Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކުދިން އުފަންވާ ރޭޓް ދަށަށް ދިޔުން

މިދިޔަ އަހަރު ޗައިނާގައި ކުދިން އުފަންވި ރޭޓް، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 15 އިންސައްތަ ދަށަށް

ޗައިނާގައި މިދިޔަ އަހަރު 10.035 މިލިއަން ކުދިން ވިހާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2021 | އަންގާރަ 07:55
ވުހާންގެ ހޮސްޕިޓަލެއްގައި ވިހާފައިވާ ކުޑަކުއްޖަކު ކައިރީގައި ސިއްހީ މަސައްކަތްތެރިއެއް ހަރަކާތްތެރިވަނީ

ވުހާންގެ ހޮސްޕިޓަލެއްގައި ވިހާފައިވާ ކުޑަކުއްޖަކު ކައިރީގައި ސިއްހީ މަސައްކަތްތެރިއެއް ހަރަކާތްތެރިވަނީ

ކޮވިޑް-19 އާ ގުޅިގެން އިގްތިޞާދީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން މިދިޔަ އަހަރު ޗައިނާގައި އުފަންވާ ރޭޓް އޭގެކުރީ 2019 ވަނަ އަހަރާ އަޅާބަލާއިރު 15 އިންސައްތަ ދަށަށްގޮސްފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިޔުރިޓީން ބުނެފިއެވެ.

ޗައިނާގައި މިދިޔަ އަހަރު 10.035 މިލިއަން ކުދިން ވިހާފައިވެއެވެ. އޭގެކުރީ އަހަރު ވިހާފައިވަނީ 11.79 ކުދިންނެވެ.

ފާއިތުވި އަހަރުތަކުގައި ޗައިނާގައި ވަނީ ބޯހިޔާވަހިކަމާއި، ތައުލީމާއި ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދައާ ގުޅިގެން ކުދިން ހޯދުމަށް މީހުން ޖެހިލުންވާ ޖެހިލުންވުން އިތުރުވެފައެވެ. އެތައް އަހަރެއް ވަންދެން ޗައިނާގައި އަމަލުކުރަމުން އައި ވަން ޗައިލްޑް ޕޮލިސީ ނުވަތަ ކޮންމެ ދެމަފިރިއަކު އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތަށް އަމަލުކުރުން 2016 ވަނަ އަހަރު ހުއްޓާލާފައިވީ ނަމަވެސް ޗައިނާގައި އަލަށް އުފަންވާ ރޭޓަށް މާބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ.

އަނެއްކޮޅުން މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 އާ ގުޅިގެން ކުދިން ހޯދުމާމެދު ޗައިނާގެ ގިނަ ރައްޔިތުންނަށް ވަނީ ޔަގީންކަން ކުޑަވެފައެވެ. އެއާއެކު މިހާރު ދުނިޔޭގައި އެންމެ ހަލުވި މިނުގައި މުސްކުޅިވަމުން އަންނަ އާބާދީގައި ޒުވާނުންގެ އިންސައްތަ އިތުރުކުރުމަށް ޗައިނާއަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޗައިނާގެ އާބާދީގެ 250 މިލިއަން މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ޗައިނާގެ އާބާދީ ހަލުވި މިނެއްގައި މުސްކުޅިވަމުންދާ ދިޔުމުގެ ސަބަބުން ޕެންޝަނާއި ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް ގިނަ ސިޔާސަތުތަކެއް ވަނީ ޗައިނާގެ ސަރުކާރަށް އެކުލަވާލަން ޖެހިފައެވެ.

މިދިޔަ އަހަރުގެ ޗައިނާގެ އާބާދީގެ ތަފްސީލީ މައުލޫމާތުތައް ފެބްރުއަރީ މަހުގެ ފަހުކޮޅު ޗައިނާގެ ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު