Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެ އިސްލާމްވުން

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

ރަންނަމާރި ވާހަކައަކީ ހިޔާލީ ވާހަކައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޑިސެމްބަރު 2018 | އާދީއްތަ 11:23
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ފޯކްލޯރ ވާހަކަތައް ހުންނަކަމާއި އެފަދަ ވާހަކަތައް ޒަމާނުއްސުރެ ދެކެވޭކަން އެންމެންނަށްވެސް އެނގެއެވެ. އެގޮތުން ދިވެހިންގެ މައިގަނޑު ކެއުމުގެ ބާވަތެއް ކަމަށްވާ ލައްޓި މަސް ރާއްޖޭގެ ކަނޑުތަކަށް ތައާރަފްވީ ބޮޑު ނިޔަމި ކަލޭފާނު ކިޔާ މާލިމީއެއްގެ ސަބަބުން ކަމަށް ބުނާ ވާހަކައެއް ރާއްޖޭގައި ދެކެވުނެވެ. ސަފަރުކަތްދައާއި، ސަންތި މަރިޔަނބުގެ ވާހަކައަކީ މިހާރުވެސް ކުޑަކުދިން ނުހަނު ޝައުޤުވެރިވާ އަދި އަޑުއަހާހިތްވާ އެއް ވާހަކައެވެ. ހުޅުލޭ ބޮޑު މީހާއާއި، ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީވެސް ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ކުޑަ ވާހަކައެކޭ ނުބުނެވޭނެއެވެ. ނަމަވެސް މި ވާހަކަތަކުންވެސް އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭގޮތުން ތުންތުން މަތިން ދެކެވޭ ވާހަކަ ނުވަތަ ފޯކްލޯރއަށެވެ.

ރާއްޖެ އިސްލާމްވި ގޮތް ކަމަށް ބަޔާންކޮށް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި "ރަންނަމާރި" ކިޔާ ވާހަކައެއް ކިޔައި އުޅުނެވެ. މި ވާހަކަ ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމަނައިގެން، ސުކޫލުތަކުގައި ކިޔަވައިދިން ކަމަށްވެއެވެ.

ބުނެވޭ ގޮތުގައި ރަންނަމާރިއަކީ ދިވެހިން ބުދު ދީނަށް އަޅުކަން ކުރި ޒަމާނެއްގައި މާލޭ ވަރުނުލާ ރާޅުގަނޑާ ދިމާ އެއްގަމުގައި ހުންނަ ބުދު ފައްޅިއަކަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ އަންނަ ފުރޭތައެކެވެ.

ރާއްޖޭގެ ތާރީޚީ ލިއުންތަކުގައި ރަންނަމާރީގެ ވާހަކަތައް އެކި ގޮތްގޮތަށް ބަޔާންކުރެވިފައި ވީނަމަވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެ އިސްލާމްވި ގޮތް ކަމަށް ބަޔާންކޮށް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކިޔައި އުޅުނު "ރަންނަމާރި" ވާހަކައަކީ ފޯކްލޯރ ނުވަތަ ހިޔާލީ ވާހަކައެކެވެ.

ރަންނަމާރި ވާހަކައަކީ ފުލޯކް ވާހަކައެއް ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތު ގެނެސްދެއްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީކަމަށް އެބޭފުޅުންވެސް ބުނެއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގައެވެ. އެއީ މީލާދީ ގޮތުން 1153 ވަނަ އަހަރެވެ.

ދިވެހިރާއްޖެ އިސްލާމްވި އިރު ރަސްކަމުގެ ތަހުތުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. އަދި އިސްލާމް ވުމަށްފަހު މި ރަސްގެފާނުގެ ނަންފުޅަކަށްވީ ސުލްތާން މުޙައްމަދު ބުނި ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ ދަރުމަވަންތަ މިސްކިތް ނިސްބަތް ވެގެންވަނީ މި ރަދުންނަށް ކަމަށް ތާރީޚު ބުނެއެވެ.

ކޮންމެއަކަސް ރާއްޖެ އިސްލާމް ވުމަކީ ދިވެހިންގެ ދިރިއުޅުމަށް ބޮޑު އިންޤިލާބެއް އައި ކަމެއް ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. ނަމަވެސް ރާއްޖެ އިސްލާމް ވެފައިވާތާ 800 އަށްވުރެ ގިނަ އަހަރުވެފައިވާއިރު، އިސްލާމީ ރޫހު ދިވެހިންގެ ތެރޭގައި މިއަދު އޮތީ ކިހައި މިންވަރަކަށް ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއް ކަމަށް ދައުވާ ކުރާއިރު، ދީނުގެ އަސާސްތަކުގައި ހިފަހައްޓާ މީހުން ދަނީ މަދުވަމުންނެވެ. ވީމާ، ރާއްޖެ އިސްލާމް ވީ ދުވަސް ފާހަގަކުރާއިރު، މިކަންކަމާ ވިސްނާލުން މުހިއްމު ނޫންބާއެވެ؟

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު