Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮންޓްރެކްޓް ފަރމިން

ކޮންޓްރެކްޓް ފާރމިންގެ އަމަލީ މަސައްކަތް ލ އަތޮޅުގައި ފަށައިފި

6 ފެބުރުއަރީ 2021 | ހޮނިހިރު 06:35

ކޮންޓްރެކްޓް ފަރމިންގެ ފުރުސަތު 17 ރަށެއްގައި މިހާތަނަށް ވަނީ ހުޅުވާލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 6 ފެބުރުއަރީ 2021 | ހޮނިހިރު 06:35
ކޮންޓްރެކްޓް ފާމިންގް މަޝްރޫޢުގެ ތެރެއިން

ކޮންޓްރެކްޓް ފާމިންގް މަޝްރޫޢުގެ ތެރެއިން

ކޮންޓްރެކްޓް ފާރމިންގެ އަމަލީ މަސައްކަތް ލ އަތޮޅުގައި ފަށައިފިއެވެ.

މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫއެކެވެ. ކޮންޓްރެކްޓް ފަރމިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ފުރުސަތު ހުޅުވާލާފައިވަނީ ލ އަތޮޅަށް އެކަންޏެވެ. އެގްރޯނެޓުން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ލ. ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާއެކުގައެވެ. އެހެންނަމަވެސް، އޭގެ ފަހުން ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވައްމުލަށް އަދި ސ. މީދޫގައިވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށް މަސައްކަތް ހިންގާ އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ކުރި ޓުވީޓެއްގައި ވަނީ ކޮންޓްރެކްޓް ފަރމިންގެ އަމަލީ މަސައްކަތް ލ އަތޮޅުގައި ފަށައިފައިވާކަން ހާމަކޮށްފައެވެ. މި މަސައްކަތުގެ ދަށުން މިހާރު މިރަށްރަށުގައި ގަސް ހައްދަން ގްރީން ހައުސްތައް ޤާއިމުކޮށް މެލަން ހައްދަން ފަށާފައިވާކަން އެގްރޯނެޓުން ހާމަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަސައްކަތް ފުޅާކޮށް ގިނަ ބާވަތްތަކެއްގެ ކާނާ އުފައްދަން ތައްޔާރުވެފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. ލ. އަތޮޅުގެ 400 އެއްހާ ރައްޔިތުން މިހާރުވެސް މި މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެގްރޯނެޓުން ހާމަކުރެއެވެ.

ކޮންޓްރެކްޓް ފާމިންގގެ އުސޫލުން 45 ރަށެއްގެ ދަނޑުވެރިންނާއެކު ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭ އެއްބަސްވުން ޤާއިމްކުރައްވާނެކަމަށް މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަންކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢޫ ފަށާފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ސަރުކާރުން އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މަޢުލޫމާތުދެއެވެ.

އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ. ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށްޓަކައި އެގްރޯނެޓަށް ސަރުކާރުން ދީފައިވާ 3 ފަޅުރަށުގައިވެސް ކުރިއަށްގެންދާނީ ފާމިންގެ މަސައްކަތްކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް