Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލުތަކުގައި އަންހެނުންގެ ދައުރު

އަންހެނުންނަށް ކައުންސިލުން ގޮނޑި ޚާއްސަ ކުރި މައްސަލައިގެ ޙުކުމް ކުރުން މާދަމާ ލައިވްކޮށް

މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ސުޕްރީމް ކޯޓަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2021 | ހޮނިހިރު 13:58
މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވާހަކަ ދައްކަވަނީ

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވާހަކަ ދައްކަވަނީ

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމާ ގުޅިގެން ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައިކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގައި ޙުކުމް ކުރުމަށް ތައްޔާރުވެއްޖެއެވެ.

އަންވަރުގެ ފަރާތުން ހައިކޯޓަށް ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ، އަންހެނުންނަށް ގޮނޑި ޚާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާޙަކީ ޖިންސީ ގޮތުން ތަފާތު ކުރުމަށް މަގުފަހިވާ އިސްލާޙެއް ކަމަށެވެ.

މި މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1400 އަށެވެ. އެގޮތުން މި މައްސަލަ ހައިކޯޓުގެ ޔޫޓިއުބް ޗެނަލްއިން ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

މި އަޑުއެހުމުގައި ބައިވެރިވެވަޑައިގެން ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން ޖިންސީ ގޮތުން ތަފާތު ނުވާ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މި ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ މި ސަރުކާރުންވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މިހާރުވެސް ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ކުޑަކަން ފާހަގަ ކުރައްވައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް އިންތިޚާބުވާ އަންހެނުންގެ އިންސައްތަ 10ށް ވުރެވެސް ދަށް ކަމަށެވެ. އެއާއެކު އަންހެނުންނަށް ކައުންސިލްގައި ގޮނޑިތަކެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި، އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުންކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، މުޖުތަމައުގެ އާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތު ކުރުން ކަމަށް ނުބެލެވޭކަމަށް ސީދާ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހަކީ އެ އަސާސްގެ މައްޗަށް ބިނާވެގެންވާ އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް މިހާރު ބަލައިގެންފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި އެކަން ބޭރުގެ ޤައުމުތަކުގެ ނިންމުންތަކުންވެސް ފެންނަން އޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

އަންވަރުގެ ފަރާތުން ހުށައެޅި މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރަރ، މޫސާ އަންވަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ. އެހެން ކަމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލެން ނެތްކަމަށް އެ ކޯޓުން ފޮނުވި ސިޓީގައިވެއެވެ. އެއާއެކު އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު