Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ފްރެންޗް ލީގު: ކަވާނީގެ ލަނޑުން މާސޭ އަތުން ޕީއެސްޖީ ސަލާމަތްވެއްޖެ

ޕީއެސްޖީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިނުވޭ

ލީވާން އަލީ
ލީވާން އަލީ | 23 އޮކްޓޯބަރު 2017 | ހޯމަ 07:10
 ފްރެންޗް ލީގުގައި މާސޭ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި މާސޭ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ފަހުވަގުތު އެޑިންސަން ކަވާނީ ކާމިޔާބުކުރި ލަނޑުން އޮލިމްޕިކް މާސޭ އަތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިނުވެ ސަލަމާތްވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޕީއެސްޖީ އަދި މާސޭ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ލިޔޯން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޕީއެސްޖީއެވެ. އެގޮތުން އެޓީމުންދިޔައީ މާސޭގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ.

އެހެންނަމަވެސް ޕީއެސްޖީން ރަނގަޅަށް ކުޅެމުންދަނިކޮށް 16 ވަނަ މިނެޓުގައި މާސޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރީ ލުއިސް ގުސްޓާވޯއެވެ.

މި ލަނޑަށްފަހު ޕީއެސްޖީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ނޭމާ އަދި ކަވާނީ ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 33 ވަނަ މިނެޓުގައި ރަބިއޮޓްގެ އެހީތެރިކަމާއެކު ނޭމާ ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މާސޭ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 80 ވަނަ މިނެޓުގައި ތައުވިން ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާއެކު ޕީއެސްޖީގެ މަސައްކަތް އިތުރުވިއެވެ. ޕީއެސްޖީއަށް އިތުރު ހުރަސްތަކާ ކުރިމަތިވީ 88 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ނޭމާ އަށް ދެވަނަ ރީނދޫ ކާޑު ދައްކާ ރަތް ކާޑެއް ދެއްކުމަށްފަހު ދަނޑުން ފޮނުވާލުމުންނެވެ.

އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގައި ކަވާނީ ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕީއެސްޖީއަށް ފަހުވަގުތު ލިބުނު ހިލޭ ޖެހުން އެއްފަހަރުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު 10 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޕީއެސްޖީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިނުވެއެވެ. މާސޭ އޮތީ ކުޅުނު ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. ދެވަނައިގައި 22 ޕޮއިންޓާއެކު އޮތީ މޮނާކޯއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު