Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ހިމަބިހި ފެނުނު މީހުންގެ އަދަދު ވަނީ 6 ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖެނުއަރީ 2020 | ބުރާސްފަތި 15:49
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް

ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް

ހިމަބިއްސަށް ބުރާސްފަތި ދުވަހު ޓެސްޓް ކުރި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހު ހިމަބިއްސަށް ޓެސްޓްކޮށްފައިވަނީ 9 މީހަކުކަމަށެވެ. މިއާއެކު ރާއްޖެއިން ހިމަބިހި މިފަހުން ފެނުނު މީހުންގެ އަދަދު މިވަނީ 6 ށް އަރާފަ އެވެ.

މީގެކުރިން ހިމަބިހި ޖެހިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ދެ ކުޑަކުދިންނާއި ބޮޑު މީހަކަށެވެ. އަދި ހޮނިހިރު ދުވަހު އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، މި ބަލި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.

ބަލި ފެނިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ހަށިގަނޑުންނެވެ. އެއަށް ފަހު ހެލްތް މިނިސްޓްރީއާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ދަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަށް ޓެސްޓު ކުރަމުންނެވެ. އަދި ބައްޔަށް ޝައްކުވާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ދަމަނަވެށީގައާއި ސޯޝަލް ސެންޓަރުގައި އަންނަނީ ހިމަބިއްސަށް ވެކްސިން ޖަހައިދެމުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު