Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިނޮފަރމް ކޮވިޑް-19 ވެކްސިން

60 އަހަރުން މަތީގެ މީހުންނަށް ސިނޮފަރމް ވެކްސިނެއް ނުޖެހޭ

7 ފެބުރުއަރީ 2021 | އާދީއްތަ 18:21

މިވެކްސިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ ދީފައި ނުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 ފެބުރުއަރީ 2021 | އާދީއްތަ 18:21
ޗައިނާގެ ސިނޮފަރމް އިން ވަނީ ކޮވިޑް-19 އަށް ދެ ވެކްސިނެއް އުފައްދާފައި

ޗައިނާގެ ސިނޮފަރމް އިން ވަނީ ކޮވިޑް-19 އަށް ދެ ވެކްސިނެއް އުފައްދާފައި

ޗައިނާގެ ސިނޮފަރމް ކުންފުނީގެ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ނުޖެހޭ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ސިނޮފަރމްގެ ވެކްސިނާއިއެކު ބުދަ ދުވަހު ޕާކިސްތާނުގައި ކޮވިޑް-19އަށް ވެކްސިން ޖަހަން ފަށާފައިވާއިރު، ބުރާސްފަތި ދުވަހު އެގައުމުން ވަނީ ސިނޮފަރމްގެ ވެކްސިން ޖަހަން ރަނގަޅީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް އޮން ހެލްތު ޑރ. ފައިސަލް ސުލްތާން ވިދާޅުވީ މިހާތަނަށް އައިއިރު ވެކްސިނަށް ހުއްދަދިން އެކްސްޕަރޓް ކޮމިޓީން މިވެކްސިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ ދީފައި ނުވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިފޮރަމްގެ ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރެވޭނެކަން ނުވަތަ ނޫންކަން ހާމަކުރާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޗައިނާއިން ޕާކިސްތާނަށް ސިނޮފަރމް ވެކްސިންގެ ބައި މިލިއަން ޑޯޒް ހަދިޔާކޮށްފައިވާއިރު، އެގައުމުގައި ވެކްސިން ޖަހަން ފަށާފައި ވަނީ ހަތަރު ޕްރޮވިންސްގައި އެއްފަހަރާއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެގައުމުގައި ވެކްސިން ދޭއިރު، އެންމެ ފުރަތަމަ އިސްކަން ދޭނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވިދާޅުވެފައެވެ. އެހެން ނަމަވެސް ސިނޮފަރމް ވެކްސިނަކީ އުމުރުނެ 60 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ ނެތް ވެކްސިނެއް ކަމުން އެހެން ވެކްސިނަކަށް އެގައުމުން ޖެހޭނީ މަޑުކުރާށެވެ.

މިހާތަނަށް އައިއިރު، ޕާކިސްތާނުން ވަނީ ސިނޮފަރމްގެ ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ-އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނާއި ރަޝިއާގެ ސްޕަޓްނިކްވީ ބޭނުން ކުރުމުގެ ހުއްދަދީފައެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން އެގައުމަށް އެސްޓްރަޒެނެކާ ވެކްސިންގެ 17 މިލިއަން ޑޯޒް މިއަހަރުގެ ކުރީ ކޮޅު ލިބިގެންދާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޓްރަމްޕް ކުރައްވާ ތާއީދާއި އެމެރިކާގެ ދެއުޅިއެއްނުވާ ސިޔާސަތު

07 ޖެނުއަރީ 2018
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޓްރަމްޕް ކުރައްވާ ތާއީދާއި އެމެރިކާގެ ދެއުޅިއެއްނުވާ ސިޔާސަތު
23 ޑިސެމްބަރު 2017

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

23 ޑިސެމްބަރު 2017
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
22 ޑިސެމްބަރު 2017

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

22 ޑިސެމްބަރު 2017
އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
21 ޖުލައި 2017

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި

21 ޖުލައި 2017
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް