Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ ޝަމީމު

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުންވަނީ ބޮޑެތި ގޯސްތަކެއް ހަދާފައި: ޕީޖީ

8 ފެބުރުއަރީ 2021 | ހޯމަ 12:21

މި މައްސަލައަކީ ކުރީގެ ޕީޖީ ބިޝާމު، ޕީޖީގެ މަގާމުގައި ހުންނެވިއިރު، ދައުވާކުރަން ފޮނުވި މައްސަލައެއް، އެއީ 2019ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ފެބުރުއަރީ 2021 | ހޯމަ 12:21
ޕީޖީ ހުސައިން ޝަމީމު: 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާކަމަށް ވިދާޅުވި

ޕީޖީ ހުސައިން ޝަމީމު: 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާކަމަށް ވިދާޅުވި

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

މި ފަހުން ރާއްޖެއިން އެންމެ ގިނަދަދަކަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މި މައްސަލަ، ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ ޝަމީމު ނިންމަވާފައިވާތީ، އެކަން ހިނގާފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގައި ބަލާ ފާސްކުރުމާއި ހެކި ހޯދުމުގައި ގާނޫނާއި ހިލާފަށް އަަމަލުކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތާ ހިލާފަށް ބޮޑެތި ގޯސްތަކެއް ހެދިފައި ހުރުމުން، ދަށު ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރިއަސް، ލިބޭނެ ކުރިއެރުމެއް، އަދި ދެއްކޭނެ އޮއްޓަރުހުރި ވާހަކައެއްވެސް ނެތްކަމަށް ޝަމީމު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމީމު ވިދާޅުވީ، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުން، 28 އޭޕްރީލް 2019އިން ފެށިގެން ޖެހިގެންއައި 29 ވަނަ ދުވަހާ ހަމައަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ގެންގުޅުނު ކަމަށެވެ. އަދި ޕީޖީގެ އޮފީހާއި އެމައްސަލަ ހިއްސާކޮށްފައިވަނީވެސް، 29 އޭޕްރީލް 2019ގައި ކަމަށާއި، ތަހުމަތު ކުރެވޭ މީހުން ހައްޔަރުކުރީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅޭތާ 25 ގަޑިއިރުފަހުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންކަމަށެވެ.

ޝަމީމު ވިދާޅުވީ، ގދ. ހުޅުވާރުލުން މަސްތުވާތަކެތި ހޯދުމުގައިއާއި ގޭގެއަށްވަދެ މީހުން ހައްޔަރުކުރުމުގައި ވެސް އެއްވެސް ކޯޓު އަމުރެއް ފުލުހުން ހޯދާފައިނުވާއިރު، ތުހުމަތު ކުރެވޭ މީހުން، 25 ގަޑިއިރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓު އަމުރެއްނެތި ގެންގުޅުނީވެސް ގާނޫނާއި ހިލާފަށް ކަމަށެވެ.

ވަރަށް އާދައިގެ އިޖުރާއަތުތަކާއި ފުލުހުން ހިލާވެފައިވާކަން ފާހަގަކުރައްވާ ޝަމީމު ވަނީ ތަފްސީލީ ގޮތެއްގައި ކޮމެޓީއަށް މައުލޫމާތު ހާމަކުރެވޭނީ، ކޮމެޓީން ސިއްރުކޮށްގެން ކަމަށެވެ. އެގޮތުގެ މަތީން ކޮމެޓީގެ ފަހުބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

މަސްތުވާތަކެތީގެ މި މައްސަލައަކީ ކުރީގެ ޕީޖީ އާއިޝަތު ބިޝާމުގެ ޕީޖީކަމުގައި ހިނގާދިޔަ ކަމެކެވެ. މިހާރުގެ ޕީޖީ ޝަމީމު ވިދާޅުވީ، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕީޖީގެ އޮފީހަށް ލިޔެކިޔުންތައް ލިބިފައިވަނީ، 26 ޖޫން 2019ގައި ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތު ގާނޫނު ބުނާގޮތުން 28 ޖޫންގެ ކުރިން ކޯޓަށް އެމައްސަލަ ހުށަހަޅަންޖެހޭތީއާއި، އެދުވަހަކީ ހުކުރު ދުވަހަކަށްވާތީ، 27 ޖޫން 2019ގައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި، ތުހުުމަތު ކުރެވޭ ދެމީހުންގެ ބަޔާނުގައި ދިފާއީ ވަކީލުން ސޮއިކޮށްފައިނުވާތީ، އެ ދެމީހުންގެ ބަޔާން ނެތްކަމަށް ނިންމައި، އަދި މިމައްސަލައަކީ ކްރިމިނަލް ކޯޓުގެ އިހުތިޞާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށްވާތީ ނުބެލޭނެ ކަމަށް ބުނެފައިވާ ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި ރަސްޖިސްޓްރާގެ ނިންމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުންވެސް ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅުކަމަށެވެެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިނާފު ކުރުމުގެ ބަދަލުގައި، އޭރުގެ ޕީޖީ ނިންމީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް އެމައްސަލަ ހުށަހަޅަން ކަމަށާއި، އެގޮތުން ގައްދޫ ކޯޓުގައި އެމައްސަލަ ކުރިއަށްގެންދިޔަ ކަމަށާއި ނަމަވެސް ނިންމުމުގައި ވަނީ އެއީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. ޕީޖީ ޝަމީމު ވިދާޅުވީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމީ، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި، ގާނޫނުއަސާސީއާއި ގާނޫނާ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާތީ ކަމަށެވެ.

ޝަމީމް ވިދާޅުވީ، 149 ކިލޯގެ މަސްތުވާތަކެތީގެ މިމައްސަލާގެ ތަހުގީގުގައި ޖުމްލަ 9 ފުލުހުން ހަރާކާތްތެރިވިއިރު، އޭގެ ތެރެއިން 5 ފުލުހެއް، މ. އުޖާލާގޭގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލް މީޑިއާތަކަށް ހުޅުވާލައިގެން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ޝަމީމު ހާމަކުރައްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް