Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުއްލި ނުރައްކަލުގެ ހާލަތު

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2018 | އަންގާރަ 18:05
ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފަ

ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފަ

ރައީސް އބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންމެ ޖެހިލުން ވަނީ ރައީސް ކަމުގެ މަގާމު ގެއްލިދާނެތީ އެވެ. ރައީސް ކަމުގެ މަގާމު ގެއްލިދާނެހެން ހީވާކަމެއް ހިނގާނަމަ ކުއްލި ނުރައްކާތެރި ހާލަތަކޭ ކިޔައިންގެ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްލަނީ އެވެ. ދެން ޕޯޑިއަމްތަކަށް އަރާ ވަޑައިގެން ވިދާޅުވަމުން ގެންދަވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ވެރިކަމާހެދި މޮޔަވަނީ ކަމަށެވެ. އެކަމަކު ވެރިކަމާހެދި މޮޔަވާ ވެރިޔަކީ ކޮންބޭފުޅެއްކަން ސަރުކާރު ހިންގާ ޕީޕީއެމްގެ ނިހާނުމެން އަބްދުއްރަހީމްމެންފަދަ ބޭފުޅުންނަށް އޮޅިވަޑައިގެންނެވި ނަމަވެސް ދިވެހި ރައްޔިތުންނަކަށް ނޯޅެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދެ ފަހަރަކު އިއުލާން ކޮށްފި އެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ކުރާކަމެއް ނޫނެވެ. ބައެއް ތަހުޒީބު ގައުމުތަކުގެ ރައްޔިތުންނަށް ދުވަހަކު ކުއްލި ނުރައްކަލުގެ ހާލަތު ތަޖުރީބާ ކޮށްލަން ނުލިބޭއިރު ދިވެހިންނަށް މިއީ އާއްމު ކަމަކަށް މިވަނީ ވެފަ އެވެ. މިފަދަ ކުއްލި ނުރައްކަލުގެ ހާލަތު ތަޖުރިބާ ކޮށްލަން ބޭނުންވާ އެހެން ގައުމުގެ ތަކުގެ ރައްޔިތުން ރާއްޖެއަށް ޒިޔާރާތް ކޮށްލުމުން އެކަން ތަޖުރިބާ ކުރެވިދާނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ރިސޯޓުތަކުން ޕެކޭޖް ހަދާފައި ވިއްކަން ވެސް ރަނގަޅެވެ.

މިހިސާބުން މިބަލާލަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ހާލަތްތަކެވެ. އެގޮތުން ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލި މަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވެއްޖެނަަމ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު ގާނޫނުއަސާސީގައި އެބުނާ އެއްވެސް ހާލަތެއް ރާއްޖެއަކު ނެތެވެ. ރައީސް ޔާމީންއަށް ގާނޫނީ ލަފާ ދެއްވާ ބަންޑާރަ ނައިބު އަނިލްއާއި ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު ފުންނާބު އުސް އާއިޝަތު އާޒިމާ ޝަކޫރަށް ދެ ފޮޅުވަތް ދޭތެރެއިން ކިރިޔާވެސް މާނައެއް ނެގެން އޮތް ކަމަކަށް އޮތީ "ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ"އޭ އެބުނާ ހާލަތެވެ. ނަމަވެސް އެނގޭ އެއްޗަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމަށްކަން އެނގެ އެވެ. ކޮރަޕްޝަނާއި ސަރުކާރު ވައްޓާލަން އުޅޭ ކަމަށްބުނެ އެވެ.

ކޮރަޕްޝަނާއި ސަރުކާރު ވައްޓާލުމާއި ވައްޓަލަން އުޅުމަކީ މިގައުމުގައި އާކަމެއް ނޫނެވެ. ހާއްސަކޮށް ސަރުކާރުގެ އިސްވެރިންގެ މެދުގައި އެންމެ ފުޅަކޮށް ކުރަމުންދާ ކަންކަަމަކީވެސް މިއީއެވެ. އެކަމާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވެއްޖެނަމަ، ތިޔަ ކުއްލި ނުރައްކަލުގެ ހާލަތުން ރާއްޖެ ސަލާމަތެއް ނުވާނެ އެވެ.

އަނެއް ކަމަކީ ކޮރަަޕްޝަނާއި ސަރުކާރު ވައްޓާލަން ބަޔަކު އުޅޭނަމަ އެ މައްސަލަތައް ބަލާ ތަހުގީގު ހިންގޭނެ ގޮތްތައް ގާނޫނުގައި ބުނެދީފައި އެބައޮތެވެ. އެކަން އެއްފަރާތްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު ހިންގާ، ސަރުކާރުން ތިޔަހިންގެވީ ސީދާ ޖަރީޖާމާ ނޫން ދެވަނަ އެއްޗެއް ނޫނެވެ.

ކުއްލި ގޮތަކަށް ފުއްނާބުއުސް ގާނޫނީ ވަކީލު އާޒިމާ އާއި އަނިލްގެ ގާނޫނީ ލަފަޔަކީ ތާކުންތާކުން ނުޖެހޭ ލަފައެއްކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގެއެވެ. މިހާރު އެކަން ރައީސް ޔާމީންއަށްވެސް ފަހުމްވެވަޑައި ގަންފައިވާކަމަށް ގަބޫލު ކުރެވެއެވެ. މިހާރު ފެންނަމުންދަނީ ހެދުނު ގޯސްތަކުން އަރައި ނުގަނެވިގެން އުޅުއްވާ މަންޒަރެވެ.

ދައުލަތުގެ އެންމެ އިސްވެރިޔަކީ ތިމަން މަނިކުފާނޭ، ހާކިމާއަކީ ތިމަންމަނިކުފާނޭ، ގާނޫނު ހަދާ ބާރަކީ ތިމަން މަނިކުފާނޭ، އަދުލްއިންސާފަކީ ތިމަން މަނިކުފާނޭ، ގާނޫނުއަސާސީއަކީވެސް ތިމަންމަނިކުފާނޭ ހީވެ، ކަންކަން ތިމަންމަނިކުފާނަށް އިލްހާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވާ ރައީސަކު ކޮންމެފަދަ ކަމެއްވެސް ކުރައްވަ ފާނެއެވެ.

ބުނަން މިއުޅެނީ ކުއްލި ނުރައްކަލުގެ ހާލަތެކޭ ބުނެ، ވުދޫޖުވެފައި ނުވާ ހާލަތެއްގެ މައްޗަށް އިލްހާމްވެވަޑައިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއިރު، ތަނެއް ދޮރެއް ބެލުމެއްނެތި ގާނޫނުއަސާސީން އަތުޖެހުނު މާއްދާއެއް ވިއްޔާ އެވަނީ ސަސްޕެންޑް ކުރައްވާފަ އެވެ.

ގާނޫނުއަސާސީން ސަސްޕެންޑް ކުރި މާއްދާތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ދެވަނަ މާއްދާއާއި ތިންވަނަ މާއްދާ އަތުނުޖެހުނުކަން އެއީ ދިވެހިން ނަސީބެވެ. އެހެން ނޫންނަމަ ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލްތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަން ކުރާ، ދީމިޤްރާޠީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށް ބުނާ މައްދާ ސަސްޕެންޑްކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހަދުގައި އެހެން ދީންތަކުގެ މީހުންނަށް ހާއްސަކޮށް ފައްޅިތައް އަޅައި، އިސްލާމް ދީން ފިޔަވާ އެހެން ދީންތަކަށް ފުރުސަތު ދިނުމުގެ ބާރު، މިހާރު އަމަލު ކުރަމުންދާ ގޮތުން ލިބެ އެވެ. ބަންޑާރަ ނައިބު ގާނޫނީ ލަފަޔެކޭ ވިދާޅުވެ، ދިވެހި ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާއަށް އެފަދަ ބާރެއް ލިބިދިނުމަކީ ކޮންފަދަ ނުރައްކާތެރިކަމެއް ހެއްޔެވެ.

ރާއްޖޭއަކީ އުފެދުމުގައި ދުނިޔޭގެ ވަރަށް މުހިއްމު ހިސާބެއްގައި އޮތް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއް ކަމުން ދުނިޔޭގެ ބާރު ގަދަ ގައުމުތަކުން އަބަދުވެސް އެތިބެނީ ރާއްޖޭއިން އަތޮޅެއް، ރަށެއް، ނުވަތަ ބިންކޮޅެއް ނަމަވެސް ލިބޭތޯ ލޯއަޅާލަ އަޅާލަ އެވެ. މިހެން މިކަން އޮތްއިރު، ރާއްޖޭގައި އެއިރަކު ހުންނެވި ވެރިޔަކަށް، ރާއްޖޭގެ އަތޮޅެއް، ރަށެއް، ނުވަތަ ބިންކޮޅެއް ބޭރު ބަޔަކަށް ވިއްކާލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެެކެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްލުމަށްފަހު، ސަލާމަތީ ހިދްމަތްތަކުގެ އެހީތެރިކަމާއެކު ރަށްތައް ވިއްކުމުގެ ކަންކަން ކުރެވިދާނެ އެވެ. ހުރިހާ އެއްބަސްވުންތައް ހަދާ ނިމުމުންނާއި ބޭރުގެ ފަރާތްތަކުން، އެތަންތަން އެމީހުން ބޭނުންވާ ގޮތަށް ތަރައްގީ ކުރުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނާނީ އެވެ.

ހިތާމައަކީ މިގޮތަށް ކުއްލި ނުރައްކާގެ ހާލަތު އިއުލާން ކުރުމަށްފަހު، ހަމަ މިވެރިން މަގެ ދީނޭ މަގެ ގައުމޭ ކިޔާ ނަގާތީ އެވެ. ގައުމީ ސަލާމަތީ ހިދްމަތްތަކުން އެއިރަކު ހުންނަވާ ވެރިކު ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ދޫކޮށްލައިފި ނަމަ ގާދޫކޮލުން އިސްލާމް ދީން ބޭރުވެ، މިގައުމުވެސް ދިވެހި ރައްޔިތުންގެ އަތުން ބީވެގެން ހިގައިދާނެ އެވެ. ވެރިޔާ ބޭނުންވާ ކޮންމެ ވަގުތަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މުޅި ގައުމު ދާއިމަށް ކުއްލި ނުރައްކަލެއްގެ ތެރެއަށް ދިއުމަކީ މާނުރައްކާތެރިކަމެއް ނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

17 ޖެނުއަރީ 2018
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު