Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލައި ޒިއާއޮމިންގއަށް މަރުގެ ޙުކުމް ތަންފީޒު ކުރުން

ރިޝްވަތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ލައިއަށް އިއްވާފައިވާ މަރުގެ ޙުކުމް ޗައިނާއިން ތަންފީޒުކޮށްފި

އެއީ ޓިއާންޖިންގެ ކޯޓަކުން މިމަހުގެ ކުރީކޮޅު އިއްވި ޙުކުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2021 | ހުކުރު 12:28
ރިޝްވަތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ލައި ޒިއާއޮމިންގ

ރިޝްވަތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ލައި ޒިއާއޮމިންގ

ރިޝްވަތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ލައި ޒިއާއޮމިންގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ޗައިނާއިން ތަންފީޒުކޮށްފިއެވެ.

ޗައިނާއިން މި ޙުކުމް ތަންފީޒު ކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ލައިއަކީ ޗައިނާގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެސެޓް މެނޭޖްމަންޓް ފާރމްތަކުގެ ތެރެއިން އެންމެ ބޮޑު ފާރމްކަމަށްވާ "ހުއަރޮންގ" ގެ ޗެއަރމަންކަން ކުރައްވައި، އެ މަޤާމުގައި ހުންނެވިއިރު، ބޮޑެތި އަދަދުތަކުން ރިޝްވަތު ނެންގެވިކަން ސާބިތުވެފައިވާ މީހެކެވެ. އެގޮތުން އޭނާ ރިޝްވަތުގެ ގޮތުގައި އެކި ބޭނުންތަކަށް ނަގާފައިވާ ފައިސާގެ އަދަދު 260 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ޗައިނާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައިވެސް ކޮރަޕްޝަނާއި ރިޝްވަތުގެ ސީރިއަސް ބޮޑެތި މައްސަލަތަކެއް ހިމެނެއެވެ.

ލައިގެ މައްޗަށް ޓިއާންޖިންގެ ކޯޓަކުން މިމަހުގެ ކުރީކޮޅު ކޮށްފައިވާ މަރުގެ ޙުކުމް ތަންފީޒު ކޮށްފައިވާއިރު، އޭނާ މަރާލުމުގެ ކުރިން އާއިލާގެ އެންމެ ގާތް މެމްބަރުންނާ ބައްދަލު ކުރުމަށް ވަނީ ފުރުސަތެއް ދީފައެވެ.

ކޮރަޕްޝަނާއި ރިޝްވަތުގެ އިތުރުން، ލައިގެ މައްޗަށް ވަނީ މީހަކާއި ކައިވެނި ކޮށްގެން ހުރެ އެހެން މީހަކާއެކު ކައިވެނީގެ ގުޅުން ބާއްވައި (ބައިގަމީ)، އެ ގުޅުމުގެ މައްޗަށް ދަރިން ހޯދާފައިވާކަމުގެ ކުށްވެސް ސާބިތުވެފައެވެ.

ޗައިނާއިން ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް މަރުގެ ޙުކުމް އިއްވައެވެ. އެހެންނަމަވެސް، އެ ޤައުމުން މަރުގެ ޙުކުމް އިއްވައި، އެ ޙުކުމް ތަންފީޒު ކުރާ އަދަދަކީ ދައުލަތުން ސިއްރު ކޮށްފައި އޮންނަ ކަމެއް ކަމަށް "ޗެނަލް ނިއުސް އޭޝިއާ" ގައި ރިޕޯޓް ކޮށްފައިވެއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން ލަފާ ކުރާ ގޮތުގައި ޗައިނާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ މީހުންނަށް މަރުގެ ޙުކުމް ތަންފީޒު ކުރާ ޤައުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކަށް މަރުގެ ޙުކުމް އިއްވައި، ތަންފީޒު ކުރަމުން ގެންދާކަމަށް އެމްނެސްޓީން އަންދާޒާ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2018

ނަޖީބު ރައްޒާގުގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތުގެ އިތުރު ތުހުމަތުތަކެއް!

16 ނޮވެމްބަރު 2018
ނަޖީބު ރައްޒާގުގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތުގެ އިތުރު ތުހުމަތުތަކެއް!
11 އޮކްޓޯބަރު 2018

ތޫފާން މައިކަލް: ފްލޮރިޑާއަށް އަރައި ބޮޑެތި ގެެއްލުންތަކެއް 

11 އޮކްޓޯބަރު 2018
ތޫފާން މައިކަލް: ފްލޮރިޑާއަށް އަރައި ބޮޑެތި ގެެއްލުންތަކެއް 
25 މެއި 2018

އިންޑޮނޭޝިއާގެ އަސްކަރިއްޔާއަށް ބޮޑެތި ބާރުތައް ލިބިދޭ ގޮތައް އެންޓި-ޓެރަރ ގާނޫނެއް ފާސްކޮށްފި

25 މެއި 2018
އިންޑޮނޭޝިއާގެ އަސްކަރިއްޔާއަށް ބޮޑެތި ބާރުތައް ލިބިދޭ ގޮތައް އެންޓި-ޓެރަރ ގާނޫނެއް ފާސްކޮށްފި
09 މެއި 2018

ނިއުކްލިއަރ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަން އީރާނުން ނިންމައިފި

09 މެއި 2018
ނިއުކްލިއަރ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަން އީރާނުން ނިންމައިފި
04 މެއި 2018

ރިޝްވަތުގެ ތުހުމަތުގައި ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

04 މެއި 2018
ރިޝްވަތުގެ ތުހުމަތުގައި ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު