Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިޙުގެ 3 ވަނަ ރިޔާސީ ބަޔާން

"މުޖްތަމަޢު ބައިބައި ކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ"

ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2021 | ބުރާސްފަތި 05:51
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބުރާސްފަތި ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބުރާސްފަތި ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ

މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށެވެ. އެގޮތުން ދިވެހިންގެ ހިތްތަކުގައި اللهގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ކަމަކީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް ކަމަށެވެ.

ރައީސް ވިދާޅުވީ، އިސްލާމް ދީނުގެ މަތިވެރި އިޖްތިމާޢީ އުޞޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށެވެ. އަދި މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމާއި، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ހަރުކަށި ފިކުރު ފަތުރައި ޕްރޮމޯޓް ކުރުން ހުއްޓުވުމަށް މާފުށި ޖަލުގައި ޤާއިމު ކުރި "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ބުދަ ދުވަހު ވަނީ ހުޅުވާފައެވެ. އެގޮތުން ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުން އެފަދަ ކުއްވެރިން އެތަނަށް ބަދަލުކުރެވި އެމީހުންނަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގި އެމަސައްކަތް ފެށިގެން ދިއުމުން ޖުމްލަ ގޮތެއްގައި ޖަލުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓޭނެކަން ސަަރުކާރުން ފާހަގަ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު