Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއިން ރަށަށް ބަދަލުވުން

މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ދަފުތަރުވުމުގެ ފުރުޞަތު ހުޅުވައިލައިފި

3 ފެބުރުއަރީ 2021 | ބުދަ 10:35

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް މެދުވެރިކޮށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 3 ފެބުރުއަރީ 2021 | ބުދަ 10:35
މާލޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ

މާލޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ

އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރި އިޢުލާނެއްގައި ވަނީ ބައިވެރިވެވޭނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ޚާއްޞަކުރެވިފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅައިގެންކަމަށެވެ. މި ފޯމު އެ މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ވަނީ، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ވެސް ގެޒެޓްކޮށްފައެވެ.

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކުރުމާއެކު، މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި ބަލަހައްޓަން ޖެހޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފޯމް ހުށަހަޅަން ޖެހޭނީ އެހީ ބޭނުންވާ މީހާއެވެ. އާއިލާއަކުން ހުށަހަޅާނަމަ ފޯމު ހުށަހަޅާނީ އާއިލާ ތަމުސީލުކުރާ ފަރާތުން އެކަންޏެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ފުރިހަމަވާ ދުވަހުން ފެށިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެހީއަށް އެދި ހުށަހަޅާ ފަރާތަށް އެހީ ލިބޭކަން ނުވަތަ ނޫންކަން ޖެންޑަރ މިނިސްޓްރީން އަންގަންވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ލިޔެކިޔުން ހަމަނުވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަމަކޮށް އަލުން ހުށަހެޅުމަށް އެންގުމަށްފަހު ލިޔެކިޔުންތައް މި މުއްދަތުގައި ވެސް ހަމަކޮށް ހުށަނާޅައިފިނަމަ އެ ފޯމު ބާޠިލުވާނެއެވެ. އެހެންނަމަވެސް، ބާޠިލުކުރެވޭ ފޯމު އަލުންް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ފުރުޞަތުގެ ދަށުން އެހީ ހޯދުމަށް ދަފުތަރުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ 7 ޝަރުޠެއް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ބެލުމުގެ ދަށުގައި، މަދުވެގެން 18 އަހަރުން ދަށުގެ 1 ކުއްޖަކު ހުންނަން ޖެހޭނެއެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފަރާތަކީ، ދިރިއުޅުން އެހެން ރަށަކަށް ދިގު މުއްދަތަކަށް ބަދަލުކުރުމަށް ބޭނުންވެ، އެކަން ކުރުމަށް ދަތިވެފައިވާ މީހަކަށް ވާންޖެހެއެވެ. މި ފުރުޞަތުގެ ދަށުން ރަށަށް ބަދަލުވާއިރު، ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވުން، ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ލާޒިމެވެ.

މި ފުރުޞަތު ހުޅުވައިލާފައިވަނީ ދިވެހި ރައްޔިތުންނަށް އެކަނި ކަމުގައިވާއިރު، މާލީ އެހީ ފޯރުކޮށްދެވޭ ފަރާތެއްނަމަ، ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީން ކަނޑައަޅައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. މި ޤަވައިދުގައި ވަނީ މި ފުރުޞަތުގެ ދަށުން މާލެއިން ދިރިއުޅުން ބަދަލުކުރަން އަމިއްލައަށް އެހީއަށް އެދެވޭނީ މަދުވެގެން 1 އަހަރު މާލޭގައި އުޅެފައިވާނަމަ ކަމަށް ވެސް ބުނެފައިވެއެވެ. މި ގަވާއިދުގައި މި ޝަރުޠުތައް ކަނޑައަޅާފައި އޮތްނަމަވެސް، ޖެންޑަރ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ޝަރުޠުތައް ފުރިހަމަވާނަމަ، އެހީ ހަމަޖައްސައިދިނުމަށް އެ މާއްދާ ހުރަހެއް ނާޅާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެހީ ހަމަޖެހުމަށްފަހު، 6 މަސްދުވަހަށް، ކޮންމެ މަހަކަށް އާއިލާއަކަށް ތިން ހާސް ރުފިޔާ ޖަމާކޮށްދޭނެއެވެ. މީގެ އިތުރުން ރީލޮކޭޓްވުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީގެ ގޮތުގައި ވަޒަންވެރިވާން އެދޭ ރަށަށް ދަތުރުކުރުމުގެ އެއްކޮޅު ޓިކެޓަށް ހިނގާ ޚަރަދު ހަމަޖައްސައިދޭނެއެވެ.

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ މެންބަރުންގެ އަދަދާއި، ވަޒަންވެރިވާން އެދޭ ރަށަށް ރިޢާޔަތްކޮށް، ޚަރަދުގެ އިންސައްތައެއް އެހީގެ ގޮތުގައި ހަމަޖައްސައިދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ގޯތި ނުވަތަ އިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދޭ މާލީ އެހީއާއި، ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީއާއި، ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ދަފުތަރު ކުރެވޭ ފަރާތްތަކަށް ފޯރުކޮށްދޭ އިތުރު އެހީތެރިކަމެއްގެ ގޮތުގައި ތަޢުލީމާއި ތަމްރީނުގެ އެހީއާއި، އާމްދަނީ، އިޖުތިމާޢީ، ޞިއްޙީ ޚިދުމަތްތަކުގެ އެހީއާއި މިނޫނަސް އެހެނިހެން އެހީތެރިކަން ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތައް މެދުވެރިކޮށް ހޯދުމަށް އެހީތެރިވެދޭނެއެވެ. މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ މާލީ އެހީ ފޯރުކޮށްދެވޭނީ، އެހީއަށް އެދި ހުށަހަޅައިފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓަށެވެ. މިގޮތުން އެހީ ލިބެންވާ ފަރާތަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއަކީ ކޮބައިކަން އެ ފަރާތަށް އަންގައި، އެހީ ފޯރުކޮށްދެވޭނެ ގޮތް ހަމަޖެހޭކަން އަންގާތާ ފަނަރަ ދުވަހުގެ ތެރޭގައި ބީ.އެމް.އެލް.އިން އެ ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކުރާނެއެވެ.

މި ޤަވައިދުގެ ދަށުން އެހީ ލިބޭ ފަރާތުގެ ހާލަތު މޮނިޓަރކުރުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން ކޮންޓިނުއަސް މޮނިޓަރިންގްގެ ދަށުން އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތު، އެހީ ލިބެން ފަށާތާ މަދުވެގެން އެއް އަހަރުދުވަސް ވަންދެން މޮނީޓަރ ކުރާނެއެވެ.

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ، ނުވަތަ އެ ފަރާތުގެ މަޢުލޫމާތެއް ބަދަލުވެއްޖެ ނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން "ހާލަތު ވަޒަންކުރާ ފޯމު" މެދުވެރިކޮށް ދިރިއުޅޭ ރަށުގެ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.

އެހީ ލިބެމުންދާ ފަރާތުން ދޮގު މަޢުލޫމާތު ފޯރުކޮށްދީފައިވާނަމަ، އެކަން ފާހަގަވާ ހިސާބުން، އެ ފަރާތަށް ދެމުންގެންދާ އެހީ ފޯރުކޮށްދިނުން ހުއްޓާލައި، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށްޓަކައި ފިޔަވަޅު އަޅާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް