Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުށްކުރުން

ފޭރުމުގެ މައްސަލަތައް މި ރޯދަމަހު ގާތްގަނޑަކަށް ދެގުނައަށް!

ފޭރުމާއި މާރާމާރި ވަނީ އިތުރުވެފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 28 ޖޫން 2017 | ބުދަ 20:56
މި އަހަރުގެ ރަމަޟާން މަހު ކުށްކުރި މިންވަރު ނިސްބަތުން މަދު

މި އަހަރުގެ ރަމަޟާން މަހު ކުށްކުރި މިންވަރު ނިސްބަތުން މަދު

ކުރީ އަހަރުގެ ރަމަޟާން މަހާއި އަޅައި ބަލާއިރު ނިމިގެންދިޔަ ރަމަޟާންމަހު ފޭރުމުގެ މައްސަލަތައް ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބުދަ ދުވަހުގެރޭ ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 1437 ވަނަ އަހަރުގެ ރަމަޟާން މަހު ފޭރުމުގެ 29 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނިމިގެންދިޔަ ރަމަޟާން މަހު މި އަދަދު ވަނީ 50 އަށް އުފުލިފައެވެ. މި އަދަދަކީ ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ކަމުގައިވާއިރު، މި އަހަރުގެ ރަމަޟާން މަހު ފޭރުމުގެ ޝިކާރައަށްވެ، މައްސަލަ ފުލުހުންނަށް ހުށަނާޅައި، އެކަމުގެ ވާހަކަ އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރި ފަރާތްތަކުގެ އަދަދަށް ބަލާއިރު، ނިމިގެންދިޔަ ރަމަޟާން މަހު ހިނގި ފޭރުމުގެ ހާދިސާތައް 50 އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

ފުލުހުން ހާމަކޮށްފައިވާ އެހެނިހެން ކުށްތަކުގެ ތަފާސް ހިސާބަށް ބަލާއިރު، ކުރީ އަހަރުގެ ރަމަޟާން މަހާއި އަޅައި ބަލާއިރު، މި އަހަރުގެ ރަމަޟާން މަހު، މާރާމަރީގެ މައްސަލަތަކުގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ކުރީ އަހަރު މާރާމާރީގެ 63 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނުއިރު، މި އަހަރު މި އަދަދު ވަނީ 69 އަށް އުފުލިފައެވެ.

ނިމިގެންދިޔަ ރަމަޟާން މަހު ފޭރުމާއި މާރާމާރީގެ މައްސަލަތައް އިތުރުވެފައި ވީނަމަވެސް، ވައްކަމާއި ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރާއި އަޅާއި ބަލާއިރު، ފުލުހުނަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު 271 އިން 220 އަށް މަދުވެފައިވާއިރު، ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް މިއަހަރު ވަނީ 180 އިން 177 އަށް ތިރިވެފައެވެ.

މީގެ އިތުރުން، ކުރީ އަހަރުގެ ރަމަޟާން މަހު، ދުވާލު ވަގުތުގައި ކައިގެން/ބޮއިގެން 21 މައްސަލައެއްގައި 17 މީހަކު ހައްޔަރުކޮށްފައިވާއިރު، ނިމިގެންދިޔަ ރަމަޟާންމަހު އެފަދަ 26 މައްސަލައެއްގައި 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހިސާބުތަކަށް ބަލާއިރު، މި ކުށްތައް ކުރި ޖުމްލަ ނިސްބަތް މި އަހަރު ވަނީ ދަށަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

21 މާރިޗު 2017
ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
19 ފެބުރުއަރީ 2017

ފޭރުމުގެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަނީ

19 ފެބުރުއަރީ 2017
ފޭރުމުގެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު