Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް

ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތާއި އެކު ސީޕީއައި އިން 55 ދަރަޖަ ކުރިއަށް

ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބަލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2021 | ބުރާސްފަތި 06:46
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައްދަލުވުމެއްގައި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައްދަލުވުމެއްގައި

2019 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އާއި އަޅާ ބަލާއިރު، ރާއްޖެއިން 14 ޕޮއިންޓް ކުރި ހޯދައި، 2020 ވަނަ އަހަރު ގައުމުތަކުގެ ތަރުތީބުން 55 ދަރަޖަ ކުރި ހޯދައިފިއެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) ގެ ފަރާތުން ނެރުނު2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް(ސީ.ޕީ.އައި) އިން ދައްކާ ގޮތުން 2020 ވަނަ އަހަރުގެ ސީ.ޕީ.އައި ގައި ރާއްޖެ 14 ޕޮއިންޓު މައްޗަށް ވަނީ ޖެހިލާފައެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރުގެ ސީ.ޕީ.އައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ. މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

ސީ.ޕީ.އައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ. 2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ސީ.ޕީ.އައި އާއި އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދައިފައެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކަށެވެ. އެއީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވަރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.

މިމަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖަނަވަރީ 2019 އިން ޖަނަވަރީ 2020 އަށެވެ. ސީ.ޕީ.އައި ގައި ކުރި ހޯދުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވީނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއިއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން މިސަރވޭ އިން ދައްކައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ ބަލިކަޑުކަން ނުވަތަ 'ޕެންޑެމިކް' އިން އަރައިގަތުމަށާއި އާންމު ހާލަތަށް ރުޖޫއަވުމުގެ ގޮތުން 'ނިއު ނޯމަލް' އަށް ދިވެހިރާއްޖެއިން މަސައްކަތް ފަށައިފައިވާއިރު، ރާއްޖެއިން މި ޕެންޑަމިކް އާއި ކުރިމަތިލަމުން އަންނަ ގޮތަށް ބަލައިލުން މުހިންމެވެ. މިއަހަރުގެ ސީ.ޕީ.އައި އިން ފާހަގަކޮށްލެވޭ މުހިންމު އެއް ކަމަކީ، ކޮރަޕްޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަށަގަންނަމުންދާ ގޮތާއި މިންވަރު ތަފާތު ނަމަވެސް ކަރަޕްޝަނަކީ މިޕެންޑަމިކް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އޮތް ގޮންޖެހުމެއްކަމެވެ. އަދި ކޮވިޑް-19 އަކީ ސިއްހީ އަދި އިގްތިސާދީ ކާރިސާއެއްގެ އިތުރުން ކޮރަޕްޝަންގެ ކާރިސާއެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

ކޮރަޕްޝަނަކީ ކޮވިޑް-19 އާއި އެހެނިހެން ކާރިސާތަކާއި ދެކޮޅަށް އިންސާފުވެރި ކަމާއިއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަކަށް ވާއިރު، ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ބޮޑު ސިޔާސަތުތައް ގެންގުޅުން މުހިންމެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ގޮވައިލައިފައިވާ ގޮވައިލުން ތަކުރާރުކޮށް ތިރީގައިވާ ހުށަހެޅުންތައް ދިވެހި ސަރުކާރަށް ހުށަހަޅާފައިވެއެވެ.

އެގޮތުން ވަސީލަތްތައް ފޯރޮކޮށްދެވެނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށްތޯ ކަށަވަރުކުރުމުގެ ގޮތުން، މިނިވަން މުއައްސަސާތައް ހަރުދަނާކުރުމާއި، މިނިވަން މުއައްސަސާތަކާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް އަދި ފުރިހަމަ މިނިވަންކަން ލިބެން ޖެހޭ ކަމަށް ހުށަހަޅާފައިވެއެވެ.

އަދި ކޮންޓްރެކްޓިން ނިޒާމަކީ، ކޮންޓްރެކްޓިންގެ އުސޫލުތަކާއި ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށާއި މަސްލަހަތު ފުށު އަރާ ކަންތައްތައް ފާހަގަކުރުމުގެ އިތުރުން ރަނގަޅު އިންސާފުވެރި އަގުތައް ކަށަވަރުކުރުމަށްޓަކައި ހުޅުވައިލެވިފައިވާ، ހާމަކަން ބޮޑު ނިޒާމެއްކަން ކަށަވަރުކުރުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ބައިވެރިވުމަށް ބާރުއަޅައި ޑިމޮކްރަސީ ދިފާއުކޮށް ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތު، ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ސަރުކާރުން ހަރަދުކުރަމުންދާ ގޮތާއި ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތު ފަސޭހަކަމާއިއެކު ވަގުތުން ވަގުތަށް ލިބުން ޔަގީންކުރުމަށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭކަން ކަށަވަރުކުރުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު