Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯލްޑް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ސަމިޓް

އިންޑިއާއަކީ ވިހަ ގޭސް މަދުކުރުމަށް އެންމެ ބޮޑެތި މަސައްކަތް ކުރާ ޤައުމު: މަޖިލިސް ދިރާސާ

10 ފެބުރުއަރީ 2021 | ބުދަ 14:33

ތަރައްޤީ ގެނައުމުގައި ތިމާވެއްޓާއި ރައްޓެހި އުކުޅުތައް ބޭނުންކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 ފެބުރުއަރީ 2021 | ބުދަ 14:33
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިންޑިއާއަކީ ވިހަ ގޭސް މަދުކުރުމަށް އެންމެ ބޮޑެތި މަސައްކަތް ކުރާ ޤައުމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ވޯލްޑް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ސަމިޓް 2021ގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާކަމަށެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ވަގުތު ކުޑަވަމުންދާއިރު، މި މަސައްކަތުގައި ހުރިހާ ޤައުމެއްއެކުގައި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ނަޝީދުވަނީ ތަރައްޤީ ގެނައުމުގައި ތިމާވެއްޓާއި ރައްޓެހި އުކުޅުތައް ބޭނުންކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ފަރުތައް ހަލާކުނުވާނެފަދައިން ތަރައްޤީ ގެނައުމާއި، ކަނޑޫފާތައް ނުހިއްކާ ތަރައްޤީގެނައުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. މީގެ އިތުރުން ހަލާކުވެފައިވާ ފަރުތައް އަލުން ހެއްދުމުގެ މަސައްކަތުގައި ހޫނުގައި އަދި އެސިޑިކް ކަނޑެއްގައި ހެދޭނެފަދަ މުރަކަ އުފެއްދުންކަހަލަ ޒަމާނީ އީޖާދީ ވިސްނުންތައް ގެންގުޅުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

ތިމާވެއްޓަށް ކުރާ އަސަރުކުޑަކުރުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މި މަސައްކަތުގައި މިފަދަ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ވިލާތުގެ ޤައުމުތަކާއި، އެމެރިކާ، ޖަޕާން ކެނެޑާ ދެކުނު ކޮރެއާ އަދި ދެކުނު އެފްރިކާފަދަ ޤައުމުތައް ގުޅުމަކީ ޒީރޯ އެމިޝަންގެ ޓާގެޓްދަށުން ޕެރިސް އެގްރިމެންޓްގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލުކުރުމަށް ލިބޭ އުންމީދެއްކަމަށެވެ.

މިހާރު ދުނިޔޭގެ އާބާދީގެ 63 އިންސައްތަ ޒީރޯ ކާބަންއަށް އަމާޒު ހިފާވާއިރު، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު މަސައްކަތްތަކެއް ކުރައްވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމާއެކު އިންޑިއާއިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދުނިޔޭގެ ޤައުމުތަކުން ކާބަން އެމިޝަން މަދުކުރުމަށް ކުރާ މަސައްކަތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި ދިރާސާއަކުން ދައްކާގޮތުން އިންޑިއާއަކީ ވިހަ ގޭސް އެންމެ ގިނައިން ބޭރު ކުރާ ޤައުމުތަކުގެ ލިސްޓްގައި ނުހިމެނުނަސް އެ ޤައުމުން މިކަން ހުއްޓުވުމަށްޓަކައި ގިނަ އުންމީދީ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

ރައީސް ނަޝީދު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ޤައުމުން 2030 ވަނަ އަހަރުގެ ކުރިން 440 އަށްވުރެ ގިނަ ވޯޓްގެ ރިނުއުވަބަލް ހަކަތަ އުފެއްދުމަށް ނިންމުމަކީ އުފާފުޅުކުރައްވާ އަދި މައްސަލަ ހައްލުކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ވިދާޅުވެފައެވެ. އަދި މި ސަމިޓްގެ ތެރެއިން މިހާތަނަށް އައިރު 90 އަށްވުރެ ގިނަ ވޯޓްގެ ކަރަންޓު އުފެއްދުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހާމަކުރެއްވުމަކީ އިންޑިއާއިން މި މައްސަލަ ސީރިއަސް މައްސަލެއްގެގޮތުގައި ބަލާކަން ހާމަވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ރާއްޖެ ހިމެނޭހެން 48 ޤައުމު ބައިވެރިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. މި ފޯރަމްގެ ތެރެއިން ޤައުމުތަކުން ތަރައްޤީ ގެންނައިރު ތިމާވެއްޓާއި ރައްޓެހި ޕްލޭނެއް ނުވަތަ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭނެއް ހަދާފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދެކުނު އޭޝިއާގެ ޤައުމުތައް އެކުގައި މަސައްކަތްކޮށްފިނަމަ މި ސަރަހައްދަކީ މިފަދަ ތަރައްޤީ ގެނައުމުގައި ދުނިޔޭގެ ލީޑިން ޤައުމުތަކަށްވުމުގެ ޤާބިލުކަން އެބަހުރިކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް