Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިޔުކޭޝަން މިނިސްޓްރީ

އާއުސޫލާއެކު އެއްވެސް ލީޑިން ޓީޗަރެއްގެ ވަޒީފާ ނުގެއްލޭނެ: އެޑިޔުކޭޝަން

ލީޑިން ޓީޗަރު ކަމަކީ މާގާމެއް ނޫން، އެއީ މަސްއޫލިއްޔަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2019 | ހުކުރު 13:05
ސްކޫލެއްގެ ޓީޗަރުންތަކެއް

ސްކޫލެއްގެ ޓީޗަރުންތަކެއް

ލީޑިން ޓީޗަރުންގެ ޒިންމާ ބަދަލުކުރުމުގެ އުސޫލުގެ ދަށުން މިހާރު ތިބި އެއްވެސް ލީޑިންގ ޓީޗަރެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ލީޑިންގ ޓީޗަރުންގެ މަގާމު އުވާލާފައިވާ ކަމަށް ބުނެ ބައެއް ޓީޗަރުން ކަންބޮޑުވުންފާޅުކުރަމުންދާތީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިމަހު 07 ގައި އާއްމުކޮށްފައިވާ ''ލީޑިން ޓީޗަރުންގެ ޒިންމާ ބަދަލުކުރުމުގެ އުސޫލު'' އަކީ ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތަކީ 2 އަހަރު ދުވަހުގެ ޓެނުއަރޝިޕްއެއްގެ ގޮތުގައި ކަނޑައަޅައި، ހުރިހާ ސްކޫލެއްގައި ވެސް އެއް ހަމައެއްގައި އެކަން ތަންފީޒު ކުރުމުގެ ބޭނުމުގައި އެކުލަވާލެވުނު އުސޫލެއް ކަމަށެވެ.

އެޑިޔުކޭޝަނުން ބުނީ ލީޑިން ޓީޗަރު ކަމަކީ މާގާމެއް ނޫން ކަމަށާއި، އެއީ ޓީޗަރުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަކަށް، ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް ހަވާލުކުރެވޭ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އަލަށް އަމަލުކުރެވޭ އުސޫލުގެ ދަށުން މިހާރު ތިބި އެއްވެސް ލީޑިންގ ޓީޗަރެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިޔުކޭޝަނުން ބުނީ އަލަށް އަމަލުކުރެވޭ އުސޫލުގެ ދަށުން މިހާރު ތިބި ހުރިހާ ލީޑިންގ ޓީޗަރުން ވެސް އެޓީޗަރަކު ޚާއްސަވެފައިވާ ކިޔަވައިދިނުމުގެ ދާއިރާއިން ސިވިލް ސަރވިސް އޮނިގަނޑުގައި އެމީހަކަށް ދަރަޖަ ކުރެވޭ ޓީޗަރެއްގެ ފަންތީގައި، އެމަގާމަށް 07 ސެޕްޓެންބަރު 2019ގެ ނިޔަލަށް ރުޖޫއަކުރެވޭނެ ކަމަށެވެ. އަދި 31 ޑިސެންބަރު 2019ގެ ނިޔަލަށް މިއުސޫލާ އެއްގޮތަށް ލީޑިންގ ޓީޗަރުންގެ ގޮތުގައި އެސުކޫލަކަށް ކަނޑައެޅޭ އަދަދަށް ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅިމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިމަސައްކަތް ކުރިއަށް ދިޔަ ނަމަވެސް 31 ޑިސެންބަރު 2019ގެ ނިޔަލަށް މިހާރު ތިބި ލީޑިންގ ޓީޗަރުންނަށް މިހާރު ލިބެމުންދާ މަސްއޫލިއްޔަތުގެ އެލަވަންސް ލިބެމުންދާނެ ކަމަށާއި، އަލަށް އައްޔަންކުރެވޭ ލީޑިންގ ޓީޗަރުންނަށް ވެސް ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ކޮންމެ މަހެއްގައި ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ 2020 ވަނަ އަހަރު މިއުސޫލަށް އަމަލުކުރެވިގެންދާއިރު މިހާރެކޭ ވެސް އެއްގޮތަށް އެސުކޫލަކަށް ކަނޑައެޅިފައިވާ އަދަދަށް ލީޑިން ޓީޗަރުން އެސުކޫލެއްގައި ތިބޭނެ ކަމަށާއި، މިއުސޫލުގެ ދަށުން ލީޑިންގ ޓީޗަރުން ނެގުމުގެ މަރުހަލާތައް ކުރިއަށް ގެންދެވޭއިރު މިހާރު ތިބި ލީޑިންގ ޓީޗަރުންނަށް ވެސް ކުރިމަތިލައިގެން ލީޑިންގ ޓީޗަރަކަށްވުމުގެ ވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެކަމަށެވެ.

އޭޑިޔުކޭޝަނުން ބުނީ ލީޑިންގ ޓީޗަރުންނާއި ގުޅިގެން މިހާރު އަމަލުކުރަމުންދާ އުސޫލުން ވެސް ލީޑިންގ ޓީޗަރުންނަކީ 2 އަހަރު ދުވަހުން ބަދަލުވާ ގޮތަށް އައްޔަންކުރެވޭ ބައެއް ނަމަވެސް އެކަން ހުރިހާ ސްކޫލްތަކުގައި އެއް ހަމަޔައަކުން އަމަލުކުރެވެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިއުސޫލާއެކު ހުރިހާ ސްކޫލެއްގައި ވެސް ލީޑިންގ ޓީޗަރުން އައްޔަންކުރުމާއި މަސްއޫލިއްޔަތު ހަވާލުކުރުން އެއްހަމައެއްގައި އަމަލުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިޔުކޭޝަނުން ބުނީ މިއުސޫލު ވުޖޫދު ކުރެވިފައިވަނީ ފުޅާ ދާއިރާއެއްގައި ހުރިހާ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާ ގުޅުންހުރި ފަރާތްތަކާއި، ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާކުރެވި ސްކޫލުތަކުގެ ކިޔަވައިދިނުމުގެ މިންގަނޑުތަކަށް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު