Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2020 | އާދީއްތަ 19:44
ބަތަލާ އައިލެންޑް ރިސޯޓް

ބަތަލާ އައިލެންޑް ރިސޯޓް

ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 2 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބަތަލާ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަކު ކޮވިޑް-19 އަށް ނެގަޓިވް ކަމަށެވެ. އެ ތިން މީހުންނަކީވެސް 3 ބިދޭސީންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން ކަމަށެވެ. އެކަމަކު އެ ދެ މީހުންގެ ވަނަވަރެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ފެނުމާއި އެކު އެ ރަށުގެ ސްޓޭޓަސް އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އަމީން ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އަށް އަމަލުކުރާން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައިވާ އެސްއޯޕީއާ އެއްގޮތަށް މިހާރުން ފެށިގެން އަމަލުކުރަމުންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2020

ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
27 މާރިޗު 2020

ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
18 މާރިޗު 2020

މަތިވެރި، ގިލިލަންކަންފުށި އަދި އަނަންތަރާ ކިހާވަށް ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެ

18 މާރިޗު 2020
މަތިވެރި، ގިލިލަންކަންފުށި އަދި އަނަންތަރާ ކިހާވަށް ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެ
16 މާރިޗު 2020

ހުޅުމާލެއިން ޓެސްޓުކުރި ދިވެހި މީހާ ކޮވިޑް-19 އަށް ނެގެޓިވް

16 މާރިޗު 2020
ހުޅުމާލެއިން ޓެސްޓުކުރި ދިވެހި މީހާ ކޮވިޑް-19 އަށް ނެގެޓިވް
10 މާރިޗު 2020

ބަތަލާއިން އިތުރު 2 މީހަކު އައިސޮލޭޓްކޮށްފި

10 މާރިޗު 2020
ބަތަލާއިން އިތުރު 2 މީހަކު އައިސޮލޭޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު