Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަތައް

ހޯރަފުށީ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

އެ މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި ޚާއްސަ ތަހުޤީޤު ކޮމިޓީއެއްވެސް އެކުލަވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2021 | ހޮނިހިރު 13:15
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖޭއެސްސީން ނިންމާ މައްސަލަތަކުގެ މައްސަލަތައް ދަނީ އިތުރުވަމުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖޭއެސްސީން ނިންމާ މައްސަލަތަކުގެ މައްސަލަތައް ދަނީ އިތުރުވަމުން

ހއ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފިއެވެ.

އެކަން ހާމަކޮށް ހޮނިހިރު ދުވަހު ޖޭއެސްސީން ނެެރުނު ބަޔާނެއްގައި ބުނީ، އެއީ މެޖިސްޓްރޭޓް ޝަރީފް ތަނާޒުލްވާން ޖެހޭ މައްސަލައަކަށް ތަނާޒުލްނުވެ، އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނެ ޖޭއެސްސީއަށް ހުށައެޅިފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ތަހުޤީޤު ކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ޖޭއެސްސީން މިހާރު ވަނީ އެ މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި ޚާއްސަ ތަހުޤީޤު ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

ޖޭއެސްސީއަށް ހުށައެޅޭ މައްސަލަތައް ބަލައި، ނިންމާ ސްޕީޑު ކުރިއަށްވުރެ އަވަސްވެފައިވާއިރު، އެ ކޮމިޝަނުން މިހާރު ގެންދަނީ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި މައްސަލަތައް ބެލުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅިގެން ސުލޫކީ މައްސަލައެއް ހުށައެޅިއްޖެނަމަ، އެ މައްސަލަތައް ކުރިއަށްދާ, ނުދާ ގޮތްވެސް ރައްޔިތުންނަށް ގެންދަނީ ހާމަ ކުރަމުންނެވެ. އެއާއެކު، ޖޭއެސްސީއަށް އާންމުން ކުރާ އިތުބާރުވެސް އެތައް ގުނައަކަށް އިތުރުވެފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުވެސް ވަނީ، މީގެ ކުރިންވެސް ފަނޑިޔާރުންނާ ގުޅިގެން ޝަކުވާ ހުށައެޅޭ ކަމަށާއި، ނަމަވެސް އޭރު އެ ޝަކުވާތަކަށް ވާނުވާ ރައްޔިތުންނަށް ވެސް އޮޅުން ނުފިލާކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މިހާރު ޖޭއެސްސީން އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައިކަން ފާހަގަ ކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، ފަނޑިޔާރުން މަޤާމަށް ހޮއްވަވާއިރުވެސް އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި، ފަނޑިޔާރަކާއި ގުޅިގެން ހުށައެޅިފައިވާ ތުހުމަތުތަކަށް ރިއާޔަތް ކުރައްވައި ބައްލަވާ ކަމަށެވެ.

އައު މެމްބަރުންތަކާއެކު ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކަށް މިއަދު ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅިގެން ހުށައެޅޭ ސުލޫކީ މައްސަލަތައް ބަލަމުންދާއިރު، ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުޤީޤު ކުރުމަށްފަހު ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މަންޒަރުވެސް މިއަދު ފެންނަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު