Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން

މިހާރުވެސް ކުޅިވަރުގެ ދާއިރާއަށް ވާނީ އިންޤިލާބީ ބަދަލެއް ގެނެސްފައި: މަޙްލޫފް

4 ފެބުރުއަރީ 2021 | ބުރާސްފަތި 14:11

ތާރީޚުގައިވެސް ނުދެކޭ ތަރައްޤީ ކުޅިވަރަށް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ފެބުރުއަރީ 2021 | ބުރާސްފަތި 14:11
ރާއްޖެޓީވީގެ ކަވަރޭޖުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނިކޮށް

ރާއްޖެޓީވީގެ ކަވަރޭޖުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވާހަކަދައްކަވަނިކޮށް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، މިހާރުވެސް ކުޅިވަރުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސް ޞާލިޙުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުމާ ގުޅިގެން، ބުރާސްފަތި ދުވަހު ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ފުރަބަންދުގެ ތެރޭގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ބަޔާނެއް ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ފުން ވާހަކަތަކެއް ހިމެނިފައިވުމަކީ، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސް ބައްލަވައިވަޑައިގެންނެވި ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމެއް ހާސިލުކުރުމުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވާ ބޭފުޅަކީވެސް ރައީސް ޞާލިޙު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ރޭވިފައިވާ މަޝްރޫޢުތައް ނިމިގެންދާއިރު، ތާރީޚުގައިވެސް ނުލިބޭ ވަރުގެ ބޮޑު އިންޤިލާބެއް ކުޅިވަރަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޙަޤީޤަތަކީ މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު، މިހާރުވެސް ކުޅިވަރުގެ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމެވެ. އަދި އެކަން ކުޅިވަރުގެ އާއިލާގައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ސާފުކޮށް ފެނިވަޑައިގެންނަވާނެ ކަމަށްވެސް ވިދާޅިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުޅިވަރުގެ ދާއިރާއަށް މި ގެނެވުނު އިންޤިލާބަކީ މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސިޔާސީ އެއްވެސް ތަފާތުކުރުމެއް ނެތި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވިއިރު، އެންމެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގައި މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށެވެ. އެގޮތުން ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ 58 ފުޓްސަލް ދަނޑު ގާއިމުކޮށްފައެވެ.

އަދި ފާއިތުވި އަހަރެއްހާ ދުވަހު ސަރުކާރުން ކުރި މަސައްކަތްތަކަށް ބަލާއިރު ޓޭބަލް ޓެނިހާއި، ޕޫލް ބިލިއާޑަށް ހުޅުމާލޭގައި އިތުރު ވަސީލަތެއް ހަމަޖައްސައިދިނުމާއި، މާލޭ ކުޅިވަރު އެކުވެނީގައި ސިންތެޓިކް ޓްރެކެއް އެޅުންވެސް ހިމެނެއެވެ. އަދި ނެޓްބޯޅަ އާއި ހޭންޑްބޯޅަ އަދި ވޮލީބޯޅައަށް އައު ވަސީލަތްތަކެއް އަޅައިދިނުމުގެ މަސައްކަތްވެސް ހަމަޖައްސައިދިނެވެ. އަދި ދާދި ފަހުން ވަނީ މާލޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމަށް ބިންވެސް ހަވާލުކޮށްފައެވެ.

އަދި ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ހިމެނޭއިރު، މީގެ ކުރިން ވަނީ މިދިޔަ އަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށްވެސް ނިންމާފައެވެ. އެކަމަކު ކޮވިޑާއެކު އެ މުބާރާތްތައް މި އަހަރަށް ފަސްވެފައިވާއިރު، ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބަކީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ގެއްލުމެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

04 ޖުލައި 2018

ކަވާނީ ނެތްތަން އުރުގުއޭއިން ނުދައްކާނެ: ސުއަރޭޒް

04 ޖުލައި 2018
ކަވާނީ ނެތްތަން އުރުގުއޭއިން ނުދައްކާނެ: ސުއަރޭޒް
06 ޖޫން 2018

ފެވަރިޓުންނަކީ ބްރެޒިލް، ތަރިއަކަށް ވާނީ ނޭމާ

06 ޖޫން 2018
ފެވަރިޓުންނަކީ ބްރެޒިލް، ތަރިއަކަށް ވާނީ ނޭމާ
31 މެއި 2018

ޖެރާޑްގެ ފަހަތުން ލަމްޕާޑް ވެސް ކޯޗިން ދާއިރާއަށް

31 މެއި 2018
ޖެރާޑްގެ ފަހަތުން ލަމްޕާޑް ވެސް ކޯޗިން ދާއިރާއަށް
17 ފެބުރުއަރީ 2018

ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ

17 ފެބުރުއަރީ 2018
ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ
28 ޖެނުއަރީ 2018

ފްރެންޗް ލީގު: ކަވާނީގެ ރެކޯޑު ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް

28 ޖެނުއަރީ 2018
ފްރެންޗް ލީގު: ކަވާނީގެ ރެކޯޑު ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް
05 ނޮވެމްބަރު 2017

ކަވާނީގެ 100 ވަނަ ލަނޑާއެކު، ޕީއެސްޖީ އަށް ތަފާތު ބޮޑު މޮޅެއް

05 ނޮވެމްބަރު 2017
ކަވާނީގެ 100 ވަނަ ލަނޑާއެކު، ޕީއެސްޖީ އަށް ތަފާތު ބޮޑު މޮޅެއް
28 އޮކްޓޯބަރު 2017

ފްރެންޗް ލީގު: ކަވާނީގެ ދެ ލަނޑާއެކު ޕީއެސްޖީ ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފި

28 އޮކްޓޯބަރު 2017
ފްރެންޗް ލީގު: ކަވާނީގެ ދެ ލަނޑާއެކު ޕީއެސްޖީ ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފި
23 އޮކްޓޯބަރު 2017

ފްރެންޗް ލީގު: ކަވާނީގެ ލަނޑުން މާސޭ އަތުން ޕީއެސްޖީ ސަލާމަތްވެއްޖެ

23 އޮކްޓޯބަރު 2017
ފްރެންޗް ލީގު: ކަވާނީގެ ލަނޑުން މާސޭ އަތުން ޕީއެސްޖީ ސަލާމަތްވެއްޖެ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް