Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ސަރުކާރު

ރިޝްވަތުގެ ތުހުމަތުގައި ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

4 މެއި 2018 | ހުކުރު 14:47

މަހާނަމާ ވަނީ ރިޝްވަތުގެ ގޮތުގައި 20 މިލިއަން ރުޕީސް ދިނުމަށް އިންޑިއާގެ އިންވެސްޓަރެއްގެ ކިބައިން އެދިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 މެއި 2018 | ހުކުރު 14:47
ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ

ރިޝްވަތުގެ ތުހުމަތުގައި ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް ޑރ. އައިއެޗްކޭ މަހާނަމާ ހައްޔަރުކޮށްފިއެވެ.

މާހަނަމާއެކު ސްރީ ލަންކާ ސަރުކާރުން ހިންގަމުންދާ ޓިމްބަރ ކޯޕަރޭޝަންގެ އިސްވެރިޔާ ދިސިނަޔަކާ ވެސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. ލަންކާގެ ބްރައިބަރީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މަހާނަމާ ވަނީ ރިޝްވަތުގެ ގޮތުގައި 20 މިލިއަން ރުޕީސް ދިނުމަށް އިންޑިއާގެ އިންވެސްޓަރެއްގެ ކިބައިން އެދިފައެވެ. މަހާނަމާ ހައްޔަރުކުރެވުނުކަން ސިރިސޭނާއަށް ވަނީ އަންގާފައެވެ.

މި އިންވެސްޓަރު މަސައްކަތްކުރަމުންދިޔައީ ލަންކާގެ އީސްޓާން ޕްރޮވިންސަށް ނިސްބަތްވާ ކަންޓަލައިގައި ހުންނަ ސަރުކާރުގެ ހަކުރު އުފައްދާ ކާރުހާނާއެއް ގަތުމަށް ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން މަހާނަމަ އަދި ޑިސިނަޔާކޭގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. މި އިންވެސްޓަރު އެކަމަށް އެދުނުއިރު މަހާނަމާ ހުންނެވީ ލަންކާގެ މިނިސްޓްރީ އޮފް ލޭންޑްސްގެ ސެކްރެޓަރީގެ ގޮތުގައެވެ. ސިރިސޭނާގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މަގާމުގެ ގޮތުގައި ބެލެވޭ ޗީފް އޮފް ސްޓާފްގެ މަގާމަށް މަހާނަމާ އައްޔަނުކުރެވުނުތާ މާ ގިނަ ދުވަސްވެފައެއް ނުވެއެވެ.

ސިރިސޭނާގެ ކުރިން ލަންކާގެ ރައީސްކަން ކުރެވި މަހިންދަ ރާޖަޕަކްސާގެ ޗީފް އޮފް ސްޓާފް، ގަމިނީ ސެނަރަތަ ވެސް ވަނީ ދާދިފަހުން ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އޭނާ ހުންނެވީ ކަފާލާތުގެ ދަށުން މިވަގުތު ދޫކޮށްލާފައެވެ.

ރައީސްކަމުގެ ކެމްޕެއިން 2015 ވަނަ އަހަރު ސިރިސޭނާ ކުރައްވަމުންދިޔައިރު އެމަނިކުފާނު ވަނީ ސަރުކާރުގައި ހިމެނޭ ކޮރަޕްޓް އޮފިޝަލުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ހަމައެހެންމެ ދާދިފަހުން އެމަނިކުފާނު ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގްގެ ސަރުކާރަކީ ރާޖަޕަކްސާގެ ސަރުކާރަށްވުރެ ވެސް ކޮރަޕްޓް ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
25 މެއި 2017

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

25 މެއި 2017
މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް