Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރެއް ހައްޔަރުކުރުން

ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި

15 އެޕްރީލު 2017 | ހޮނިހިރު 14:41

ހައްޔަރު ކޮށްފައިވަނީ ސްކޫލް ދަރިވަރަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އެޕްރީލު 2017 | ހޮނިހިރު 14:41
ދ. އަތޮޅު މަދުރަސާ

ދ. އަތޮޅު މަދުރަސާ

ދަރިވަރަކާއެކު ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ދ. މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ހައްޔަރު ކޮށްފިއެވެ.

ދ. އަތޮޅު މަދަރުސާގެ މުވައްޒަފަކު "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެމުން ބުނީ، ދަރިވަރަކާއެކު ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅު މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ބުނީ އެ މައްސަލަ ފެންމަތި ވުމުން އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްގެ އިދާރާއާ ގުޅިގެން އޭނާ މާލެ ފޮނުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ، އެ ޓީޗަރު އެރަށުން ފުރުމަށް ލޯންޗަކަށް އަރައި އިންދާ ކަމަށެވެ.

މައުލޫމާތު ދިން ފަރާތުންބުނީ އެމައްސަލަ ފެންމަތި ވުމާއެކު އެޓީޗަރު އެހެން ދަރިވަރުންތަކަކާއެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވެމުންދާ ކަމަށެވެ.

އޭނާ ބުނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްގެ މެނޭޖްމަންޓުން މިމައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ފުލުހުންނަށް ހުށަހެޅީ ދަރިވަރުން އެފަދަ ކަންކަމުން ސަލާމަތް ކުރުމަށާއި ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށެވެ.

އޭނާ ބުނީ އެ ބިދޭސީ ޓީޗަރު ހައްޔަރު ކުރުމަށްފަހު، ތިން ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތުދިން ފަރާތުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ، ކުޑަ ކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީ ޓީޗަރެއް ހައްޔަރުކޮށް، ތިންދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދީފައެވެ.

މިމައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް