އެއީ މަންތާ އިން މަރުޚަބާ ކިޔާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަންތާ އިން ބޭނުން ވަނީ ވާދަވެރި މާހައުލެއްގައި ޚިދުމަތްދެވޭނެ މާހައުލެއް ޤާއިމް ކުރަން ކަމަށެވެ. ކުޑަހުވަދޫގައި ބަލި މީހަކު އުފުއްލަން މަންތާއިން ދެކޮޅު ހެދިކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ބަޔަކު ސިޔާސީ ބޭނުމަށް، ސަރުކާރާއި މަންތާ ޖެއްސުމަށް ކުރާ ކަމެއް ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވަނީ މި މައްސަލަ އަކީ  ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި އަމާންތަނެއްގެ ގޮތުގައި ސިފަކުރާއިރު، މިފަދަ މަންޒަރެއް ފެނުމަކީ ރާއްޖެއާމެދު ފަތުރުވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާނެ ކަމެއް ކަމަށްވެސް ޚަލީލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ސަރުކާރުން ވެސް ވަރަސް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަންތާގައި ހުރި ފްލައިޓްތަކަށް ސްޓްރެޗާ ނޭރުވޭތީ، އެކަމަށް އެހެން ހައްލެއް ހޯދުމަށް ފާއިތުވި ތަނުގައި ކުރި މަސައްކަތްތައް ކާމިޔާބު ނުވެ އޮތީ ސަރުކާރުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.  އެގޮތުން، ސީޕްލޭނުގައި ފުރޮޅު ހަރުކޮށްގެން މެޑިކަލް އިވެކުއޭޝަން ފްލައިޓް ބޭއްވުމުގެ ހުއްދައަށް އެދި 2020 ވަނަ އަހަރު ހުށަހެޅި ނަމަވެސް އަދިވެސް އެ ހުށަހެޅުންތަކަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ރައީސް އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

މަންތާ އިން އާސަންދަ އާއި އެކު ބަލި މީހުން އުފުލުމުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާ ހަލީލް ވަނީ އެއީ ދައުލަތުގެ ޚަރަދަށް ބެލިޔަސް ރަނގަޅު ނިންމުމަކަށް ވާނެކަމަށް ފާހަގަކުރައްވާފައެވެ.

މަންތާ އެއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ

ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ

30 ނޮވެމްބަރު 2023
މަންޓާގެ ފްލައިޓެއްގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ

މަންޓާގެ ފްލައިޓެއްގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ

21 ނޮވެމްބަރު 2023
ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި

ބަލިމީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާއާއި ފްލައިމީއަށް އަންގައިފި

04 އޯގަސްޓު 2022
ކުޑަހުވަދޫގެ މުޒާހަރާގައި ފަތުރުވެރިން ހައިޖެކް ކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުޒާހަރާގެ ބައިވެރިން

ކުޑަހުވަދޫގެ މުޒާހަރާގައި ފަތުރުވެރިން ހައިޖެކް ކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުޒާހަރާގެ ބައިވެރިން

03 އޯގަސްޓު 2022
ކުޑަހުވަދޫގެ މުޒާހަރާގައި ވަނީ ފަތުރުވެރިން ހައިޖެކްކޮށްފައި: މަންތާ

ކުޑަހުވަދޫގެ މުޒާހަރާގައި ވަނީ ފަތުރުވެރިން ހައިޖެކްކޮށްފައި: މަންތާ

02 އޯގަސްޓު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު