Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެކްސިން ސިޔާސީކުރުން

ދުންތަރި ސިޔާސީކުރި ގޮތަށް ވެކްސިން ސިޔާސީކުރުން

3 ފެބުރުއަރީ 2021 | ބުދަ 10:43

ކުރީޒަމާނުގެ ސަންގޯރުބޭ ސިޔާސީކުރީ ދުންތަރިއެއް

އިމާދު ލަތީފް
އިމާދު ލަތީފް | 3 ފެބުރުއަރީ 2021 | ބުދަ 10:43
ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ: ވެކްސިން ސިޔާސީކުރުމަށް ބައެއް މީހުން ގެންދަނީ މަސައްކަތް ކުރަމުން.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ: ވެކްސިން ސިޔާސީކުރުމަށް ބައެއް މީހުން ގެންދަނީ މަސައްކަތް ކުރަމުން.

ކުރީޒަމާނުގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ވަރަށް ގިނަ އަދަދެއްގެ ބަބުރުން ދިރިއުޅުނެވެ. އެއީ ރާއްޖޭގެ އެކި ރަސްރަސްކަލުން އެފްރިކާގެ އިރުމަތީ ބިތުގެ އައްސޭރިން ގެނެސްގެން ދިވެހީން އާއްމުގޮތެއްގައި ނުކުރާޒާތުގެ ބޮޑެތި ބުރަ މަސައްކަތް ކުރުވުމަށް ގެންގުޅުނު އަޅުންނެވެ. ބައެއް މީހުން ތިބެނީ ފަހުން މިނިވަންވެފައެވެ. އަނެއްބަޔަކު ކޮންމެވެސް ދިވެހި ސާހިބެއްގެ ބެލުމުގެ ދަށުގައި އަޅުންގެ ގޮތުގައެވެ. މުސްކުޅިބަންޑާރައިންގެ ދައުރުގައި މިހުރިހާ އަޅުންތައް މާލެއިން ބޭރުކޮށްލެއްވީ ކަމަށް ބުނެވެއެވެ. އެގޮތަށް ބޭރުކޮށްލެވުނު ވަރަށް ގިނަ ބަބުރުން ފޮނުވައިލެވުނު އެއްރަށަކީ އަރިއަތޮޅު ފެރިދޫކަމަށް ވެސް ބުނެވެއެވެ.

މާލޭގައި މިދެންނެވި ކަހަލަ ބަބުރުން އުޅުނު ދުވަސްވަރު ސިޔާސީ ކަންކަމުގައި ބަސްބުނެ ސިޔާސީވެގެން އުޅުމަކީވެސް އާއްމުކަމެކެވެ. އައްޑުއަތޮޅުން މޫސާބަދުރުއްދީނޭ ކިޔުނު ދަންނަބޭކަލަކު ގެންނަވައި އޭނާއަށް ފަޑިޔާރުކަން ދެއްވައިގެން މުސްކުޅިބަންޑާރައިން އުޅުއްވި ދުވަސްވަރު ދާންމަތީބަބުރޭ ކިޔުނު މީހަކު ވަރަށް މަޝްހޫރު ވާހަކައެއް ވެސް ބުނެފައިއޮވެއެވެ. އޭނާ ބުނިކަމަށްވެއެވެ. ފަޑިޔާރު ތަކުރުފާނު ދެނެލައްވަނީ ދީނެވެ. ދުނިޔެ ދެނެއެއްނުލައްވައެވެ. އެހެންވީމާ އަހަރެމެން ކަހަލަ އާދައިގެ މީހުން ވެސް މިޖެހެނީ ބަރާބަރަށް ނަމާދުކޮށް މާލޫދުކިޔަވައި ސަލަވާތްފާތިހާވެސް ކިޔަވައިއުޅޭށެވެ. މިއީ އިހު މިކަން އޮތްގޮތެއް ނޫނެވެ. ކޮންމެވެސް އެއްބަޔަކު ކުރީމާ ނިމުނީއެވެ. އެންމެންކުރާން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު މިތަކުރުފާނު މިކަން ބަދަލުކުރައްވައިފިއެވެ.

މުއީނުއްދީނު ބަންޑާރައިން އަވަހާރަވުމުން މީލާދީން 1835 ގައި އެބަންޑާރައިންގެ ދަރިކަލުން މުހައްމަދު އިމާދުއްދީން ހަތަރުވަނަ ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. މުސްކުޅި ބަންޑާރައިންނަކީ މިއީއެވެ. އައު ރަދުންގެ ރަސްކަން ހަމަފެށުމާއެކު މާވަރުގަދަ އަލިކަންގަދަ ދުންތެރިއެއް އުދަރެހުން ފާޅުވެއްޖެއެވެ. އެޒަމާނުގައި ދުންތެރިއެއް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ މުސީބާތާއި ހަލާކާއި ގުޅިފައިވާ ސުންޕާ އެއްޗެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ޚާއްޞަކޮށް މާލޭގައި އުޅުނު ބަބުރުންގެ ތެރޭގައި ޚުރާފާތުގެ ކަންކަން ގަބޫލުކޮށް އެއަށް ތަބާވުން ބޮޑެވެ. މި ދުންތަރިއެއް ފެނުނު ދުވަސްވަރަކީ އަތިރީގޭ އާއިލާއާއި ކަކާގޭ އާއިލާގެ މެދުގައި ސިޔާސީ ވާދަވެރިކަމާއި ކޯޅުންތައް ވެސް ހިލިގަތް ދުވަސްވަރެވެ.

އެފަހަރު ފެނުނު ދުންތަރިޔަކީ ހޭލީސްކޮމެޓޭ ކިޔުނު ދުންތަރިއެވެ. މިއީ ކޮންމެ 75 އަހަރަކުން އެއްފަހަރު އިރަވީ ނިޒާމުގެ ތެރެއަށް ވަދެގެން ބުރުހަމަކުރާ ދުންތަރިއެކެވެ. ދުނިޔޭގައި ތިބޭ ބަޔަކަށް ހުރަހަކާނުލައި ވަރަށް ސާފުކޮށް ރީތިކޮށް ފެންނަ ދުންތަރިއެކެވެ. މި ދުންތަރި ފާޅުވީމާ މާލޭގައި ތިބި ބަބުރުންތައް ބިރުން އެވެރީންގެ ސަރުދާރުގެ ގެޔަށް އެއްވެ ދެންހަދާންވީ ގޮތަކާމެދު މަޝްވަރާއަށް އެދިއްޖެއެވެ. ސަރުދާރުގެ ނަމަކީ ސަންގޯރުބޭއެވެ. މިއީ ފޮތްތަކަށް ވެސް އަހުލުވެރިވެގެންހުރި ހިސާބަކަށް ކަންކަން މޭރުންވާ މީހެކެވެ.

މީނާގެ މަޝްވަރާއަށް އެދުނީމާ ބުންޏެވެ. އަވަހަށް ކާލިމަތީފޮތް ގެންނާށެވެ. ދެން އެފޮތް ގެނައީމާ ބޮޑުއަށިމަތީގައި ދެފައިވަށްކޮށްގެން އިނދެ ހުޅުވައި ބަލައި ނިތްކުރިން ދާ ވެސް ފޮހެލައިފައި ބުނިކަމަށްވެއެވެ. ވަރަށް ސަކަރާތެވެ. މަލާއިކަތުން ދުންބުރުވަނީއެވެ. އެހެން އެވަނީ ރައްޔިތުންނާމެދު ވެރީން ނުރުއްސެވީމައެވެ. އަހަރެމެންނަށް އުޅެވޭގޮތުން ވެރިން ނުރުއްސަވަނީއެވެ. އަހަރެމެން ކަކާގެއަށް ގޮސްގޮސްފައި އެގޭ ބޭފުޅުން ވިދާޅުވާހައިކަމެއް ކުރާތީ އަތިރީގޭ ދޮންއަހުމަދުދީދީ ނުރުއްސަވައެވެ. އެކަމުގެ ނަތީޖާއަކީ ދުންތަރިއެވެ. އެހެންވީމާ އަވަހަށް އިޞްލާޙުވާންވީއެވެ. ދޮންއަހުމަދުދީދީއަށް އިޚުލާސްތެރިވާންވީއެވެ. ދެން މިމަގުން ބަބުރުންގެ ސިޔާސީ އިޚުލާސްތެރިކަން ކަކާގެއިން އަތިރީގެޔަށް ބަދަލުކޮށް ކިޔަމަންތެރިކަން ފާޅުކުރާންފެށިތާ ދެތިން ދުވަހަކުން ދުންތެރި ވެސް ގެއްލިއްޖެއެވެ. ބިރުވެރިކަން ވެސް އޮބި އާދައިގެ ހާލަތު އެނބުރިއަތުވެއްޖެއެވެ. ސަންގޯރުބޭގެ މޮޅުކަމާއި ހިކުމަތްތެރިކަމުގެ ވާހަކަ ވެސް މާލޭގައި މަޝްހޫރުވެގެން ހިނގައްޖެއެވެ.

އެއީ މީގެ 186 އަހަރު ކުރިއެވެ. ދުންތަރިއެއް ސައިންސެއް އެހެން އެއްޗެއް މީހުން ނުދަންނަ ދުވަސްވަރެވެ. ސަންގޯރުބޭމެން ކަހަލަ މީހުން ބޭނުންވީމާ ކޮންމެވެސް ހުއްޖަތެއް ދައްކައިފައި މީސްތަކުންގެ ވިސްނުމާއި ފިކުރާއި ކުޅެލެވޭ ދުވަސްވަރެވެ. މިޒަމާނުގައި އެޒާތުގެ ވިސްނުމަށް ފުރުސަތު ލިބޭވަރަށްވުރެ މީސްތަކުންގެ ހޭލުންތެރިކަމާއި ތޫނުފިލިކަން ބޮޑެވެ. އެކަމަކު ފެންނާންހުރި ހަގީގަތަކީ މިޒަމާނުގައި ވެސް ސަންގޯރުބޭގެ ދައުރު އަދާކުރަން ބޭނުންވާ މީހުން އެބަތިބިކަމެވެ. ހާލަތާއި ވަގުތުގެ ފައިދާ ނަގައިގެން ވަކި ކަހަލަ ފިކުރުތައް މީސްތަކުންގެ މެދުގައި އަށަގެންނެވުމަށް ގަދައަޅާ މީހުން އެބަތިބިކަމެވެ.

މިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު ގިލަންވެރިކަމަކީ ކޮވިޑުގެ މުސީބާތެވެ. މިކަމުން އަރައިގަތުމަށް ދިވެހީން ކުރަމުންދާ ގައުމީ މަސައްކަތުގެ ތެރެއިން މިހަފުތާގައި ވެކްސިންޖެހުމުގެ ޕްރޮގްރާމެއް ވަނީ ފަށައިގަނެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވިއެވެ. މިއީ އުފާވެރިކަމާއި ހަމަޖެހުން އެނބުރި އައުމުގެ ފެށުމެވެ. ގައުމު ހަމަމަގަށް އެޅި ދިރިއުޅުން އަލުން އާރާސްތުވުމުގެ ފެށުމެވެ. ރައްޔިތުން އުފާކުރާށެވެ. ސަރުކާރަށް އިތުބާރު ކުރާށެވެ. މިކުރަމުންދާ މަސައްކަތުގައި އެންމެން ވެސް ބައިވެރިވެ އެއްބާރުލުންދޭށެވެ. ވެކްސިން ޖަހާށެވެ. އަމާންކަމާއި ރައްކާތެރިކަމުގެ މަގަކީ ވެކްސިނުގެ މަގެވެ.

މިއަޑުއަހާން ތިބެފައި ކޮންމެވެސް ބަޔަކު އެބައެއްގެ ސަރުދާރުބޭގެ ދޮށަށް އެއްވެ އަހައިފިއެވެ. ސަރުދާރުބޭވޭ އެއީ ހެޔޮވާހަކައެއްތޯއެވެ. މިއީ ޖަހަންހެޔޮވާ ޒާތުގެ ވެކްސިނެއްތޯއެވެ. އަހަރުމެން ހަދަންވީގޮތަކީ ފަހެ ކޮބައިތޯއެވެ. ދެން މިސަރުދާރުބެއަކު ކާލިމަތިން ފޮތް ގެނެސްގެން ހުޅުވައިބަލައިފައި ބުނިކަމަށްވެއެވެ. އަސްތާ ކަލޭނޭ ތިޔައީ މުޅިންވެސް އޮޅުވާލުމާއި ދޮގުވެރިކަމުގެ ވެކްސިނެކެވެ. ކަލޭމެން ގަޔަށް ތިޔަ އެއްޗެއް ޖަހައިފިއްޔާ މިދުނިޔެއިން އެކަންޏެއް ނޫނެވެ. އަނެއް ދުނިޔެއިންވެސް ކަލޭމެން ގެއްލި ހަލާލުވެދާނެއެވެ. ނަމަނަމަ ކައިރި ނުވައްޗެވެ. ގާނޫނަކުން މަޖުބޫރު ނުކުރަންޏާ ވެކްސިނޭވެސް ނުކިޔައި ދުރުގައި ތިބޭށެވެ. ތިޔަ އެއްޗަކީ އުތުރުކަރައިގެ އެވެނި ބަޔަކު ގައިންތާހިރުނުވެ ނަޖިސްކަންމަތީގައި ތިބެގެން އުފެއްދި ނަޖިހެކެވެ. ވެރީންގެ ގަޔަށް އެޖަހަނީ ތާހިރު މޮޅު ވެކްސިނެކެވެ. ކަލޭމެންގެ ގަޔަށް ޖަހާން އުޅެނީ ނުތާހިރު ނަޖިހެކެވެ.

ސަރުދާރުބޭގެ ބަސް ގަބޫލުކޮށްގެން އެއްބަޔަކު ވެކްސިނަށް ސަލާން ބުނެފައި ގެޔަށްވަދެއްޖެއެވެ. މަޢުލޫމާތާއި ޢިލްމުގެ ޒަމާނަކަށްވިޔަސް މަޢުލޫމާތު ހޯދުމުގެ ވިސްނުމެއް ނެތެވެ. ގަބޫލުކުރާން ބޭނުންވަނީ ސަރުދާރުބޭގެ ބަހެވެ. ސަރުދާރުބޭ އެހެރީ ވެކްސިން ސިޔާސީކުރުމާއި ސަރުކާރަށް އެއްބާރުލުންނުދީ ރައްޔިތުން ވާވެއްދުމުގެ ވިސްނުމުގައެވެ. މީގެ 186 އަހަރު ކުރިން ބަބުރުންގެ ސަރުދާރު ސަންގޯރުބޭ ވެސް ހޭލީސްކޮމެޓް ސިޔާސީކުރި ބީދައިންނެވެ. އެއްވެސް ފަރަގެއް ނެތެވެ. މުސްކުޅިން ބުނެއެވެ. ކިތަންމެ ވަރަކަށް ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. މި އުސޫލުން ސަރުދާރުބޭ ވެސް ވާނީ ހަމައޭނާއަށެވެ. ބަލަބަލައިފައި ވިސްނަވިސްނައިފައި އެއްޗެއް ބުންޏަސް ބުނެވޭނީ ދޮގެކެވެ. އުޅެވޭނީ އޮޅުވައިލެވޭތޯއެވެ. ދިމާއަށް ފެންނާން އޮންނަ ހަގީގަތަކާމެދު ވާހަކަދައްކާންޖެހުނު ކަމުގައިވިޔަސްމެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2018

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

09 ޑިސެމްބަރު 2018
ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް
04 ނޮވެމްބަރު 2018

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!
27 އޯގަސްޓު 2018

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
20 ފެބުރުއަރީ 2018

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

20 ފެބުރުއަރީ 2018
މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!
23 ޖެނުއަރީ 2018

މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟

23 ޖެނުއަރީ 2018
މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟
21 ޖެނުއަރީ 2018

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

21 ޖެނުއަރީ 2018
އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
04 އޮކްޓޯބަރު 2017

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ
09 ސެޕްޓެމްބަރު 2017

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!
06 އޯގަސްޓު 2017

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!
27 ޖުލައި 2017

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް