Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ކައުންސިލް އިންތިޚާބު

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

އިންތިޚާބުގެ ފޯރިވަނީ ވަރަށް ގަދަވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޑިސެމްބަރު 2017 | ހުކުރު 05:30
 ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ (ކ)

ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ (ކ)

ލަންކާގައި އަންނަ ފެބްރުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ލަންކާ ސަރުކާރުން ދީފިއެވެ.

ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ ވިދާޅުވީ އިންތިޚާބާ ދިމާކޮށް ނަސްލީ އަދި ދީނީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވާ ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ރަތުނަޔަކަ ވިދާޅުވީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ލަފާގެ މަތިން ފުލުހުން ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ރަތުނަޔަކަ ވިދާޅުވީ އިންތިޚާބަށް ފަހު އެއްވެސް ބައެއްގެ މެދުގައި ހަމަނުޖެހުން އޮވެގެން ނުވާނެ ކަމަށާއި، ހަމަޖެހުމަކީ ލަންކާގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އިން މިއިންތިޚާބުގެ ކެމްޕޭނަކީ ނަމޫނާ ކެމްޕޭނަކަށް ހަދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އިންތިޚާބުގެ ކެމްޕޭން ތިމާވެއްޓާއި ރައްޓެހި ކެމްޕޭނަކަށް ހަދަން ޔޫއެންޕީއިން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ މައިގަނޑު ފަސް ކޯލިޝަނެކެވެ. އެއީ ރައީސް މައިތިރިޕާލާ ސިރިސެނާ ލީޑްކުރައްވާ ފްރީޑަމް ޕާޓީ އާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އާއި، ތަމަޅައިންގެ ވަޠަނީ ޕާޓީ ޓެމިލް ނޭޝަނަލް އެލަޔަންސްގެ އިތުރުން، ޕީޕަލްސް ލިބަރޭޝަން ފްރަންޓް އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަލަށް އުފެއްދެވި ޕާޓީކަމަށްވާ ޕޮޑުޖާނަ ޕެރަމުނައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ކޯލިޝަނެއް ހެއްދެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ސްރީލަންކާ މުސްލިމް ކޮންގްރެސްއާއި، އަޕްކަންޓްރީ ޓެމިލް ޕާޓީސްގެ އިތުރުން ޖޭ.އެޗް.ޔޫ ވާދަކުރާނީ ޔޫއެންޕީ އާއިއެކު ކޯލިޝަން ހަދައިގެންނެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

06 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
27 މެއި 2017

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް