Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ މުއައްސަސާ އިޞްލާޙުކުރުމުގެ ފަހު މަރުހަލާގައި ތިބެވޭތީ: ރައީސް ނަޝީދު

8 ފެބުރުއަރީ 2021 | ހޯމަ 05:45

އެއަނިޔާގައި ގެއްލުން ލިބުނު އެތައް ބޭފުޅެއްނެއް މިހާރު ތިއްބެވީ ދައުލަތުގެ މަތީ މަގާމުތަކުގައި، ވުޒާރާތައް ހިންގެވުމަށާއި ޤާނޫނު ހަދާ މަޖިލީހުގައި ކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ފެބުރުއަރީ 2021 | ހޯމަ 05:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ފުލުހުންގެ މުއައްސަސާ އިޞްލާޙުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ އެމަސައްކަތުގެ އެންމެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް ހުއްޓޭކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލްގައިވާ ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ޢައްޔަނުކުރަންޖެހޭ ދެ މެމްބަރުން ޢައްޔަނުކުރުމަށްޓަކައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މީގެ 9 އަހަރުން ކުރިން އެމަނިކުފާނުގެ ވެރިކަން ވެއްޓި ހިނގާދިޔަ ކަންތައްތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެކަން އާންމުކޮށް އަންގާ އިޢުލާންކުރަނީ ދިވެހި ފުލުހުން ޖަޒުބާތުގައި ކަމަށް ވިދާޅުވެ ނުކުންނަވާ ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ވަރަށް ބޮޑެތި އަނިޔާ ދިންތާ 9 އަހަރު ވެގެންދިޔަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެއަނިޔާގައި ގެއްލުން ލިބުނު އެތައް ބޭފުޅެއްނެއް މިހާރު ތިއްބެވީ ދައުލަތުގެ މަތީ މަގާމުތަކުގައި، ވުޒާރާތައް ހިންގެވުމަށާއި ޤާނޫނު ހަދާ މަޖިލީހުގައި ކަމަށެވެ. އަދި ފުލުހުންގެ ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް މަޖިލީހުން ކުރީ އެސަބަބަށްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ރައްޔިތުން ރީނދޫ ކުލައަށް ދިނީ އެބަދަލު ގެނައުމަށް ރައްޔިތުން އެދޭތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ޖަލްސާގައި ވާހަކަ ދައްކަވާފައިވާއިރު 7 ފެބްރުއަރީގައި ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ހަނދާންތައް އެމަނިކުފާނު ވަނީ ޅެން ބައިތަކުން އައު ކުރައްވާފައެވެ. 7 ފެބްރުއަރީ ގައި އެމަނިކުފާނުގެ ވެރިކަން ދިވެހި ފުލުހުންނާއި ސިފައިން ނިކުމެ ފުރޮޅާލިތާ 9 އަހަރު ފުރުނު ދުވަހާ ދިމާކޮށް ރައީސް ނަޝީދު ވަނީ ޅެން ބައިތެއް ޓްވީޓް ކުރައްވާފައެވެ.

" ހަނދާންތައް ހިތުގައި ވިކަމުން ގެނުވަނީ ފިލުވޭ ތަދެއް ނޫނޭ،

އަދާ ހަމައަށް މި ޙާލަތު ގެނައުމީ ކުޑަ ކުޑަ ކުށެއް ނޫނޭ،

ޒަމާންތަކަކަށް ވި ޤުރުބާނީ ފަނާވެވި ޖިސްމު އިންސާނީ،

އަމާންކަން ނެއްޓި އުދުވާނީ މައާފް ކުރާ ވަރެއް ނޫނޭ"

7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤުކޮށް، ތަންފީޒުކުރަންޖެހޭ ކަންކަން ބަޔާން ކޮށްފައިވާއިރު، ކޯނީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ނުވުމުން ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން 7 ފެބްރުއަރީގައި ފުލުހުން ނުކުމެ ހިންގި ބަޣާވަތް އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެންނަން ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް