Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިން

16 އަހަރުންދަށުގެ ކުދިންނަށް ވެކްސިންޖެހުމުގެ ހުއްދައެއް ނެތް

24 ޖެނުއަރީ 2021 | އާދީއްތަ 06:34

ވެކްސިންޖަހަން ފަށާނީ ޑަބްލިއު.އެޗް.އޯ.ގެ ހުއްދަ ލިބުމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ޖެނުއަރީ 2021 | އާދީއްތަ 06:34
ރާއްޖެއަށް ވަނީ ވެކްސިން ގެނައުމުގެ މަސައްކަތް ފަށާފައި

ރާއްޖެއަށް ވަނީ ވެކްސިން ގެނައުމުގެ މަސައްކަތް ފަށާފައި

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ އެއްވެސް ވެކްސިނެއް 16 އަހަރުންދަށުގެ ކުޑަކުދިންނަށް ޖެހުމުގެ ހުއްދައެއް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ދީފައިނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭ.އިން މިކަން ހާމަކޮށްފައިވަނީ އެ އޭޖެންސީއިން ކޮވިޑް-19ގެ ވެކްސިނާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް "ކޮވިޑް-19 ދިފާޢު"ގެ ނަމުގައި ކަމާބެހޭ ފަރާތްތަކާގުޅިގެން ކުރިއަށްގެންދާ ޚާއްޞސ ކެމްޕޭންގެ ތެރެއިންނެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ވެކްސިންއާ ގުޅޭގޮތުން އާންމުގޮތެއްގައި ކުރާ ސުވާލުތަކަށް މި ކެމްޕޭންގެ ތެރެއިން ދަނީ ޖަވާބު ދެމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19ގެ ކޮން ވެކްސިންތަކެއްކަމާއި، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ 'ކޮވިޝީލްޑް'ގެ ރައްކާތެރިކަމާ ގުޅޭގޮތުން ވެސް ވަނީ ޖަވާބު ދީފައެވެ. މީގެ އިތުރުން 'ކޮވިޝީލްޑް' ވެކްސިންގެ ސައިޑް އިފެކްޓްސް ފެންނައިރު، އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާކަމުގެ އަލާމާތްތަކެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލައި ރަނގަޅުވާނެކަމަށް އެ އޭޖެންސީއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ދޭ ހުރިހާ ވެކްސިންތަކަކީ ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން ބޭނުންކުރެވޭ ވެކްސިންތަކެއްކަމަށް އެޗް.ޕީ.އޭ.އިން ވަނީ ހާމަކޮށްފައެވެ. އަދި އެކި ކާރުޚާނާތަކުން ހޯދާ ވެކްސިން ރާއްޖެ ގެނެޔަސް ވެކްސިން ޖަހަން ފަށާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ޔަޤީންވުމުންކަމަށް މި ކެމްޕޭންގެ ތެރެއިން ނެރެފައިވާ ލިޔުމުގައިވެެއެވެ.

މި ލިޔުމުގައި ވަނީ ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖަހާނެތޯ ކުރާ ސުވާލަށް ވެސް ޖަވާބު ދީފައެވެ. އެޗް.ޕީ.އޭ.އިން ވަނީ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެއްކަމަށް ބުނެފައެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި ނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިނެއް ނުޖަހާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ވެސް އެންމެ ރައްކާތެރި ވެކްސިންތަކެއްކަން ކަށަވަރުކުރެވިފައި ނުވުމުން މި މީހުންނަށް ވެކްސިން ނުދިނުމަށް ވަނީ ނިންމާފައެވެ.

މި ބައްޔަށް ހުށަހެޅިއްޖެނަމަ، އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންކަމުން ވެކްސިންތައް މިހާރު ތައްޔާރުކުރަނީ މި އުމުރުފުރާއަށް އަމާޒުކޮށްކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.

މި ލިޔުމުގައި ވަނީ ރާއްޖެއަށް ވެކްސިން ޖަހަންވާއިރަށް ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ވެސް ހިއްސާކޮށްފައެވެ. އެގޮތުން ވެކްސިން ދިނުމަށް ނިންމާފައިވާ ޚާއްޞަ ގުރޫޕްތަކަކަށް ވެކްސިން ދޭނެ ތަރުތީބު ވަނީ އެކަމަށް އެކުލަވައިލާފައިވާ ބައިނަލްއަޤްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައެވެ. ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް ވަނީ އެކުލަވައިލާފައެވެ. ވެކްސިން ދޭނެގޮތާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ސިއްޙީ ޚިދުމަތްތެރިންނަށް އުނގަންނައިދީ ތަމްރީނުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން، 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުންނަށް ޖަހައިގެން ޓެސްޓްކުރުމުގެ މަރުޙަލާގައިވާއިރު، 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީގައި ޓެސްޓްކުރަމުންނެވެ. އަދި ވެކްސިން ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގެ ތެރޭގައި 15 ވެކްސިނެއް ފުޅާ ދާއިރާއެއްގައި ޓެސްޓްކުރެވެމުން އެބަދެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، ކޮވެކްސް ފެސިލިޓީގެ ތެރެއިން ދިވެހިރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ 2021 ގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައިކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް