Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލުހޯދުން

މިއަހަރުގެ ތެރޭގައި 13 އައިސްޕްލާންޓް ގާއިމްކުރެވި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ - މިނިސްޓަރ

22 ޖެނުއަރީ 2021 | ހުކުރު 14:51

މިކަންތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޖެނުއަރީ 2021 | ހުކުރު 14:51
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު

ދިވެހި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ނުލިބުން ކަމަށާއި މި މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި 13 ވަރަކަށް އައިސްޕްލާންޓް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް މަސައްކަތްކުރަމުން ދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވިޔަފާރި މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސްވެރިކަމުގެ އުޅަނދުތައް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި އުޅަނދުތަކަށް ބޭނުންވާ ވަރަށް އައިސްނުލިބުމުގެ މައްސަލައަކީ އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. މަސް ގެންނަން ބޭނުންވަނީ ތާޒާކަން މަތީގައި ކަމަށާއި އެހެންނަމަވެސް އުޅަނދުތަކަށް ބޭނުންވާ ވަރަށް އައިސް ނެތުމުން އެތާޒާކަން މަތީ މަސް ގެނައުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މިކަންތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި 13 ވަރަކަށް އައިސްޕްލާންޓް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ދޯނީގައި ފެން ފިނިކުރާނެ ނިޒާމް ގާއިމްކުރުމަށްޓަކައި އާރްއެސްޑަބްލިއު ހަރުކުރަން ލޯނުގެ ފުރުސަތު މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި މި ބަދަލުތަކާއިއެކު އައިސް ލިބުމުގެ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޒަހާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މަސް ކިރުމުގައި ދިމާވާ ގޮންޖެހުންތަކަކީ މަސްވެރިންގެ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަކުރައްވާ މަސް ކިރުމަށް ކިއުގައި ޖެހިގެން ތިބެންޖެހޭ ތިބުން ކުޑަ ކުރުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފެލިވަރު އަދި ކޫއްޑޫގައި 4000 މެޓްރިކްޓަނުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށާއި މުލަކަށް 500 މެޓްރިކްޓަނުގެ ކެޕޭސިޓީ އަދި ތިނަދޫއަށް 1000 މެޓްރިކްޓަނުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިހުރިހާ ކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމްކޮށް ހުރިހާ ސަރަހައްދެއްގައި މަސް ގަނެ ފިނިކުރެވޭނެ ނިޒާމް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްކަމަށެވެ. އަދި ސަރުކާރުގެ އެއް ސިޔާސަތަކީ ރާއްޖެއިން މަސް ބޭރުކުރެވޭނީ އަގު އެއްކުރެވިގެން ކަމަށާއި މިނިސްޓްރީން މަސައްކަތް މިކުރަނީ އެއަމާޒަށް ވާސިލްވުމަށްޓަކައި ކަމަށެވެ.

މިނިސްޓަރ ވަނީ މި ތަރައްގީތައް ކުރެވޭއިރު، މަސްވެރި އާބާދީ ބޮޑު ސަރަހައްދުތަކުގައި މިފަދަ އިންތިޒާމްތައް ތަރައްގީކުރުމަށް މަސައްކަތްކުރާ ކަމަށާއި މ. އަތޮޅާއި ތިނަދޫ ފަދަ ރަށްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް