Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިޔާ މަޝްރޫއު ފްލެޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

ފަނޑިޔާރު އަލީ ރަޝީދުގެ އާއިލާގައި 11 މެމްބަރުން ތިއްބަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ފެބުރުއަރީ 2021 | ބުދަ 12:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން- ފަނޑިޔާރު އަލީ ރަޝީދުގެ މުޅި އާއިލާއަށް ފްލެޓު ލިބުނުކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުންނާއި، މީސްމީޑިއާގައި ދަނީ ޚަބަރު ފެތުރެމުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން- ފަނޑިޔާރު އަލީ ރަޝީދުގެ މުޅި އާއިލާއަށް ފްލެޓު ލިބުނުކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުންނާއި، މީސްމީޑިއާގައި ދަނީ ޚަބަރު ފެތުރެމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމެއް ކުރެއްވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އާއިލާއަށް ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަން "ރާއްޖެއެމްވީ"އަށް އެނގިއްޖެއެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ފަނޑިޔާރު އަލީ ރަޝީދުގެ މުޅި އާއިލާއަށް ފްލެޓު ލިބުނުކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުންނާއި، މީސްމީޑިއާގައި ދަނީ ޚަބަރު ފެތުރެމުންނެވެ. އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަން ރާއްޖެއެމްވީން ހޯދި ހޯދުމުން ވަނީ އެނގިފައެވެ.

ފްލެޓު ލިސްޓުތަކާއި ގުޅިގެން ރާއްޖެއެމްވީން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދުގެ އާއިލާގައި 11 މެމްބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަލީ ރަޝީދުގެ އެއްބަނޑު އެއްބަފާ 6 ބޭފުޅުންނާއި، އެއްބަނޑު 2 ބޭފުޅުންގެ އިތުރުން، އެއްބަފާ 3 ބޭފުޅެކެވެ. އެހެން ނަމަވެސް، ފްލެޓު ލިބިފައިވަނީ އާއިލާގެ އެންމެ ބޭފުޅަކަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ފްލެޓަށް ހުށައަޅުއްވާފައެއްވެސް ނުވެއެވެ. އެހެން ނަމަވެސް، އަލީ ރަޝީދުގެ އަނބިކަނބަލުން ފްލެޓަށް ހުށައެޅުއްވިއެވެ. އަދި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި އޭނާގެ ނަމެއް ނުހިމެނެއެވެ.

އިތުރަށް ބެލި ބެލުމުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު އުޅުއްވަނީވެސް އާއިލާއާއެކު ކުއްޔަށެވެ.

އޭގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އާއިލާއިން ފްލެޓު ލިބިފައިވަނީ ހުޅުމާލޭގައި ގިނަ އަހަރުތަކެއް ވަންދެން އުޅެފައިވާ އަދި 3 ކުދިންނާއި އާއިލާއާއެކު ދިރިއުޅެމުންދާ މެމްބަރަކަށެވެ. އޭނާއަށް ފްލެޓު ދީފައިވަނީ ދިރިއުޅުމުގެ ޙާލަތު ބެލުމަށްފަހު، އޭރުގެ ސަރުކާރުން އެކުލަވާލި ލިސްޓުންވެސް މަތިން ޕޮއިންޓް ލިބިގެންނެވެ. ވީއިރު، އައު ސަރުކާރު އައިސް އެކުލަވާލި ފްލެޓު ކޮމިޓީން ފަނޑިޔާރު އަލީ ރަޝީދުގެ މުޅި އާއިލާއަށް ފްލެޓު ދިންކަމަށް ބުނާ ވާހަކައަކީ ދޮގެއްކަން މިވަނީ ހާމަވެފައެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން އޭރު ޤާޟީ ޢަލީ ރަޝީދާއި ޙަވާލުކުރީ އިސް ޤާޟީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑްކުރީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަރ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައިވާ ކުރެހުމެއްގެ މައްސަލައިގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ހިންގުވާ މަންޒަރު އެ ކުރެހުމުން ފެނެއެވެ. އެ މެސެޖްގެ ސްކްރީން ޝޮޓް ސޯޝަލް މީޑިޔާގައި ޢާންމުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ހައިލަމަށް ޢަމާޒުވިއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ ފްލެޓު ލިސްޓުތައް ފައިނަލްކުރިއިރު، އެ ލިސްޓުތައް ރާއްޖެއެމްވީން ވާނީ ދިރާސާ ކޮށްފައެވެ. އަދި އޭރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ފަނޑިޔާރުންގެ އިތުރުން، ސިޔާސީ މަޤާމުތަކާއި، މިނިވަން މުއައްސަސާތަކުގައި ތިއްބަވާ މެމްބަރުންނާއި، މެމްބަރުންގެ އާއިލާތަކަށް އޮތީ ފްލެޓު ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތުވެސް ބަލާފައެއް ނުވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބައިން 0 ލިބިފައިވާ ގިނަ ބަޔަކަށް ފްލެޓު ލިބޭ ކަމަށްވެސް އޭރުގެ ލިސްޓުގައި ކަނޑައަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
15 މެއި 2017

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު