Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުން

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށަނީ!

ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2021 | އަންގާރަ 13:25
ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ ތެރެއިން

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ ތެރެއިން

ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް-19އަށް ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އަންގާރަ ދުވަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ޓެކްނިކަލް އެޑިވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޑރ. އަހްމަދު ފައިސަލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް-19އަށް ވެކްސިން ދެވެން ފެށޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވާދެއްވާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަޙްމާނެވެ. އަދި ދެވަނައަށް އައި.ޖީ.އެމް.އެޗް.ގެ ނަރުހަކަށް ވެކްސިން ދީފައިވާއިރު، ތިން ވަނައަށް ވެކްސިންޖަހާފައި ވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހަތަރު ވަނަ އަށް ވެކްސިން ޖެއްސެވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުުރުން އުއްތަމަ ފަނޑިޔާރު، މުޢުތަސިމް އަދްނާން ވަނީ ކޮވިޑް-19 ގެ ވެކްސިން ޖައްސަވާފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އާއި ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދުދީދީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރުވެސް ވަނީ ވެކްސިން ޖައްސަވާފައިއެވެ.

އެޗްއީއޯސީގެ އިސްފަރާތްތަކުންވެސް ވަނީ ހޯމަ ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.

މާލޭގައި ފެށިގެން ދިޔަ ވެކްސިނޭޝަން ޕްރޮގްރާމްގައި ހައިރިސްކު ކެޓަގަރީގެ ފަރާތްތަކުގެ އިތުރުން ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ވެކްސިންޖަހާފައެވެ. އޭގެތެރޭގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ވެމްކޯގެ މުވައްޒަފުންނާއި އެއަރޕޯޓް އަދި ޓްރާންސްޕޯޓްގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިއެވެ.

އައްޑޫ ސިޓީގައި ވެކްސިންދިނުމުގެ ކަންތައްތައް ފެށުމުގެ ގޮތުން، އެސިޓީން އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އައްޑޫ ސިޓީ ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ ޑރ. އަބްދުﷲ އަދްސަރުއެވެ. ކުޅުދުއްފުށި ސިޓީގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އެސިޓީގެ ހެލްތު ސަރވިސަސް މެނޭޖަރ، އަހްމަދު ދާވޫދުއެވެ.

މި ދެސިޓީގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމުގެ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ 30 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ހިމެނެއެވެ.

ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ އަމާޒަކީ ކުރިއަށް އޮތް ހަވަރަަކަށް މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުން ކަމަށް ވިދާޅުވެފައެވެ. މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ވެކްސިންދިނުމުގެ ކަންކަން މެދުކަނޑާނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މާގިނަ ދުވަސްތަކެއް ނުވެ މިކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު، ރާއްޖޭގައި އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކޮވިޝީލްޑް ވެކްސިނާ މެދު އިތުބާރު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ މި ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު