Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

ފެވަރިޓުންނަކީ ބްރެޒިލް، ތަރިއަކަށް ވާނީ ނޭމާ

6 ޖޫން 2018 | ބުދަ 20:32

މިއަހަރުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބްރެޒިލް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޖޫން 2018 | ބުދަ 20:32
ބްރެޒިލްގެ ޖާޒީގައި ނޭމާ

ބްރެޒިލްގެ ޖާޒީގައި ނޭމާ

އަންނަ ހަފްތާގެ ހުކުރު ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ބްރެޒިލް ކަމަށާއި އަދި ވޯލްޑް ކަޕްގައި އެންމެ ވިދުން ގަދަ ތަރިޔަކަށް ވެގެންދާނީ ނޭމާ ކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން 2-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެ ވޯލްޑް ކަޕްގެ ތަށި ފަސްވަނަ ފަހަރަށް އުފުލާލިއިރު އެޓީމުގެ ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ނުކުންނާނީ މީގެ ހަތަރު އަހަރު ކުރިން 7-1 އިން ޖަރުމަނު އަތުން ސެމީ ފައިނަލުގައި ބަލިވި ހަނދާންތައް ނައްތާލުމަށެވެ. ބާސެލޯނާ އަދި އޭސީ މިލާންގެ ކުރީގެ ފޯވާޑް ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ފެވަރިޓުންނަކީ ބްރެޒިލްއެވެ.

އޮމްނިސްޕޯޓާއި ވާހަކަ ދައްކަމުން ރިވާލްޑޯ ބުނީ މިއަހަރުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބްރެޒިލް ކަމަށާއި އެހެންކަމުން އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ބްރެޒިލްއަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ބްރެޒިލްގެ ޓީމުގައި ފުރިހަމަ ވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ރިވާލްޑޯ ބުނެފައިވެއެވެ. އޭނާ ބުނީ ބްރެޒިލްގެ އިތުރުން ފްރާންސާއި އާޖެންޓީނާ އަދި ސްޕެއިންގެ އިތުރުން ޖަރުމަނު ވެސް އޭގެތެރޭގައި ގުނަން ޖެހޭ ކަމަށެވެ.

ރިވާލްޑޯ ބުނީ ނޭމާއަށް ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމުން ދައްކުވައިދެނީ އޭނާއަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ކަން ކަމަށެވެ. ހަމައެކަނި ނޭމާ ކުޅެގެން ތަށި ނުލިބޭނެ ކަމަށާއި ތަށި ހޯދަން ބޭނުންވާނަމަ ނޭމާ ފެންވަރުގައި ސްކޮޑްގެ ހުރިހާ ކުޅުންތެރިން ވެސް ކުޅެން ޖެހޭ ކަމަށް ރިވާލްޑޯ ބުނެފައިވެއެވެ. ޕްރެޝަރު އޮތުމަކީ ރަނގަޅަށް ކުޅުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ތަޖުރިބާގެ އަލީގައި ރިވާލްޑޯ ބުނެފައިވެއެވެ.

އަނިޔާއެއްގެ ސަބަބުން ވޯލްޑް ކަޕް ގެއްލުމުގެ ބިރު ނޭމާއަށް އޮތް ނަމަވެސް އޭނާ ވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށް ބްރެޒިލް އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ. ރިވާލްޑޯ ބުނީ އުމުރުން 26 އަހަރުވުމާއެކު ދަށް ކުޅުމެއް ކުޅެން ބޭނުންނުވާނެ ކަމަށާއި ސަޕޯޓަރުންގެ ސަޕޯޓާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ނޭމާ ތަފާތު ދައްކާނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.

ބްރެޒިލް މިހާރު ރޭންކް ކުރެވިފައި އޮތީ ޖަރުމަނުގެ ފަހަތުން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައެވެ. ބްރެޒިލްއަކީ ފަސް ތަށްޓާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބް ޓީމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް