Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން ކަށަވަރުކުރުން

ބޯހިޔާވަހިކަން ހޯދައިދިނުމަށް އައި ސަރުކާރުން ރައްޔިތުން މަގުމަތިކުރަނީ

ހޮނިހިރު ދުވަހު ފުލެޓު ލިސްޓު ހާމަކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވާއިރު، ހައުސިން މިނިސްޓަރު ހައިދަރު ފުރަތަމަ ވިދާޅުވީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެމަހުގެ 28 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އޭގެފަހުން 7 ނޮވެންބަރު 2024ވީ ބުރާސްފަތި ދުވަހު މިނިސްޓަރު ހައިދަރު ވިދާޅުވީ ނޮވެންބަރު މަހުގެ ދެ ވަނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓުގެ ވަގުތީ ލިސްޓު ހާމަކުރާނެ ކަމަށެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 12:20
ފްލެޓާއި ގޯތި ދޫކުރުން ލަސްކުރާތީ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން- ފައިލް ފޮޓޯ

ފްލެޓާއި ގޯތި ދޫކުރުން ލަސްކުރާތީ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންތަކެއްގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވީ ފޮނި އުންމީދާއެކުއެވެ. އެރައްޔިތުންގެ އުދަނގޫތަކާއި، ދިމާވާ ދަތިތަކަށް ހައްލު ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުން އެދޭ ފަދަ ދިވެހިންގެ ރާއްޖެއެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުގެކޮށް ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވެއެވެ.

އެގޮތުން ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ގެދޮރުވެރިވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ، ރާއްޖޭގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހިތް މާޔޫސްވެ، ރުޅިގަދަވާ ޒާތަށޭ ބުނުމުގެ ފުރުސަތު މިއަދު އެބައޮތެވެ. ގިނަ ރައްޔިތުން ގިނަ ދުވަސްތަކަށް އިންތިޒާރު ކުރަމުންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ވަގުތީ ފްލެޓު ލިސްޓު ހިފައްޓައި، އެލިސްޓު އާއްމު ނުކުރާތީއެވެ.

މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15 ނޮވެންބަރު 2023 ގައި އިއުލާނުކުރި ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލައާ ގުޅިގެން އަލުން ފޯމްތައް އިވެލުއޭޓް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އޭސީސީން އެ މައްސަލަތައް ބެލުމަށްފަހު، މައްސަލަ ނެތް ފޯމްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއަށް ވަނީ އަންގާފައެވެ. ނަމަވެސް ފްލެޓުތައް ދޫކުރަނީ ހައްގުވެރިންނަށް ކަމަށް ބުނެ، ފްލެޓުތައް ދޫކުރުމުގައި ޚާއްސަ ކޮމެޓީއެއް އެކުލަވާލައި، އެމަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ހޮނިހިރު ދުވަހު ފުލެޓު ލިސްޓު ހާމަކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވާއިރު، ހައުސިން މިނިސްޓަރު ހައިދަރު ފުރަތަމަ ވިދާޅުވީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެމަހުގެ 28 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އޭގެފަހުން 7 ނޮވެންބަރު 2024ވީ ބުރާސްފަތި ދުވަހު މިނިސްޓަރު ހައިދަރު ވިދާޅުވީ ނޮވެންބަރު މަހުގެ ދެ ވަނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓުގެ ވަގުތީ ލިސްޓު ހާމަކުރާނެ ކަމަށެވެ.

ފްލެޓުގެ މައްސަލާގައި އެކިފަހަރު އެކިގޮތްގޮތަށް ސަރުކާރުން ކަންކަން ހާމަކުރަމުންދާތީ މިއަދު ރައްޔިތުން ތިބީ އިންތިހާއަށް ދެރަވެ، އެކަމާ ރުޅި ގަދަވެފައެވެ. ފްލެޓުތައް ލިބިފައިވާ މީހުންނަށް ފްލެޓު ދޫނުކޮށް ހިފެހެއްޓުމަކީ އެރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެކެވެ. ގިނަ މީހުންގެ ހާލަތު ވެސް މިހާރު ހުންނާނީ ބަދަލުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދިން ބައެއް މީހުން ބުނެފައިވަނީ މާލޭގައި ދިރިއުޅެމުންދަނީ ބޮޑު ކުލީގައި ކަމަށާއި، ރަށުގައި ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށެވެ. ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އައި ސަރުކާރުން ރައްޔިތުން މަގުމަތިކޮށް ނިކަމެތިކުރަމުންދާ ކަމަށެވެ. މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ. އަދި ސަރުކާރުގެ ތައްގަނޑު ޖެހި ލިޔުމެއް އޮވެއްޖެ ނަމަ، ފްލެޓާއި ގޯތި ލިބުނު މީހުންނަށް އެތަންތަން ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް އިތުބާރެއް ނެތްކަމަށް އެމީހުން ބުނެއެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މިއަދު ގިނަ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ވަނީ ގެއްލިފައެވެ. ސަރުކާރުގެ ގާބިލްކަމާމެދު ސުވާލު އުފައްދާ ރައްޔިތުންގެ ވެސް ގިނައެވެ. ގިނަ ކަންކަމުގައި ޔޫޓާން ރައީސް މުއިއްޒު ނަންގަވާއިރު، ފްލެޓު ލިސްޓް އެއްކޮށް ބާތިލްކޮށް އަލުން ހުޅުވާލަފާނެކަމުގެ ބިރު ވެސް ރައްޔިތުންގެ ހިތުގައި މިއަދު އެބައޮތެވެ. މިސަރުކާރަށް އަހަރު ދުވަސް ނުވަނީސް ރައްޔިތުންގެ ހައްގުތައް ހޯދުމަށް އަދި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް މަގުމައްޗަށް ނުކުމެ، ރައްޔިތުން ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް މަޖުބޫރުކުރުވަމުންދާއިރު، ވެސް މިއީ ރާއްޖޭގެ ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އައި ސަރުކާރުކާރެކޭ ބުނެވިދާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު