Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެލެބްރިޓީ ރޭސް

ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯއާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެމް.އެން.ޑީ.އެފް. އާއި ރާއްޖެޓީވީގެ ތަސައްވުރު ގޯސްކުރަން ދައްކާ ސިޔާސީ ވާހަކަތަކެއް: ރާއްޖެޓީވީ

28 ޖެނުއަރީ 2021 | ބުރާސްފަތި 08:16

އެވާހަކަ ފަތުރާފައި ވަނީ ސިޔާސީ މަޤްޞަދެއްގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 28 ޖެނުއަރީ 2021 | ބުރާސްފަތި 08:16
ސެލެބްރިޓީ ރޭސް ޝޯގެ ޝޫޓިންގެ ތެރެއިން

ސެލެބްރިޓީ ރޭސް ޝޯގެ ޝޫޓިންގެ ތެރެއިން

ރާއްޖެޓީވީގެ ރިއަލިޓީ ޝޯއެއް ތައްޔާރުކުރުމުގައި އެމް.އެން.ޑީ.އެފް. އިން ވެފައިވާ އެހީތެރިކަމާ ގުޅޭގޮތުން ހަގީގަތެއް ނެތް ގޮތަށް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ރާއްޖެޓީވީއާއި އެމް.އެން.ޑީ.އެފް. އާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ތަޞައްވުރެއް އުފައްދަން ފަތުރާފއިވާ ދޮގު ޚަބަރުތަކެއް ކަމަށް ރާއްޖެޓީވީ އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޝޯއެއްގައި އެމް.އެން.ޑީ.އެފް. ގެ އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާފައިވާ ވާހަކައާ ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނީ އެ ޚަބަރަކީ ކަމުގެ ހަގީގަތް ނުހޯދާ އަދި ރާއްޖެޓީވީގެ ބަހެއް ވެސް ނެތި ފަތުރާފައިވާ ދޮގު ޚަބަރެއް ކަމަށެވެ.

Advertisement - newsAdvertisement

އެމް.އެން.ޑީ.އެފް. އިން މީގެ ކުރިން ވެސް އެކި ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތަކާއި އިޝްތިހާރުތަކާއި އަމިއްލަ ކުންފުނިތަކުގެ ބައެއް ހަރަކާތްތަކުގައި ވެސް ނުރައްކަލެއް އޮތް ކަމެއް ނަމަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް ރާއްޖެޓީވީން ބުނީ އެއީ އަލަށް ރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށާއި ވަކި އުސޫލެއްގެ ދަށުން އެމް.އެން.ޑީ.އެފް.އާ މަޝްވަރާކޮށް އެފަދަ އެހީތައް ހޯދޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން ކޮށްފައިވާ އެފަދަ ކަންކަން އެނގިތިބެ އެކަންކަން ފޮރުވޭނެ ފަދަ ގޮތަކަށް ޚަބަރުތައް ފަތުރާފައި ވަނީ ސިޔާސީ ވަކި މަޤްޞަދެއްގައި ކަމަށް ވެސް ރާއްޖެ ޓީވީން ބުނެފައިވެއެވެ.

ރާއްޖެޓީވީން ބުނީ އެމް.އެން.ޑީއެފް.ގެ އެހީތެރިކަން ފޯރުކޮށްދީފައިވާނީ އެކަމުގައި ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ދ. އަތޮޅުގެ 11 ފަޅުރަށެއްގައި ކުރިއަށްގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން އެމް.އެން.ޑީ.އެފް.އާ އެކު ރަސްމީކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އެ އެހީއަށް އެދުނީ އެފަދަ ރިސްކު ބޮޑު ކަމެއް އެމް.އެން.ޑީ.އެފް.ގެ އެހީތެރިކަމާ ނުލައި ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ވެސް ރާއްޖެޓީވީން ބުންޏެވެ.

އެމް.އެން.ޑީ.އެފް. އިން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް ރާއްޖެޓީވީން ބުނީ ބައިވެރިންނަށް ފަސްޓް އެއިޑް އަދި ސަވައިލެންސް ޓްރެއިނިން ދިނުމާއި ޝޫޓިން ތެރޭގައި ލިބުނު އިންޖަރީތަކަށް ވަގުތުން ވަގުތަށް ފަރުވާދިނުމާއި ވެދިން އެހީ ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެމް.އެން.ޑީ.އެފް. އިން ވެސް ބުނީ ވަކި އުސޫލެއްގެ ދަށުން އެކަން ކުރުމުގެ ހުއްދަ އޮންނަ ކަމަށާއި މީގެ ކުރިން ވެސް އެފަދަ އެހީ އެހެން މީޑިއާތަކާ އަމިއްލަ ފަރާތްތަކަށް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް