Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލުމުގެ ފ

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 05:58
ފުލުހުން

ފުލުހުން

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ޢައްޔަނުކުރަންޖެހޭ ދެ މެމްބަރުން ޢައްޔަނުކުރަމަށްޓަކައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެކަން އިޢުލާންކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަގާމަށް އެދޭ ފަރާތްތަކުން މިހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެކަމުގެ ލިޔެކިޔުންތައް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށެވެ.

Advertisement - newsAdvertisement

ޕޮލިސް ބޯޑަކީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބޯޑެކެވެ. އެގޮތުން އެ ޤާނޫނުގެ 75 ވަނަ މާއްދާގައި ވަނީ ކޮމިޝަނަރާއި ޑެޕިޔުޓީ ކޮމިޝަނަރ ޢައްޔަނުކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ. އެބޯޑުގައި ހިމެނެނީ:

- ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ 2 މެމްބަރުން

- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެމްބަރުން

- އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެމްބަރުން

މިބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ 2 މެމްބަރުން ޢައްޔަނުކުރައްވާނީ ވަޒީރުންގެ ލަފާގެ މަތިންނެވެ. އަދި އާންމުކޮށް ހުޅުވާލައިގެން އާންމުންގެ ތެރެއިން ކުރިމަތިލާ 2 މެމްބަރުން ޢައްޔަނުކުރާނީ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ މީހުންނެވެ. އެމަގާމަށް މެމްބަރުން ޢައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއީ 4 އަހަރު ދުވަހަށް ޢައްޔަނުކުރާ ބޯޑެކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު