Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރކިޓް ކޯޓް

ސަރކިޓް ކޯޓަކީ ކޮބާ؟

6 ފެބުރުއަރީ 2021 | ހޮނިހިރު 06:34

އިންސާފު ބޭނުންވާ މީހާއާ ހަމަޔަށް ނާއިބު ބޭކަލުން ވަޑައިގަތުމަކީ ދިވެހިން ކޮށްފައިވާ ތަޖުރިބާއެއް

އިމާދު ލަތީފް
އިމާދު ލަތީފް | 6 ފެބުރުއަރީ 2021 | ހޮނިހިރު 06:34
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ބަޔާން އިއްވަވަނީ: ސަރކިޓް ކޯޓު ގާއިމުކުރުމާއިބެހޭ ބިލު މިއަހަރު މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ބަޔާން އިއްވަވަނީ: ސަރކިޓް ކޯޓު ގާއިމުކުރުމާއިބެހޭ ބިލު މިއަހަރު މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވި

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރާއްޖޭގައި ވަރަށް އަވަހަށް ސާކިޓް ކޯޓް ގާއިމްކުރަން ގަސްދުކުރައްވާ ވާހަކަފުޅުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދައިންނެވެ. "މީގެ ދެ އަހަރު ކުރީން އަޅުގަޑުމެން ވެރިކަމާ ހަވާލުވިއިރު އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތެވެ. ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެއަހަރު ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފިއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމަޔަށް މިހާރު އެބައޮތެވެ. ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ލިބޭނޭ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި ސަރކިޓް ކޯޓު ތައާރަފްކުރުމަށް ބޭނުންވާ ގާނޫނުގެ ބިލް އެކުލަވާލައި މިއަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށައަޅަން އަޅުގަޑު ގަސްދުކުރަމެވެ."

ސަރކިޓް ކޯޓަކީ ކޮބައިބާވައެވެ. މިނަން ފެށިފައިއޮތީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސި ތަޚުތުގައި ކިންގް ހެންރީ ދެވަނަ މީގެ އަށްސަތޭކަ އެތައް އަހަރެއްކުރީން ރެދަލި ކުރެއްވި ޒަމާނުގައި ޝަރުއީ ނިޒާމަށް ވަރަށް ބޮޑު އިންގިލާބެއް ގެންނެވިއެވެ. އަދުލު އިންސާފު ލިބިގަތުމަށްޓަކައި ރަށްފުށުގެ ދެރަވަރު ބައިމަދު ހިސާބުތަކުގެ ނިކަމެތި ރައްޔިތުން ދަތުރު ހަދައިގެން ވެރިރަށް ލަންޑަނަށް އައުމުގެ އުސޫލު ބަދަލުކުރައްވައި ކޮންމެ އަހަރަކުވެސް ވަކިދުވަސްވަރެއްގައި ފަނޑިޔާރުން ރައްޔިތުންގެ ކައިރިއަށް އަދި މައްސަލަތައް އުފެދޭ ސަރަހައްދުތަކަށް ވަޑައިގެން މައްސަލަތައް ބައްލަވައި ނިޔާއިއްވަވައި އިންސާފުގެ ކަށަވަރުކަން ހޯއްދަވައިދެއްވިއެވެ.

ފަނޑިޔާރުން ވަޑައިގަންނަވާނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ހިމެނޭ އަވަށްތަކަށް ބުރުހަމަވާ އުސޫލުންނެވެ. އެގޮތަށް ވަޑައިގެންފައި އިސްކަން ދެއްވަނީ އެއަވަށްއަވަށުގައި ނުނިމި ދިގުލައިގެން ގޮސްފައި ހުންނަ މައްސަލަތައް ބެއްލެވުމަށެވެ. އަވަށުގެ ވެރިމީހާޔާއި އޭނާގެ އާއިލާގެ މަސްލަހަތު ހިމެނޭ ކަންކަމާއި ސަރަހައްދީ ފަނޑިޔާރު މީހާގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަންފަދަ އިންސާފު ގާއިމުކުރުމުގައި ހުރަސްއެޅި ލަސްވާ މައްސަލަތައް ލަންޑަނުން ވަޑައިގަންނަވާ ފަޑިޔާރުން ވަރަށް އަވަހަށް ބައްލަވައެވެ. މިގޮތަށް ވަކި ދުވަސްވަރެއްގައި ވަކި ސަރަހައްދުތަކަކަށް ބުރުހަމަވާ އުސޫލުން ފަޑިޔާރުން ވަޑައިގަންނަވާ ވަޑައިގެންނެވުމާއި ބާއްވަވާ ޝަރުއީ ދަރުބާރު މަޝްހޫރުވެގެންދިޔައީ ސަރކިޓް ކޯޓުގެ ނަމުންނެވެ. ސަރކިޓެއްގެ ތެރެއިން އިންސާފު ލިބިދެވޭ ނިޒާމަކަށްވީމައެވެ.

ސަރކިޓް ކޯޓެކޭ ނުކިޔަސް މިރާއްޖޭގައިވެސް މިއުސޫލާ ކައިރިކުރާ ގޮތަކަށް ތަންކޮޅެއްކުރީގައި ނިޒާމެއް އޮތެވެ. އެޔަށް ކިޔަނީ މާލެއިން ޝަރުއީވަފުދު ވަޑައިގަތުމެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ޒަމާނުން ފެށިގެން މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ މެދަކާ ހަމަޔަށްވެސް އަތޮޅުތެރެއަށް ދޭތެރެދޭތެރެއިން ޝަރުއީ ވަފުދުތައް ގޮސްގެން ނުނިމި ދިގުލައިގެންދާ މައްސަލަތައް ބެލުމާއި ނިޔާއިއްވުން އޮވެއެވެ. މާލޭގައި ހުންނަ މަރުކަޒީ ބޮޑު ފަޑިޔާރުގެޔާއި ހަމަޔަށް ފޮނުވާންޖެހޭ މައްސަލަތައް ފޮނުވުންވެސް އޮވެއެވެ. ކޮންމެވެސް ސަބަބުތަކަކާލައިގެން ފަހަކަށްއައިސް މިކަން ހުއްޓިފައިވަނީއެވެ. ނުވަތަ މިޒަމާނުގައި މިފަދަ ނިޒާމަކަށް ބޭނުންވާ ހަރުދަނާ އޮނިގަޑެއް ނުރޭވިގެން ނިމުމަކަށް އައީއެވެ.

އިންސާފު ބޭނުންވާ މީހާ ހުރިހިސާބަށް އަދި އިންސާފު ގާއިމުކުރުމުގައި ހުރަސްތައް ކުރިމަތިވެފައިވާ ހިސާބަށް ޝަރުއީ ވަފުދުތައް ދިޔުމުގެ ތަޖުރިބާއަކީ މިދެންނެވިހެން ކޮންމެވެސް ސިފައެއްގައި ދިވެހިން ކޮށްފައިވާ ތަޖުރިބާއެކެވެ. މަސްހުނި ނަތީޖާތަކެއްވެސް ފެނިގެންގޮސްފައިވާ ކަމެކެވެ. ކުރީޒަމާނުގައި ޝަރުއީކަންތައްތައް ބަލަހައްޓާ ވުޒާރާއެއް ހުރެއެވެ. އޭގެކުރީގައި ހުރީ ފަޑިޔާރު ގެއެކެވެ. ޝަރުއީ ވަފުދުތައް އަތޮޅުތެރެއަށް ފޮނުވުމަކީ އުއްތަމަ ފަނޑިޔާރު ނޫނީ ޝަރުއީ ކަންތައް ބަލަހައްޓާ ވުޒާރާގެ ވެރިޔާ ކުރައްވާ ކަމެކެވެ. އެވުޒާރާއަށް އާއްމުގޮތެއްގައި ކިޔަނީ ޝަރުއިއްޔާއެވެ. އެތާގައި ވަކި ކޯޓުތަކަކަށް އައްޔަން ކުރެވިފައިނުވާ ނާއިބުބޭކަލުން ތިއްބަވައެވެ. ވަރަށް ސީނިއަރ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވާގޮތުގެ މަތީންނެވެ. ޝައިޚު އަލީ ހުސައިންދީދީ އާއި އަބްދު ﷲ ޒުހުރީފަދަ ބޭފުޅުންވެސް އެއްދުވަސްވަރެއްގައި މިދެންނެވި ތަނުގެ ނާއިބު ބޭކަލުންގެ ގޮތުގައި ތިއްބެވިއެވެ. އަތޮޅުތެރެޔަށް ވަޑައިގަންނަވަނީ އެބޭފުޅުންނެވެ.

ޝަރުއީ ވަފުދު އަތޮޅުތެރެޔަށް ވަޑައިގެން ބައްލަވާ މައްސަލަތަކުގެ ތެރެއިން ބައެއް ކަހަލަ ބޮޑެތި މައްސަލަތައް މާލޭގައި ގާއިމުކުރެވިފައިވާ ފަނޑިޔާރުގެޔާ ހަމަޔަށްވެސް ފޮނުއްވައެވެ. އެގޮތަށް ފޮނުއްވައިގެން މާލޭގައި ނިޔާއިއްވަވަނީ ޝަރުއީ ވަފުދުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރު ނޫން އެހެން ކޮންމެވެސް ފަނޑިޔާރެކެވެ. އެކަމަކު މިނޫންގޮތަށްވެސް ބައެއްފަހަރު އަމަލުކުރެވިފައިހުރެއެވެ. މީގެ އެއްމިސާލަކީ މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ހުވަދުއަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަވަހާރަކޮށްލަން ވިހަދިންކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ހިންގުނު ތަހުގީގާއި ސަރިޔަތެވެ. މިމައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޖަލާލުއްދީނާއެކު ސީދާ މުހައްމަދު އަމީނު ހުވަދުއަތޮޅަށް ވަޑައިގެންނެވެ. މީގެތެރެއިން ބައެއް މީހުންގެ މައްސަލަ މާލޭގައި އަނެއްކާވެސް ކުރިއަށް ގެންދެވީ ޖަލާލުއްދީނެވެ.

ކޮންމެއަކަސް ޝަރުއީ ވަފުދުތައް އަތޮޅުތެރެޔަށް ފޮނުވުމުގެ އުސޫލަކީ އިންސާފު ގާއިމުކުރުމުގައި ހުރަސްއެޅޭ ކަންތައް ދެނެގަނެ މައްސަލަޔާއި ވީހާވެސް ގާތުގައި ތިބެގެން އިންސާފު ގާއިމުކުރުމުގެ ބޭނުމުގައި އަމަލުކުރެވުނު އުސޫލެކެވެ. މަގްސަދަކީ އިންސާފު ގާއިމުކުރުމެވެ. ނިޔާ އަވަސްކުރުމެވެ. ހަމަހަމަކަން ގާއިމްކުރުމެވެ. އެޒަމާނަށް ބަލާއިރު އެކަންއޮތީ އެދުވަސްވަރު ދައުލަތަށް ބޭނުންވާ މިންވަރަށް ކުރެވިފައިކަމަށް ގަބޫލުކުރަންޖެހެއެވެ. އެކަމަކު އެއީ އެޒަމާނެވެ. މިއީ އެހެން ޒަމާނެކެވެ. އިންސާފު ގާއިމުކުރުމުގެ ކަންކަން އަވަސްކޮށް ޝަރުއީ ނިޒާމާ ދޭތެރޭ ރައްޔިތުންގެ އިތުބާރު އިތުރުކޮށް އިންސާފަކީ ވަކި ފަންތިއެއް ވަކި ޖިންސެއް ވަކި އުމުރެއް އިސްތިސްނާނުކޮށް އެންމެނަށްވެސް ކަށަވަރު އެއްޗަކަށް ހެދުމުގައި މިޒަމާނުގައި ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފާތެވެ. އެޒަމާނުގައި އެކަންކުރީ ދައުލަތް ހިންގާންތިބޭ ބަޔަކަށް ރުހެވޭ މިންވަރަށެވެ. މިޒަމާނުގައި އެއީ ރައްޔިތުން ރުހޭ މިންވަރަށް ކުރަން ލާޒިމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ އިންސާފު ގާއިމުކުރުމުގެ ވައުދާއެކުގައެވެ. ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ ވައުދާއެކުގައެވެ. ރާއްޖޭގައި ވެރިކަން ކުރައްވާ ބައެއް ބޭފުޅުން ފަނޑިޔާރުގެޔަށް އުނދުޅި ބޭނުއްވުމުގެ އާދަ ގެންގުޅުއްވާފައިވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވާނޭ ކަމުގެ ވައުދާއެކުގައެވެ. އެކިއެކި ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމަޔަށް ވެސް އޮންނާނޭ ގޮތް ގާއިމްކޮށްދިނުމުގެ ވައުދާއެކުގައެވެ. އެހެންވީމާ ޝަރުއީ މަރުހަލާ އަވަސްކޮށް އިންސާފު ކަށަވަރުކުރުމަށްޓަކައި އިންސާފު ބޭނުންވާ މީހާ ހުރިހިސާބަކަށް އިންސާފު ގެންދެވޭނޭ ގޮތުގެ މަތިން ސަރކިޓް ކޯޓު ތައާރަފްކުރުމަށް އެމަނިކުފާނު ގަސްދު ކުރެއްވީއެވެ. ރާއްޖޭގެ ތަޖުރިބާޔާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ވެސް ރިއާޔަތް ކުރައްވައިގެންނެވެ. މިކަމަކީ އަދުލުއިންސާފުގެ ދުވެލި ހަލުވިކުރުމަށްޓަކައި މިހިނދަށް ކޮންމެހެން ވެސް ކުރާންޖެހޭ މުހިއްމު ކަމެއްކަމުގައި އެމަނިކުފާނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ވެރީންނަށް ފެނިވަޑައިގެންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް