Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާ

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން، ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ ކުރައްވާ ސުވާލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ސުވާލު ކުރައްވާފައިވަނީ ރިސޯޓެއްގެ މައްސަލާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2021 | އަންގާރަ 13:40
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ): މާދަމާގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއާ ސުވާލު ކުރެއްވުމަށް އެޖެންޑާގައި ހިމެނޭ

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ): މާދަމާގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއާ ސުވާލު ކުރެއްވުމަށް އެޖެންޑާގައި ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ސުވާލު ކުރެއްވުމަށް ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މެމްބަރު ޝިޔާން، ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސުވާލުގައި ވިދާޅުވެފައިވަނީ، "10 ނޮވެމްބަރު 2020ގައި ހައިކޯޓުން ނިންމި ޤަޟިއްޔާގައި ކ. މަހާނައެޅިހުރާގެ ސަބްލީސް ރައިޓްސް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް ރައިޓްސް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަތުގައި ނެތްކަން އެނގޭތީ، ސިވިލް ކޯޓުން ވިއްކާލުމަށް ހުކުމްކޮށްފައިވަނީ ވުޖޫދުގައި އެވަގުތު ނެތް ހައްގެއްކަމުގައި ބަޔާންކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިއޮތް ހައްގެއް ވުޖޫދުގައި ނެތިގެން ދިޔައިރު، އެގޮތަށް ނެތިގެން ދިޔައީ ޓޫރިޒަމް މިނިސްޓްރީއަށް އެނގިހުރެތޯ" އެވެ.

Advertisement - newsAdvertisement

މެމްބަރު ޝިޔާންގެ އެ ސުވާލަށްފަހު، ގުޅުންހުރި ސުވާލެއް އޮތްނަމަ، މެމްބަރުންނަށް އިތުރު ސުވާލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މެމްބަރު ޝިޔާނުގެ ސުވާލުގެ އިތުރުން، މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ، ނުނިމިހުރި މަސައްކަތުގެ އެޖެންޑާގެ ދަށުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މާލޭގައި ޒުވާނުންނަށް އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރަށް ބަހުސްކުރުމެވެ. އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މުއާޞަލާތީ ހިދްމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފައިދާވާގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރުމަށްވެސް އެޖެންޑާ ކޮށްފައިވެއެވެ.

މީގެއިތުރުން، ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވެސް ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެއެވެ.

އާޒިމް ހުށަހަޅުއްވާފައިވާ އެ މައްސަލާގަައި ވަނީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއިން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދޭތެރޭ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު