Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ބިލަބޮންގްގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، ސެކަންޑްރީ ގްރޭޑްތަކުގެ ކިޔެވުން މެދުކަނޑާލައިފި

7 ފެބުރުއަރީ 2021 | އާދީއްތަ 06:55

ސެކަންޑްރީ ގްރޭޑްތަކުން ސްކޫލަށް ހާޒިރުވެ ކިޔެވުން ދެ ހަފުތާއަށް ވަނީ މެދުކަނޑާލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ފެބުރުއަރީ 2021 | އާދީއްތަ 06:55
ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، ސެކަންޑްރީ ގްރޭޑްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މި ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ ޓީޗަރު ކިޔަވައިދިން ކްލާހުގެ ކިޔެވުން އާންމު ޙާލަތައް ރުޖޫޢަކުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެއްގެ ދަށުން ނެގި ސާމްޕަލްއަކުންނެވެ.

ބިލަބޮންގްގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވައި ރާއްޖެ އެމްވީއަށް ދެއްވި ބަސްތީގަތުމެއްގައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ، މިގޮތަށް ސާމްޕަލްތަކެއް ނަގަން ނިންމީ ޕޮޒިޓިވްވި ޓީޗަރު ކިޔަވައިދޭ ކްލާހެއްގެ ދަރިވަރަކު ބައްޔަށް ޕޮޒިޓިވްވެ އޮންލައިން ކްލާސްތައް ކުރިއަށްގެންދިއުމަށްފަހު ކިޔެވުން އާންމު ޙާލަތައް ރުޖޫޢަކުރުމަށް ނެގި ސާމްޕަލްއަކުން ކަމަށެވެ.

Advertisement - newsAdvertisement

ދަރިވަރު ޕޮޒިޓިވްވެފައިވަނީ ސްކޫލް މާޙައުލުން ނޫންކަމަށާއި، ގޭތެރެއިން ޑައިރެކްޓް ކޮންޓެކްޓްވެގެން ކަމަށް އިސްމާއިލް ޝާނިމް ވިދާޅުވިއެވެ. މި ކުއްޖާ ޕޮޒިޓިވްވިފަހުން ވެސް އަދި ޓީޗަރު ޕޮޒިޓިވްވުމާއެކު ވެސް ސީދާ ދިމާވެފައިވާމީހުން ނުވަތަ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ ދަރިވަރުންނާއި މުވައްޒަފުން ބައްޔަށް ޓެސްޓްކޮށްފައިވާކަމަށް އިސްމާއިލް ޝާނިމް ވިދާޅުވިއެވެ. ބިލަބޮންގްއިން ދަރިވަރުންނާއި މުއައްޒަފުންގެ ރައްކާތެރިކަން އަބަދުވެސް އިސްކުރާނެކަން ފާހަގަކުރައްވައި އިސްމާއިލް ޝާނިމް ވަނީ، މި ސަބަބައްޓަކައި ސެކަންޑްރީ ގްރޭޑްތަކުން ސްކޫލަށް ހާޒިރުވެ ކިޔެވުން ދެ ހަފުތާއަށް މެދުކަނޑާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިއާއެކު ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 8، 9 އަދި 10ގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފުތާއަށް އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އިސްމާއިލް ޝާނިމް ވިދާޅުވީ ދެ ހަފުތާއަށްފަހު އަލުން ކިޔެވުން އާންމު ޙާލަތައް ރުޖޫޢަކުރާއިރު ދަރިވަރުންނާއި މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރާނެ ކަމަށެވެ. ބިލަބޮންގް ސްކޫލްގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، ސެކަންޑްރީ ގްރޭޑްތަކުގެ ސްކޫލް ބަންދުކޮށްފައިވީނަމަވެސް، އެ ސްކޫލްގެ ގްރޭޑް 1ން 7އާ ދޭތެރޭގެ ގްރޭޑްތަކުގެ ކިޔެވުން ގަވައިދުން ކުރިއަށްދާނެކަމަށް ޝާނިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2020

ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

08 މާރިޗު 2020
ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
07 މާރިޗު 2020

ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

07 މާރިޗު 2020
ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
05 މާރިޗު 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ

05 މާރިޗު 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ
05 މާރިޗު 2020

ރާއްޖޭގައި ކުރި ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވޭ: އެޗްޕީއޭ

05 މާރިޗު 2020
ރާއްޖޭގައި ކުރި ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވޭ: އެޗްޕީއޭ
13 ފެބުރުއަރީ 2020

ސެކަންޑްރީގައި ކިޔަވާ ކުދިންނަށް ގުރުއާން މާއްދާއިން އިމްތިހާން ނުދިނުމަށް ނިންމައިފި

13 ފެބުރުއަރީ 2020
ސެކަންޑްރީގައި ކިޔަވާ ކުދިންނަށް ގުރުއާން މާއްދާއިން އިމްތިހާން ނުދިނުމަށް ނިންމައިފި
23 ޖެނުއަރީ 2020

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

23 ޖެނުއަރީ 2020
އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ
26 ޖުލައި 2019

އާއުސޫލާއެކު އެއްވެސް ލީޑިން ޓީޗަރެއްގެ ވަޒީފާ ނުގެއްލޭނެ: އެޑިޔުކޭޝަން

26 ޖުލައި 2019
އާއުސޫލާއެކު އެއްވެސް ލީޑިން ޓީޗަރެއްގެ ވަޒީފާ ނުގެއްލޭނެ: އެޑިޔުކޭޝަން
05 މެއި 2019

ސިޔާސީ ވާހަކަ ދެއްކި ކަމަށް ބުނެ، ވަކިކުރި ދެ ޓީޗަރެއްގެ ވަޒީފާ އިޔާދަ ކުރަން އަމުރުކޮށްފި

05 މެއި 2019
ސިޔާސީ ވާހަކަ ދެއްކި ކަމަށް ބުނެ، ވަކިކުރި ދެ ޓީޗަރެއްގެ ވަޒީފާ އިޔާދަ ކުރަން އަމުރުކޮށްފި
12 ފެބުރުއަރީ 2019

ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު ސްޓެލްކޯއިން ދެނީ

12 ފެބުރުއަރީ 2019
ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު ސްޓެލްކޯއިން ދެނީ
15 އެޕްރީލު 2017

ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި

15 އެޕްރީލު 2017
ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް