Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫ.އެން.ޑަބުލިއު.ޓީ.އޯ ބައްދަލުވުން

ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެއިންގެ އެއްބާރުލުން ލިބޭނެ: ސްޕެއިން ރަސްގެފާނު

20 ޖެނުއަރީ 2021 | ބުދަ 14:18

ރާއްޖެއިން ޔޫއެންޑަބްލިއުޓީއޯ އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 20 ޖެނުއަރީ 2021 | ބުދަ 14:18
ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާއި ސްޕެއިންގެ ރަސްގެފާނު ބައްދަލުކުރެއްވުން

ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާއި ސްޕެއިންގެ ރަސްގެފާނު ބައްދަލުކުރެއްވުން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާއި އޮތީ ވަރަށް ގާތްގުޅުމެއް ކަމަށާއި ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެއިންގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް ސްޕެއިންގެ ރަސްގެފާނު ކިންގް ފިލިޕް ވިދާޅުވެއްޖެއެވެ.

ރަސްގެފާނު ފިލިޕް މިހެން ވިދާޅުވީ، ޔޫއެންޑަބްލިއުޓީއޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާ ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މެޑްރިޑްގެ ބާރޑޯ ޕެލެސްގައި ޖަނަވަރީ 18 ވަނަ ދުވަހު ހަވީރު ބޭއްވި މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ކިންގް ފިލިޕް ދެއްކެވި ވާހަކަފުޅުގައި އިންވެސްޓްމަންޓްތަކާއި ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިންނާއި ވަކިވަކިން ބައްދަލުކުރައްވާ އެގައުމުތަކާއި ގުޅޭ ގޮތުން ރަސްގެފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ތިމާވެއްޓާއި އޮތް ގާތްގުޅުން ފާހަގަ ކުރައްވާ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެއިންގެ އެއްބާރުލުން ލިބޭނެކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތާއި ގުޅޭ މަޢުލޫމާތު ރަސްގެފާނާއި ޙިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ސޫރަޖް ޕޮލޮލިކަޝްވިލީ އާއި ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރ ރެއިސް މަރޯތޯވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މައުނަވީ ގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުމަށް މަޝްވަރާކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތައް ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޭނުންކުރެވި، ވެކްސިން ޖެހިކަމުގެ ސެޓުފިކެޓް ހިފައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމިޓީއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް