Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިއްހީ ޚިދުމަތް

ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ

6 ސެޕްޓެމްބަރު 2017 | ބުދަ 10:51

ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެެއް ހުރި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 6 ސެޕްޓެމްބަރު 2017 | ބުދަ 10:51
ޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުމުގެ ފެށުމުގެ ރަސްމިއްޔާތު

ޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުމުގެ ފެށުމުގެ ރަސްމިއްޔާތު

ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެެއް ހުރި ނަމަވެސް، އެކަމުން ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި އަރައިގަނެވިފައިވާ ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި ސްޓޭންޑަޑް ކަނޑައަޅާ ގައުމަކަށްވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ މިހެން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 10ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޑރ. ޝައިނީ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ. އެގޮތުން، މި ސަރުކާރު ފެށުނުއިރު، އެކަމަށް ބޭނުންވާ އެކި ސިޔާސަތުތަކާއި މަސައްކަތްތައް ކުރެވިފައިވާ ކަމަށް ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ.

ޑރ. ޝައިނީ ވަނީ ސަރުކާރުގެ ހުސްނުވާ އާސަންދަ، ކޮންމެ ރަށެއްގައި ބޭސް ފަރުވާ ފަދަ މަޝްރޫއުތަކުގެ އިތުރުން ރާއްޖޭގައި އަލަށް އިމާރާތް ކުރަމުންދާ 25 ބުރީގެ ހޮސްޕިޓަލުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލިތައް ރާއްޖެއިން ނައްތާލުމުގައި ހޯދާފައިވާ ކާމިޔާބުތަކަށް ވެސް މިނިސްޓަރ ޝައިނީ އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއަށް ސިއްހީ ދާއިރާއިން ލިބިފައިވާ ކާމިޔާބީތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުގެ ހަރުދަނާކަން ކަމަށާއި ދުރުވިސްނުން ކަމަށް ޑރ. ޝައިނީ ސިފަކުރެއްވިއެވެ.

ސަރަހައްދީ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ސިއްހީ ޚިދުމަތަށް ރައްޔިތުން އަމިއްލައަށް ކުރާ ޚަރަދު 49 އިން ސައްތައިން، 29 އިން ސައްތަ އަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރަހައްދީ ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ދެމެހެއްޓެނިވި ނަތީޖާތަކެއް ނެރުމާއި ބެހޭ ގޮތުންނާއި ސިއްހީ ދާއިރާއާއި އިގްތިސާދާއި މުޖުތަމައުގެ ގުޅުން ވަރުގަދަ ކުރުމާއި އެކި ޕާޓްނަރޝިޕް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްހް ވިދާޅުވިއެވެ. އަދި، ސިއްހީ ދާއިރާއާއި މޫސުމީ ގުޅުމުގެ މައްޗަށް ވަޒީރުންގެ ފެންވަރުގައި މަޝްވަރާކުރެވޭނެ ކަމަށާއި އޭގެން މާލެ ޑެކްލެރޭޝަންގެ ނަމުގައި ގަރާރެއް އެކުލަވާލާ، އެގަރާރަށް އަމަލުކުރަން ފެށޭނެކަމަށް ވެސް ޑރ. ސިންގްހް ވިދާޅުވި އެވެ.

ތިން ދުވަހަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ ބައްދަލުވުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ބައިވެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް އަދި އޭނާ ރާއްޖެއައިސްފައިނުވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލާއި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ކެމްޕޭނެއް ފަށާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

ހއ. އަތޮޅު ކައުންސިލުން ދެއްކި ނަމޫނާ އެހެން ކައުންސިލްތަކުން ބަލަންޖެހޭ: އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު

03 ޑިސެމްބަރު 2017
ހއ. އަތޮޅު ކައުންސިލުން ދެއްކި ނަމޫނާ އެހެން ކައުންސިލްތަކުން ބަލަންޖެހޭ: އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު
20 އޮކްޓޯބަރު 2017

އިބްރޭގެ ޓީމުން ނަމޫނާ ދައްކާ، އަހުމަދު އަބްދުﷲ އަށް ތާއީދުކޮށްފި

20 އޮކްޓޯބަރު 2017
އިބްރޭގެ ޓީމުން ނަމޫނާ ދައްކާ، އަހުމަދު އަބްދުﷲ އަށް ތާއީދުކޮށްފި
12 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އަމިއްލައަށް އިސްނަގައިގެން 9 މީހުންގެ ޓީމަކުން ދެއްކި ފުރިހަމަ ނަމޫނާ

12 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އަމިއްލައަށް އިސްނަގައިގެން 9 މީހުންގެ ޓީމަކުން ދެއްކި ފުރިހަމަ ނަމޫނާ
13 ޖޫން 2017

ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް

13 ޖޫން 2017
ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް
02 މެއި 2017

ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ

02 މެއި 2017
ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ
30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް