Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިލޭޓަރަލް ކޮންސަލްޓޭޝަން

ރާއްޖެއަކީ ބައިނަލްއަޤްވާމީގޮތުން އިތުބާރުހިފޭ ގާތް ބައިވެރިއެއް: ޗައިނާ

27 ޖެނުއަރީ 2021 | ބުދަ 03:46

މިމަހުގެ 26 ވަނަ ދުވަހު ވަނީ ބައިލޭޓަރަލް ކޮންސަލްޓޭޝަންއެއް ބާއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 27 ޖެނުއަރީ 2021 | ބުދަ 03:46
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބޭއްވި ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ތެރެއިން

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބޭއްވި ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ތެރެއިން

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގޮތުން އިތުބާރުހިފޭ ގާތް ބައިވެރިއެއްކަމަށް ޗައިނާއިން ބުނެފިއެވެ.

މިފަދައިން ޗައިނާއިން ބުނެފައި މިވަނީ މިމަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބޭއްވި ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބުރުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައިވަނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުވަނީ ވަން ޗައިނާ ޕޮލިސީއިން ރާއްޖެއަށް ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮވިޑްގެ މި ދަތި ދަނޑިވަޅުގައި ޗައިނާގެ ސަރުކާރާއި ކުންފުނިތަކުން ރާއްޖެއަށް ވެދެމުންދާ އެހީތަކަށް ސްޓޭޓް މިނިސްޓަރ ޚަލީލު ޝުކުރުއަދާކުރެއްވިއެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ދެ ޤައުމުގެ ދެމެދު ދަތުރުތައް ފަށައި، ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިޢާދަކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި މަސައްކަތް އަވަސްކުރުމަށް ދެ ފަރާތުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް އަވަސްކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޗައިނާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް މިފަދަ އިތުރު ޕްރޮޖެކްޓްތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ މުހިންމު މަޝްވަރާތަކެއްކޮށްފައެވެ. އަދި 2022 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭއިރު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހު ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ މެދުގައި މި ފަދަ ބައްދަލުވުމެއް ބޭއްވުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްކަމަށް ވައިސް މިނިސްޓަރ ލޫ ޝައުހު ފާހަގަކުރެއްވިއެވެ. ޗައިނާގެ ވައިސް މިނިސްޓަރ ވަނީ ރާއްޖެއަކީ ބައިނަލްއަޤްވާމީގޮތުން އިތުބާރުހިފޭ ގާތް ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށްޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިޢާދަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންގޮސްފައިވަނީ ވަރޗުއަލްކޮށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2017
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
06 ސެޕްޓެމްބަރު 2017

ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ

06 ސެޕްޓެމްބަރު 2017
ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ
01 ސެޕްޓެމްބަރު 2017

އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި

01 ސެޕްޓެމްބަރު 2017
އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި
18 އޯގަސްޓު 2017

މަޖިލީހަށް ލިބެންޖެހޭ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހޯދާފައެއް ނުވޭ!

18 އޯގަސްޓު 2017
މަޖިލީހަށް ލިބެންޖެހޭ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހޯދާފައެއް ނުވޭ!
02 ޖުލައި 2017

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކޮށް، 7 ބަކަރި ކަތިލައި ސަދަގާތްކޮށްފި

02 ޖުލައި 2017
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކޮށް، 7 ބަކަރި ކަތިލައި ސަދަގާތްކޮށްފި
28 ޖޫން 2017

ފޭރުމުގެ މައްސަލަތައް މި ރޯދަމަހު ގާތްގަނޑަކަށް ދެގުނައަށް!

28 ޖޫން 2017
ފޭރުމުގެ މައްސަލަތައް މި ރޯދަމަހު ގާތްގަނޑަކަށް ދެގުނައަށް!
13 ޖޫން 2017

ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް

13 ޖޫން 2017
ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް
22 އެޕްރީލު 2017

މި ސަރުކާރުން ދަންވަރު މީހުން ޖަހައިގަނެގެން ދަނީ ސަރުކާރު ވެއްޓުމާ ގާތްވެފައި ވާތީ: މުސްތަފާ ލުތުފީ

22 އެޕްރީލު 2017
 މި ސަރުކާރުން ދަންވަރު މީހުން ޖަހައިގަނެގެން ދަނީ ސަރުކާރު ވެއްޓުމާ ގާތްވެފައި ވާތީ: މުސްތަފާ ލުތުފީ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް