Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން 2021

ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްޠީނަށް ސަފީރަކު ޢައްޔަންކުރަނީ

4 ފެބުރުއަރީ 2021 | ބުރާސްފަތި 07:24

ފަލަސްތީނަށް ޢައްޔަންކުރަނީ ނޮން ރެސިޑެންޓް ސަފީރެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 4 ފެބުރުއަރީ 2021 | ބުރާސްފަތި 07:24
ފަލަސްތީންގެ ރައްޔިތުން މުޒާހަރާކުރަނީ

ފަލަސްތީންގެ ރައްޔިތުން މުޒާހަރާކުރަނީ

ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްޠީނަށް ސަފީރަކު ޢައްޔަން ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ރައީސް ވަނީ ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން - ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި ޢައްޔަންކުރުމަށް ޤަޞްދުކުރާ ވާހަކަ ވެސް ހާމަކުރައްވާފައެވެ. މިއާއެކު ދެ ޤައުމުގެ ގުޅުން ބަދަހިވެ ރާއްޖެއިން ފަލަސްތީންގެ ހައްޤުގައި ކުރާ މަސައްކަތްތައް އިތުރުވެގެންދާނެއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް މެދުނުކެނޑި ވަކާލާތުކުރަމުންދާ ޤައުމެކެވެ. އެގޮތުން 1967 ވަނަ އަހަރު ކުރެހުނު ސަރަޙައްދީ އިމުގެ މައްޗަށް ބިނާވެގެންވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވި، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ވާން ޖެހޭކަމަށާއި، އިޒްރޭލުން ފޭރުނު ބިންތަކަށް ފަލަސްތީނުގެ ރެފިއުޖީންނަށް އަނބުރާ އާދެވެން ޖެހޭކަމަށް ދިވެހިރާއްޖެއިން ދަނީ ވަކާލާތުކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެކި ފަހަރުމަތިން ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ގޮވައިލާފައެވެ. ރައީސް ވަނީ އަމަންއަމާންކަމާއި، އިންސާފު ޤާއިމުކޮށް، މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއެކު ދެމިތިބޭނެކަމަށް ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައިވާ ހިތްދަތިކަމާއި ދިރިއުޅެމުންދާ ދަތި އުނދަގޫ ޙާލަތު ބަދަލުކޮށް، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ރައީސް ވަނީ އެކި ފަހަރުމަތިން ތަކުރާރުކުރައްވާފައެވެ. ރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަން ދަޢުލަތުގެ ވެރި ރަށަކީ އިރުމަތީ ޤުދުސްކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ތަކުރާރުކުރައްވާފައެވެ.

ރާއްޖެއިން ފަލަސްތީނަށް އަލަށް ސަފީރަކު ޢައްޔަންކުރަން މަސައްކަތްކުރަމުންދާއިރު، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މިހާރު ހުންނެވީ ވަލީދު އަބޫ އަލީއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް