Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސޮވެރިންގ ބޮންޑް

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރުމަށް ވަނީ ހަމަޖެހިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 14:27
މިނިސްޓަރ މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި

މިނިސްޓަރ މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި

ސަރުކާރުން ވިއްކާލި 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު މިއަހަރު އެއްކޮށް ހޭދަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ، މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން، 2017 ވަނަ އަހަރުގައި ހޭދަކޮށްފައި ވަނީ ސަރުކާރުން ހިންގާ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އައިޖީއެމްއެޗްގެ އާ އިމާރާތާއި މަސްވެރިކަމުގެ ދާއިރާތަރައްގީ ކުރުމުގެ އިތުރަށް ރީޖަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މި ދާއިރާތަކަށް ބޮންޑުން ހޭދަކޮށްފައި ވަނީ ސީދާ ކިހާވަރެއް ކަމެއް މިނިސްޓަރ ހާމައެއްނުކުރެ އެވެ. އަދި މިއަހަރުގެ ބަޖެޓަށް ބޮންޑު ފައިސާއިން ހޭދަކުރިވަރާއި މިއަހަރު ހޭދަ ނުކުރާ ވަރުވެސް މިނިސްޓަރ މުނައްވަރު ހާމަ ނުކުރައްވަ އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބޮންޑް ފައިސާ އިން މިއަހަރު ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބޮންޑުގެ ހުރިހާ ފައިސާއެއް ހަރަދުކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މައުލޫމާތުދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ބޮންޑު ފައިސާއިން ސަރުކާރުން ކުރި ހަރަދުތަކުގެ ތަފްސީލު މަޖިލީހަށް ވަރަށް އަހަވަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު މި އަހަރުގެ ބަޖެޓުން ބޭރުގެ ފައިނޭންސް ހޯދައިގެން ހިންގާނެ ކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ، މާލެ-ހުޅުލެ ބްރިޖު މަޝްރޫއުއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރާ 600 ހައުސިން ޔުނިޓްގެ އިތުރުން މ. ފީރޯޒްލޮޖުގައި އަޅާ 10 ބުރީގެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު ކަމަށް ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސައުދީ ފަންޑާއި އަބޫދާބީ ފަންޑާއި ކުވައިތު ފަންޑުގެ އިތުރުން ފްރެންޗު ޑިވެލޮޕްމެންޓް އެޖެންސީ (އޭއެފްޑީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އާއި އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެޕްމެންޓް (އޮފިޑް) އާއި އެގްޒިމް ބޭންކް ޗައިނާ އާއި އެގްޒިމް ބޭންކް އިންޑިޔާގެ އިތުރުން ޔޫރޮޕިއަން އިންވެސްޓްމެންޓް ބޭންކު ( އީއައިބީ) އާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ ( އައިސީޑީ) އިން ވެސް ތަފާތު އެކި މަޝްރޫއުތަކަށް ލޯން ނަގައިގެން ހޭދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑޮއިޝޭ ބޭންކް މެދުވެރިކޮށް ސަރުކާރުން ބޮންޑް ވިއްކާލާފައިވާ އިރު 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް ލިބުނު ކަމަށް މިނިސްޓަރ މުނައްވަރު މީގެ ކުރިން ވަނީ ހާމަ ކުރއްވައިފަ އެެވެ. ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރަށް ކަނޑައަޅާފައި ވަނީ 26.8 ބިލިއަން ރުފިޔާ އެެވެ. އޭގެ ތެރެއިން ހަރަދު ކުރުމަށް 22 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން 49.3 ޕަސެންޓަކީ ރިކަރެންޓް ހަރަދެވެ.

މީގެ އިތުރުން ބައެއް މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކޫކު ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވެ އެވެ. އަދި ކޭޝް ފްލޯ ހަމަޖެެއްސުމަށް787.4 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ވަނީ ބަޖެޓު ކުރެވިފަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ދޫކޮށްފައިވާ ޓީބިލްގެ އައުޓްސްޓޭންޑިން އަދަދު 22.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ އިގްތިސާދީ މުރާޖައާ ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު